Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓްރޭޑް ހަނގުރާމަ

އެމެރިކާގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އީޔޫއިން އިމްޕޯޓް ޓެކްސް ބޮޑު ކޮށްފި!

22 ޖޫން 2018 | ހުކުރު 22:46

3.2 ބިލިއަން ޑޮލަރުގެ މުދަލުން ޓެކްސް ބޮޑު ކުރާނެ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 22 ޖޫން 2018 | ހުކުރު 22:46
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާއަށް އެތެރެ ކުރާ ޔޫރަޕުގެ އެލުމިނިއަމްއާއި ދަނގަޑުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޓެކްސް ބޮޑުކުރުމާއި ގުޅިގެން، އެމެރިކާގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިންވެސް އެމެރިކާގެ މުދަލުން އިމްޕޯޓް ޓެކްސް ނަގާ މިންވަރު ބޮޑު ކޮށްފިއެވެ.

އީޔޫއިން އެމެރިކާގެ އަތުން ނަގާ އިމްޕޯޓް ޓެކްސް ބޮޑު ކުރަން ނިންމާފައި ވަނީ ހުކުރު ދުވަހުއެވެ. އެ ޔޫނިއަން އިން ވަނީ އެމެރިކާއިން އެތެރެ ކުރާ 3.2 ބިލިއަން ޑޮލަރުގެ މުދަލުން ޓެކްސް ބޮޑު ކުރަން ނިންމާފައެވެ. މިނިންމުން ނިންމާފައި ވަނީ ޔޫނިއަންގެ ހުރިހާ ޤައުމެއް ވެސް އެއްބަސް ވެގެންނެވެ. އެ ގައުމު ތަކުން ބުނާ ގޮތުގައި މި ނިންމުން ނިންމަން މަޖުބޫރުވީ އެމެރިކާގެ ނިންމުމުގެ ސަބަބުން ނިކުންނަ ނަތީޖާގެ ތިލަފަތް ހަމަހަމަ ކުރާށެވެ.

އިމްޕޯޓް ޓެކްސް ނަގަން ނިންމާފައިވާ އެމެރިކާގެ ބާވަތްތަކުގެ ތެރޭގައި ރަލާއި، ސައިކަލާއި އަދި އޮރެންޖް ޖޫސްވެސް ހިމެނެއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް، ޖޯން ކްލައުޑި އުންކާ ވަނީ އެމެރިކާގެ ނިންމުމާއި ދޭތެރޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޖޯން ވިދާޅުވީ އެމެރިކާއަށް އެތެރެ ކުރާ ޔޫރަޕްގެ މުދަލުން ޓެކްސް ބޮޑު ކުރުމަކީ ހަމަ ބުއްދި ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ. ހަމަ އެހެންމެ މިކަހަލަ ކޮންމެ ކަމެއެއް ދިމާވިއަސް އީޔޫ ދިފާއު ކުރައްވާނެ ކަމަށާއި އީޔޫއާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކަށް ވަރުގަދަ ރައްދުތައް ދެމުން ގެންދާނެ ކަމުގެ ޔަގީން ކަން ވެސް ޖޯން ވަނީ ދެއްވާފައެވެ.

އީޔޫގެ މި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ހިތް ހަމަނުޖެހުން ފާޅުކުރައްވާފައެވެ. ޓުރަމްޕް ހުކުރު ދުވަހު ޓުވީޓާ މެދުވެރިކޮށް ޓްރަމްޕް ވަނީ އީޔޫގެ ނިންމުމަށް ފާޑު ކިޔާ، އެ އިއްތިހާދަށް އިންޒާރުވެސް ދީފައެވެ. ޓްރަމްޕް ދެއްވި އިންޒާރުގައި ބުނީ އީޔޫގެ ނިންމުން އަބުރާ ނުގެން ގޮސްފިނަމަ އެމެރިކާއަށް އެތެރެ ކުރާ ޔޫރަޕުގެ ކާރުތަކުން 20%ގެ އިމްޕޯޓް ޓެކްސް ނަގާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2017

ވެލިގާ ހާޑްވެއަރގެ ޖަނަވަރީ މަގު ފިހާރަ ބަދަލުތަކާ އެކު ހުޅުވައިފި

30 އޮކްޓޯބަރު 2017
ވެލިގާ ހާޑްވެއަރގެ ޖަނަވަރީ މަގު ފިހާރަ ބަދަލުތަކާ އެކު ހުޅުވައިފި
19 އޮކްޓޯބަރު 2017

އެމެރިކާގެ "ބްލޫ އޭޕްރަން" އިން މުވައްޒަފުން މަދު ކުރަން ނިންމައިފި

19 އޮކްޓޯބަރު 2017
އެމެރިކާގެ "ބްލޫ އޭޕްރަން" އިން މުވައްޒަފުން މަދު ކުރަން ނިންމައިފި
17 އޮކްޓޯބަރު 2017

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި

17 އޮކްޓޯބަރު 2017
މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި
16 އޮކްޓޯބަރު 2017

އިލެކްޓްރޯނިކް ޒަރިއްޔާ އިން ޓެކްސް ދެއްކުމުގެ ގަވައިދަށް ބަދަލު ގެނެސްފި

16 އޮކްޓޯބަރު 2017
އިލެކްޓްރޯނިކް ޒަރިއްޔާ އިން ޓެކްސް ދެއްކުމުގެ ގަވައިދަށް ބަދަލު ގެނެސްފި
04 އޮކްޓޯބަރު 2017

އައިލެންޑް އޭވިއޭޝަނުން ކާގޯ އޮފީހުގެ ހިދްމަތް ފުޅާކޮށް އައިފާން ބިލްޑިންގަށް ބަދަލުކޮށްފި

04 އޮކްޓޯބަރު 2017
އައިލެންޑް އޭވިއޭޝަނުން ކާގޯ އޮފީހުގެ ހިދްމަތް ފުޅާކޮށް އައިފާން ބިލްޑިންގަށް ބަދަލުކޮށްފި
06 ޖޫން 2017

ޖީއެސްޓީ ބަޔާން ހުށަހެޅޭ އުސޫލަށް ބަދަލު ގެނެސްފި

06 ޖޫން 2017
ޖީއެސްޓީ ބަޔާން ހުށަހެޅޭ އުސޫލަށް ބަދަލު ގެނެސްފި
25 މެއި 2017

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

25 މެއި 2017
ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި
19 މެއި 2017

އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!

19 މެއި 2017
އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!
01 މެއި 2017

މާދަމާއިން ފެށިގެން މެގަ މޯލްޑިސްގެ ދަދުރުތައް ވަގުތީ ގޮތުން ހުޓާލަނީ

01 މެއި 2017
މާދަމާއިން ފެށިގެން މެގަ މޯލްޑިސްގެ ދަދުރުތައް ވަގުތީ ގޮތުން ހުޓާލަނީ
27 ފެބުރުއަރީ 2017

ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

27 ފެބުރުއަރީ 2017
ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް