ކ. މާލެ
|
14 މެއި 2019 | އަންގާރަ 20:59
ހއ. ހޯރަފުށި
ހއ. ހޯރަފުށި
ޓްވިޓަރ
ހއ. ހޯރަފުށި
ހޯރަފުށީގެ ތަރައްގީއާ ގުޅޭ މާސްޓަރ ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ
 
އަންނަ މަހު 11ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ

ހއ. ހޯރަފުށީގެ ތަރައްގީއާ ގުޅޭ މާސްޓަރ ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

ހޯރަފުށި ކައުންސިލުން ބުނީ އެރަށުގެ ލޭންޑް ޔޫސް ޕްލޭން ރިވައިޒް ކުރުމާއި ހޯރަފުށީގެ ތަރައްގީގެ މާސްޓަރ ޕްލޭން އެކުލަވާލައި ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިމަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 22 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް ފަހު، 11 ޖޫން ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ޕްރޮޕޯޒަލްތައް ހުށަހެޅުއްވުން އެދޭ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ މައުލޫމާތު ސާފު ކުރެއްވުމަށާއި، ޕްރޮޕޯޒަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވާ ފަރާތުން ހުށަހަޅަންޖެހޭ ކަމަށެވެ. އަދި މިސިޓީގައި ބަދަލުގައި ހާޒިރުވާ މީހާގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އޮންނަންޖެހޭ ކަމަށެވެ.

ޕްރޮޕޯޒަލް ހުށަހެޅޭނީ މައުލޫމާތު ސާފުކުރެއްވުމަށް ދާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ކައުންސިލުން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް