Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޓީއެމްއޭ

ޗައިނާ އާއި އެމެރިކާގެ ޕާޓްނަރޝިޕަކުން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ގަނެފި

ޓީއެމްއޭގެ ހިއްސާ ވިއްކާލާފައި ވަނީ 500 މިލިއަން ޑޮލަރަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2017 | އަންގާރަ 11:21
ޓީއެމްއޭގެ ސީޕްލޭނެއް

ޓީއެމްއޭގެ ސީޕްލޭނެއް

ރާއްޖޭގައި ކަނޑަށް ޖައްސާ މަތިންދާބޯޓުގެ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނި ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެމްޕަސް ގްރޫޕުން ގަނެފިއެވެ.

މި ދެ ކުންފުނިން ގަނެފައި ވަނީ ޓީއެމްއޭގައި އޮތް އެމެރިކާގެ ބްލެކްސްޓޯން ގްރޫޕްގެ ހިއްސާއެވެ. ރިޕޯޓްތައް ބުނާ ގޮތުން މިހިއްސާ ގަނެފައި ވަނީ 500 މިލިއަން އެމެރިކާ ޑޮލަރު، ނުވަތަ 7.71 ބިލިއަން ދިވެހި ރުފިޔާއަށެވެ. ޓީއެމްއޭގެ ހިއްސާ ބެއިން ކެޕިޓަލްއަށް ވިއްކާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އާދިއްތަ ދުވަހުއެވެ.

ބްލެކްސްޓޯން ގްރޫޕުން، ކުރިން ދެ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި މޯލްޑިވިއަން އެއަރ ޓެކްސީ އާއި، ޓްރާންސް މޯލްޑިވިއަން އެއަރވޭސް ގަނެ، އެ ދެ ކުންފުނި އެއްކޮށްލާފައި ވަނީ 150 މިލިއަން ޑޮލަރަށް 2013 ވަނަ އަހަރެވެ. އަދި އަލަށް އުފެދުނު ޓްރާންސް މޯލްޑިވިއަން އެއަރވޭސް ވެގެން ދިޔައީ މުޅި ދުނިޔޭގައި އޮތް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަށެވެ.

ހަތަރު އަހަރު ފަހުން ބްލެކްސްޓޯން ގްރޫޕުން ޓީއެމްއޭ ވިއްކާލާފައި މި ވަނީ ހަތަރު ގުނަ ބޮޑު ފައިދާއަކާ އެކުގައެވެ. އަދި މިއީ ބްލެކްސްޓޯން ގްރޫޕުން އޭޝިއާ ސަރަހައްދުގެ ކުންފުންޏެއް ވިއްކައިލި އެންމެ ފައިދާ ބޮޑު ވިޔަފާރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބްލެކްސްޓޯންގެ ހިއްސާ ބެއިން އަށް ވިއްކާލުމުގެ އެއްބަސްވުމަށް ލަފާއަރުވާފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ބޭންކް ކަމަށްވާ އިނގިރޭސިވިލާތުގެ ހޮންކޮންގ ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން (އެޗްއެސްބީސީ) އެވެ.

ބެއިން ކެޕިޓަލްއިން ބުނީ އެކުންފުނިން ލެއިޝަރ މާކެޓްގައި ކޮށްފައިވާ ތަޖުރިބާތަކާ އެކު، ޓީއެމްއޭ ގޮވައިގެން އިތުރު ހަރުފަތަކަށް އެރޭނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ.

ބެއިން ކެޕިޓަލްއިން ގެންދަނީ އެކުންފުނިން ޓޫރިޒަމް މާކެޓްގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަމުންނެވެ. އެގޮތުން ޓީއެމްއޭ ގަތުމުގެ ކުރިން އެކުންފުނިން ވަނީ 422 މިލިއަން އެމެރިކާ ޑޮލަރަށް ޖަޕާނުގެ ހޮޓެލް ކުންފުންޏެއް ކަމަށްވާ އޫއެޑޮން-އޮންސެން ހޯލްޑިންގްސް ގަނެފައެވެ. އަދި އިނގިރޭސިވިލާތުގެ މަހުޖަނު އަދި ވަރޖިން ގްރޫޕްގެ ވެރިޔާ ރިޗަރޑް ބްރެންސަންއާ އެކު ކެރީބިއަން ސަރަހައްދުގައި ވަރޖިން ވޮޔޭޖަސް ކިޔާ ކްރޫޒް ލައިނެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް ބެއިން ކެޕިޓަލް ކުންފުނިން އަންނަނީ ކުރަމުންނެވެ.

ބެއިން ކެޕިޓަލް އިން އަންނަނީ އަވަށްޓެރި އިންޑިއާގައި ވެސް އިންވެސްޓްކުރަމުންނެވެ. އެހެން ނަމަވެސް އިންޑިއާގައި އެކުންފުނިން އިންވެސްޓް ކުރަނީ މާލީ ދާއިރާގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ޓީއެމްއޭގެ ފްލީޓް ވަރުގަދަކޮށްފި

ޓީއެމްއޭގެ ފްލީޓް ވަރުގަދަކޮށްފި

21 މާރިޗު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު