Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންޓޯނިއޯ ގްރިޒްމަން

އެޓްލެޓިކޯ ދޫކޮށްލާކަން ގްރިޒްމަން ކަށަވަރުކޮށްދީފި

15 މެއި 2019 | ބުދަ 14:50

ގްރިޒްމަން ބޭނުމީ އާކަންތައްތަކެއް ތަޖުރިބާ ކުރުމަށް

ލީވާން އަލީ
ލީވާން އަލީ | 15 މެއި 2019 | ބުދަ 14:50
އެންޓޯނިއޯ ގްރިޒްމަން

އެންޓޯނިއޯ ގްރިޒްމަން

އެޓްލެޓިކޯ މެޑްރިޑް ދޫކޮށްލާކަން އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން ކަށަވަރު ކޮށްދީފިއެވެ.

އެޓްލެޓިކޯއިން އާންމުކުރި ވީޑިއޯއެއްގައި ގްރިޒްމަން ބުނީ، މި ސީޒަނަށް ފަހު އެޓްލެޓިކޯ ދޫކޮށްލަން އޭނާ ނިންމާފައިވާ ކަމަށާއި، އާކަންތައްތަކެއް ތަޖުރިބާ ކުރުމަށް ބޭނުންވާ ކަމަށެވެ.

އެގޮތުން ގްރިޒްމަން ބުނީ، ކާމިޔާބު ފަސް އަހަރު އެޓްލެޓިކޯއާއެކު ހޭދަކުރެވިފައިވާ ކަމަށާއި، ކްލަބުގެ ސަޕޯޓަރުންނާއި، ކުޅުންތެރިންނާއި، މެނޭޖްމަންޓް އަދި ކޯޗު ޑިއެގޯ ސިމިއޯނީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އެޓްލެޓިކޯ ދޫކޮށްލުމަށް ފަހު ގްރިޒްމަން ދެން ބަދަލުވާނީ ބާސެލޯނާއަށެވެ. އެގޮތުން އެކްލަބުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ގްރިޒްމަން އޭނާގެ ކެރިޔަރު ފެށީ 2009 ވަނަ އަހަރު ރެއާލް ސޮސައިޑާޑް އިންނެވެ. އޭނާ އެޓްލެޓިކޯ އަށް ބަދަލުވީ 2014 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓްލެޓިކޯގައި މިހާތަނަށް ހޭދަކުރި ފަސް ސީޒަނުގައި އެ ކްލަބަށް ކުޅުނު 256 މެޗުގައި 133 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެޓްލެޓިކޯއާއެކު ޔުއެފާ ޔޫރޮޕާ ލީގު، ޔުއެފާ ސުޕާކަޕް އަދި ސްޕެނިޝް ސުޕާކަޕް ކާމިޔާބު ކޮށްފައިވާ ގްރިޒްމަން ވަނީ އެ ކްލަބުގައި އަމިއްލަ ގިނަ ރެކޯޑްތައް ވެސް ހަދާފައެވެ.

ލަލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2016 ވަނަ އަހަރު ހޯދާފައިވާ ގްރިޒްމަން ވަނީ ހަމަ އެ އަހަރު ބެލޮންޑޯ އެވޯޑުގެ ތިންވަނަ ފަހަރު ހޯދާފައެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ބެލޮންޑޯ އެވޯޑުގެ ތިންވަނަ ވެސް ހޯދާފައެވެ.

ފްރާންސް ގައުމީ ޓީމާއެކު މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ގްރިޒްމަން ވަނީ 2010 ވަނަ އަހަރު ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ވެސް ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 69 މެޗުގައި 28 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 މެއި 2017

އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ

22 މެއި 2017
އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ
19 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ފުރަތަމަ ލެގުގެ ފައިދާ ނަގާ ލެސްޓާ ކަޓުވާލުމަށްފަހު އެޓްލެޓިކޯ ސެމީއަށް

19 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ފުރަތަމަ ލެގުގެ ފައިދާ ނަގާ ލެސްޓާ ކަޓުވާލުމަށްފަހު އެޓްލެޓިކޯ ސެމީއަށް
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: އެޓްލެޓިކޯ އަދި މޮނާކޯ ހަނި މޮޅެއް ހޯދައި ސެމީގެ އުންމީދު އާކޮށްފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: އެޓްލެޓިކޯ އަދި މޮނާކޯ ހަނި މޮޅެއް ހޯދައި ސެމީގެ އުންމީދު އާކޮށްފި
07 އެޕްރީލު 2017

ޔުނައިޓެޑަށް ދާކަށް ނުނިންމަން: ގްރިޒްމަން

07 އެޕްރީލު 2017
ޔުނައިޓެޑަށް ދާކަށް ނުނިންމަން: ގްރިޒްމަން
25 މާރިޗު 2017

ގްރިޒްމަން ހޯދުމުގެ ރޭހުގައި ޗެލްސީވެސް ބައިވެރިވެއްޖެ

25 މާރިޗު 2017
ގްރިޒްމަން ހޯދުމުގެ ރޭހުގައި ޗެލްސީވެސް ބައިވެރިވެއްޖެ
22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް