Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ 1440

ގުލާބް ޖާމުން ރެސިޕީ

މިފަހަރު މިގެނެސްދެނީ އިންޑިއާގެ ތަފާތު، މީރު ރަހައެއް ކަމަށްވާ ގުލާބް ޖާމުންއެވެ

ޒުނާނާ ޒާލިފް
ޒުނާނާ ޒާލިފް | 16 މެއި 2019 | ބުރާސްފަތި 04:20
ގުލާބް ޖާމުން ރެސިޕީ

ގުލާބް ޖާމުން ރެސިޕީ

އިންޑިއާގެ ތަފާތު ޑިޝްއެއް ކަމަށްވާ ގުލާބް ޖާމުން އަކީ ދިވެހިންނަށް ވަރަށް ކަމުދާ ޑިޝްއެކެވެ. ރާއްޖޭގައި ހުންނަ ގިނަ އިންޑިއާ ކާނާ ވިއްކާ ރެސްޓޯރަންޓަކަށް ދެވިއްޖެއްޔާ މި ޑިޝް ރަހަބަލާނުލާ ހިނގައިދާނެ ދިވެއްސެއް ވަރަށް މަދު ވާނެއެވެ.

ގުލާބް ޖާމުން ރެސިޕީ.

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ކޯސްޓް ކިރު
  • 1 ސައި ސަމްސާ ފުށް
  • 1 ސައި ސަމްސާ ބޭކިންގ ޕައުޑަރ
  • 2 ސަމްސާ ބަޓަރ
  • 1 ބިސް
  • 2 ޖޯޑު ފެން
  • 1 ޖޯޑާއި ބައި ހަކުރު
  • މުގުރި ކާފުރުތޮޅި (ރަހަލާ ވަރަށް)
  • ސެފްރޮން (ރަހަލާ ވަރަށް)
  • ޕިސްޓާޗިއޯ ނަޓު

ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމް ފުށް، ކޯސްޓު ކިރު، ބޭކިންގ ޕައުޑަރ، ބަޓަރ، އަދި ބިސް އެއްކޮށްލައި، ފުށްގަނޑެއް މޮޑެލާށެވެ.

މޮޑޭވަރަކަށް ބިސް ގިނަވަންޔާ އިތުރަށް ފުށް އަޅާލާނީއެވެ. ބިހުގެ އަޅާނީ އެއްބައެވެެ.

ދެން ގުޅަ ވަށާފައި ކޮންމެ ގުޅައެއްގެ މެދަށް ޕިސްޓާޗިއޯ ނަޓެއް ލުމަށްފަހު ތެޔޮގަނޑެއް އުދާށެވެ.

ތެޔޮ ގަނޑު ހޫނުވުމުން ގުޅަ ރަތްވެލަންދެން ތެލުލާށެވެ.

ހަކުރު ފަނި ހެދުމަށް ފެން، ހަކުރު، ސެފްރޮން އަދި މުގުރި ކާފުރުތޮޅި ތެއްޔެއްގެ ތެރެޔަށް އެއްކޮށްލައި، 5 ވަރަކަށް މިނެޓު މަޑު ގިނީގައި ކައްކާލާނީއެވެ.

ހަކުރު ފަނި ތައްޔާރުވުމުން ރަތްކުލަ އަރާނެއެވެ. ދެން ތެލުލި ގުލާބް ޖާމުން ކޮޅު މީގެ ތެރެޔަށް އެއްކޮށްލައި 5 ވަރަކަށް މިނެޓް ކައްކާލާށެވެ. ގުޅަތަކުގެ ތެރެޔަށް ފެންގަނޑު ވަނީމައި މިހިރީ ތައްޔާރުވެފައެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2022

"ލެމަން ޕައި" ތައްޔާރުކޮށްލަން ބޭނުންތަ؟ މި އޮތީ ރެސިޕީ

18 އެޕްރީލު 2022
"ލެމަން ޕައި" ތައްޔާރުކޮށްލަން ބޭނުންތަ؟ މި އޮތީ ރެސިޕީ
06 މެއި 2021

މިއޮތީ މިލްކް ލައްޑޫގެ ރެސިޕީ، ތައްޔާރުކޮށްލަމާ!

06 މެއި 2021
މިއޮތީ މިލްކް ލައްޑޫގެ ރެސިޕީ، ތައްޔާރުކޮށްލަމާ!
05 މެއި 2021

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

05 މެއި 2021
މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
29 އެޕްރީލު 2021

ޕާނުގައި ތައްޔާރުކޮށްލެވޭ މީރު ފޮނިކާއެއްޗެއްގެ ރެސިޕީ ބޭނުންތަ؟

29 އެޕްރީލު 2021
ޕާނުގައި ތައްޔާރުކޮށްލެވޭ މީރު ފޮނިކާއެއްޗެއްގެ ރެސިޕީ ބޭނުންތަ؟
20 އެޕްރީލު 2021

ކުކުޅުގެ ރަހަތައް ކަމުދާ ފަރާތްތަކަށް މިއޮތީ ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް، އަވަހަށް ތައްޔާރުކޮށްލަމާ!

20 އެޕްރީލު 2021
ކުކުޅުގެ ރަހަތައް ކަމުދާ ފަރާތްތަކަށް މިއޮތީ ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް، އަވަހަށް ތައްޔާރުކޮށްލަމާ!
21 މެއި 2019

ޕަނީރް ބަޓަރ މަސާލާ ރެސިޕީ

21 މެއި 2019
ޕަނީރް ބަޓަރ މަސާލާ ރެސިޕީ
16 މެއި 2019

ޗިކަން ފްރައިޑް ރައިސް ރެސިޕީ

16 މެއި 2019
ޗިކަން ފްރައިޑް ރައިސް ރެސިޕީ
16 މެއި 2019

ބީފް ސްލައިޑަރ ރެސިޕީ

16 މެއި 2019
ބީފް ސްލައިޑަރ ރެސިޕީ
12 މެއި 2019

ޕާނީ ޕޫރީ ރެސިޕީ

12 މެއި 2019
ޕާނީ ޕޫރީ ރެސިޕީ
10 މެއި 2019

ޑެވިލްޑް ޗިކަން ރެސިޕީ

10 މެއި 2019
ޑެވިލްޑް ޗިކަން ރެސިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު