Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުހީ

އެޖެންޑާ 19 ގައި ހިމެނޭ އިންސާފުގެ ބާބެއް ތަންފީޒުކުރަން ހުރިހާ މުއައްސަސާތަކުން އެހީތެރިކަން ދޭން ޖެހޭ: ނިޝާން

13 މެއި 2019 | ހޯމަ 04:44

ރައްޔިތުންގެ ހައްގުގައި އެކަންތައްތައް ތަންފީޒު ކުރަން އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 13 މެއި 2019 | ހޯމަ 04:44
ގާނޫނީ ވަކީލް މުހައްމަދު ނިޝާން

ގާނޫނީ ވަކީލް މުހައްމަދު ނިޝާން

ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން 19 ވަނަ މަޖިލީހަށް ހުށައަޅަން ހަމަޖެހިފައިވާ ''އެޖެންޑާ 19'' ގެ އިންސާފުގެ ބާބުގެ ތެރޭގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރުމަށްޓަކައި ހުރިހާ މުއައްސަސާތަކުން އެހީތެރިކަން ދޭން ޖެހޭ ކަމަށް ގާނޫނީ ވަކީލް މުހައްމަދު ނިޝާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ނިޝާން ވިދާޅުވީ، ގިނަ ބަޔަކު އެމްޑީޕީއަށް ވޯޓު ދީފައި ވަނީ އެ ޕާޓީން މަޖިލީހަށް ހުށައަޅަން ހަމަޖެހިފައިވާ ''އެޖެންޑާ 19'' ގައި އަދުލުއިންސާފުގެ ކަންތައްތައް ހިމެނޭތީ ކަމަށެވެ.

Advertisement - newsAdvertisement

''އެޖެންޑާ 19''ގެ އިންސާފުގެ ބާބުގައި ހިމެނޭ ކަންތައްތަކަކީ، އިންތިގާލީ އިންސާފު ގާއިމްކުރުން، ޝަރުއީ ދާއިރާގެ އޮނިގަނޑު އިސްލާހު ކުރުމާއި ޕަބްލިކް ޑިފެންޑާރސް އޮފީހެއް ގާއިމްކުރުމުގެ އިތުރުން ޖަވާބުދާރީ ކުރެވެނިވި ދައުލަތެއް ބިނާ ކުރުމެވެ.

އިންސާފުގެ ބާބުގައި ހިމަނާފައިވާ ކަންތައްތައް ބަޔާން ކުރައްވަމުން ނިޝާން ވިދާޅުވީ، އެކަމުގައި ހިމެނޭ ހުރިހާ މުއައްސަސާއަކުން ރައްޔިތުންގެ ހައްގުގައި އެކަންތައްތައް ތަންފީޒު ކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.

"އިންސާފުގެ ހަތަރު ކަންތައް ހިމެނޭތީވެ ވޯޓު ދިން ދިވެހި ރައްޔިތުންގެ ހައްގުގައި ހިމެނޭ ހުރިހާ މުއައްސަސާތަކުން އެއީ ޝަރުއީ ދާއިރާ ކަމަށް ވިޔަސް ހެޔޮ، ރައްޔިތުން މަޖިލީސް ކަމަށް ވިޔަސް ހެޔޮ، މިނިވަން މުސްތަގިއްލު މުއައްސަސާތަކަށް ވިޔަސް ހެޔޮ، ސިފައިންނާ ފުލުހުން ކަމަށް ވިޔަސް ހެޔޮ، ސިވިލް ސާރވިސް ގައި ހިމެނޭ މުވައްޒިފުންނަށް ވިޔަސް ހެޔޮ، އަދި ދިވެހި އާއްމު ރައްޔިތުން ކަމަށް ވިޔަސް ހެޔޮ އެންމެން ވެސް ޖެހޭނީ އެއްބާރުލުން ދޭން،" ދައްކަވަމުން ގާނޫނީ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ނިޝާން ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް އިންސާފުގެ ބާބުގައި ހިމެނޭ ޕަބްލިކް ޑިފެންޑާރސް އޮފީހެއް ގާއިމްކުރުމާ ބެހޭ ގޮތުން ވާހަކަ ނިޝާން ވިދާޅުވީ، އެއީ ފެހި ގާނޫނު އަސާސީގައި ވެސް ބަޔާކޮށްފައިވާ އެއްޗެއް ކަމަށާއި، އެހެން ނަމަވެސް ގާނޫނު އަސާސީއަށް އަމަލުކުރަމުން އައިރު އެއްވެސް ބަޔަކު އެވާހަކަތައް ނުދައްކާ ކަމަށެވެ.

ގާނޫނޫ އަސާސީގެ 53 މާއްދާގެ (ށ) ގައި ވާގޮތުން ޖިނާއި ބޮޑެތި މައްސަލަތަކުގައި، ތުހުމަތު ކުރެވޭ މީހާއަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކު ނަމަ، އޭނާ އަށް ދައުލަތުން ގާނޫނީ ވަކީލަކު އައްޔަން ކޮށްދެން ވާނެއެވެ. ޝަރުއީ ދާއިރާ އިސްލާހުކުރަން ކަމަށް ބުނެ ސުޕްރީމް ކޯޓުން ދާދި ފަހުން ނެރުނު ޝަރުއީ ދާއިރާގެ މަގުޗާޓުގައި ވެސް ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމްކުރުން ހިމެނެއެވެ.

މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ފަހު ޝަރިއްޔަތުން ނިންމަން ޖެހޭ ގޮތްތައް ކަނޑައެޅުމުގައި އަދި ޝަރިއްޔަތުން ނިމިގެން ތަންފީޒު ކުރުމަށްޓަކައި ރާއްޖޭގައި ހުރަސްތަކެއް ހުރިކަން ފާހަގަ ކުރައްވަމުން ނިޝާން ވިދާޅުވީ، އެކަންތައް އެހެން ދިމާވަނީ ޝަރުއީ ނިޒާމުގެ އިތުރުން ގާނޫނުގައި ހުރި ލޫޕްހޯލްތަކުގެ ސަބަބުން ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް