Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްޕީއޭ

މިއަހަރުގެ މާޗް މަހުން އެޕްރީލް މަހުގެ ނިޔަލަށް 509 ޑެންގީ ކޭސް!

މި އަހަރުގެ ޖެނުއަރީ އިން އޭޕްރީލް މަހުގެ ނިޔަލަށް ޑެންގީ ޖެހިގެން ރިޕޯޓް ކުރި ކޭސްތައް ގިނަ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 14 މެއި 2019 | އަންގާރަ 10:10
އޭޕްރީލް މަހު ހަތް މީހަކު ވަނީ އިންފުލުއެންޒާ އަށް ޕޮސިޓިވް ވެފައި

އޭޕްރީލް މަހު ހަތް މީހަކު ވަނީ އިންފުލުއެންޒާ އަށް ޕޮސިޓިވް ވެފައި

މި އަހަރުގެ މާޗް މަހުން އެޕްރީލް މަހުގެ ނިޔަލަށް 509 މީހަކު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ( އެޗްޕީއޭ) ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި އަދަދަކީ ވޭތުވެ ދިޔަ އަހަރުތަކުގެ ޖެނުއަރީ އިން އޭޕްރީލް މަހުގެ ނިޔަލަށް ޑެންގީ ޖެހުނު މިންވަރާ ބަލާއިރު ގިނަ އަދަދެއް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އާއްމު ބަލިތަކުގެ ހާލަތު ދެނެގަތުމަށް އެޗްޕީއޭ އިން ހެދި ސާރވޭ ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޑެންގީގެ 1957 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މާޗް މަހު ޑެންގީ ޖެހިގެން 466 ކޭސް ރިޕޯޓް ކޮށްފައިވާއިރު އޭޕްރީލް މަހު 509 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން މާޗު ފަހު ހަފްތާގައި 120 ކޭސް، އޭޕްރީލް ފަހު ހަފްތާގައި 122 ކޭސް ރިޕޯޓްކޮށްފައި ވެއެވެ.

ޗިކުންގުންޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެފަހުން ރާއްޖޭގައި ޗިކުންގުންޔާ ގެ އައުޓްބްރޭކެއް އައިސްފައި ވަނީ 2006 ވަނައަހަރުއެވެ. އަދި އޭގެ ފަހުން ވަރަށް މަދުން ކޭސްތައް ރިޕޯރޓް ކުރެވިފައި ވީ ނަމަވެސް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް 846 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތާފާސް ހިސާބުތަކުން ދައްކައެވެ.

މާރޗު މަހާ އަޅާ ބަލާ އިރު އޭޕްރީލް މަހު ޗިކަންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ. ވޭތުވެދިޔަ އަހަރު ތަކުގެ މި ދުވަސްވަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯރޓްކޮށްފައިވާ އަދަދު މަދު ކަމަށް އެޗްޕީއެގެ ތަފާސް ހިސާބުތަކުން ދައްކައެެވެ.

އިންފްލުއެންޒާއަށް ޓެސްޓްކުރެވެނީ ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ތެރެއިން ބަލި ބޮޑުވެ އެނދުމަތި ކުރެވިފައިވާ ފަރާތްތަކެވެ. ފާއިތުވެ ދިޔަ 2 އަހަރުގެ މިދުވަސްވަރު އަރިދަފުސް ރޯގާގެ އެކި ވައްތަރުތައް، ޙާއްސަކޮށް އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ގިނަކަމަށް ވާތީ އަރިދަފުސް ރޯގާ އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިއްމެވެ.

އޭޕްރީލް މަހު 109 މީހުން އިންފްލުއެންޒާ އަށް ޓެސްޓް ކުރެވުނުއިރު ހަތް މީހަކު ވަނީ ޕޮސިޓިވްވެފައެވެ. އެޗްޕީއޭ އިން ބުނީ މިއަހަރުގެ މިހާތަނަށް 358 މީހަކު އިންފްލުއެންޒާ އަށް ޓެސްޓު ކުރެވު 26 މީހަކު ޕޮސިޓިވް ވެފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
އެމްޔޫއޯއިން ބޮޑު މުޒާހަރާއެއް މާޗް 24 ގައި ބާއްވަނީ!

އެމްޔޫއޯއިން ބޮޑު މުޒާހަރާއެއް މާޗް 24 ގައި ބާއްވަނީ!

08 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު