Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މިސްރު

ދުނިޔޭގެ އެންމެ ބޮޑު ރޯދަވިއްލުން ބޭއްވުމަށް މިސްރުން ތައްޔާރުވަނީ!

ރޯދަވިއްލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހު ފަހުކޮޅު

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 16 މެއި 2019 | ބުރާސްފަތި 03:52
މިސްރުގެ މަގެއްގެ މަތީގައި ބަޔަކު ރޯދަވިއްލުމަށް ތައްޔާރުވަނީ

މިސްރުގެ މަގެއްގެ މަތީގައި ބަޔަކު ރޯދަވިއްލުމަށް ތައްޔާރުވަނީ

''މިސްރުގެ ވެރިރަށުގައި ރޯދަވިއްލުން'' ސްލޯގަންގެ ދަށުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރޯދަވިއްލުން ބާއްވަން މިސްރުން ތައްޔާރުވެއްޖެއެވެ.

މިސްރުގައި މިހާރު ތަރައްގީ ކުރަމުންދާ އެގައުމުގެ އިދާރީ ވެރިރަށުގެ އެޑްމިނިސްޓްރޭޓިވް ކެޕިޓަލް ފޯ އާބަން ޑިވޮލޮޕްމެންޓު (އޭސީޔޫޑީ) އިން އިންތިޒާމް ކުރާ އެ ރޯދަ ވީއްލުން ވެގެންދާނީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްތަނެއްގައި އެއް ފަހަރަކާ ބާއްވަ ރޯދަ ވިއްލުމަށް ކަމަށް ކުންފުނިން ނެރުނު ބަޔާނެއްގައިވެއެވެ.

މިހާރު އެ ރިކޯޑް އޮތީ އެކުވެރި ޔޫއޭއީގައެވެ. ނިމިގެން ދިޔަ އަހަރުގެ ރޯދަމަހު ޔޫއޭއީގެ އަޖްމަން މުނިސިޕަލްޓީއާ ޕްލޭނިންގ ޑިޕާޓްމެންޓު ގުޅިގެން ބޭއްވި އެ ރޯދަ ވިއްލުމުގައި 2،893.64 (ދެހާސް އަށްސަތޭކާ ނުވަދިހަ ތިނެއް ޕޮއިންޓް. ފަސްދޮޅަސް ހަތަރު) މީޓަރު ދިގު މޭޒެއް ވަނީ ރޯދަ ވިއްލުމަށް ބޭނުންވާ ތަކެތި ބަހައްޓަން ބޭނުންކޮށްފައެވެ.

ޔޫއޭއީގެ އެކި ހިސާބުތަކުން މީހުންނަށް ދައުވަތު ދިން އެ ރޯދަވިއްލުމުގައި 6000 މީހަކު ވަނި ބައިވެރިވެފައެވެ.

ރަމަޟާން މަހުގެ ފަހު ފަނަރައިގެ ދުވަސްތަކުން ދުވަހެއްގައި މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޯދަ ވިއްލުމަށް ގައުމުގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަ ބަޔަކު އައުމަށް އޭސީޔޫޑީން ވަނީ ދައުވަތު ދީފައެވެ.

މިސްރުގައި ރިކޯޑް އަދަދަކަށް މީހުން އެންމެ ފަހުން ރޯދަ ވިއްލީ 2015 އަހަރުގެ ރޯދަމަހު އެލެކްސެންޑްރިއާ ސިޓީގައެވެ. އަލަށް ހަދަމުންދާ އެގައުމުގެ އިދާރީ ވެރި ރަށުގެ ބިންގާ ރައީސް އަބްދުލް ފައްތާހް އެލް ސިސީ އެޅުއްވީ ނިމިގެން ދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

އެ ސިޓީގައި މީހުން ދިރިއުޅޭ 20 ސަރަހައްދެއް ހަދައި 6.5 މިލިއަން މީހުންނަށް ތިބެވޭ ވަރުގެ ޖާގާ ހެދުމަށް ވަނީ ނިންމާފައެވެ. އެތަނުގައި 1250 (އެއްހާސް ދުއްސައްތަ ފަންސާސް) މިސްކިތާ ފައްޅިއްތަކުގެ އިތުރުން 5000 (ފަސް ހާސް) މީހުންގެ ޖާގަ ހުންނާނެ ކޮންފަރެންސް ހޯލެއް ގާއިމްކޮށް 2000 (ދެހާސް) ސްކޫލު ހެދުމަށް ވަނީ ނިންމާފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ޕާކްވެސް އަޅަން ނިންމާފައިވަނީ ވެސް އެ ސީޓީގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު