Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެމްޕެއިންގައި ވީ ވައުދު

ކެމްޕެއިންގައި ވީ ވައުދާއި އެއްގޮތަށް އަމަލު ކުރުމަށް ޕީއެންސީން ސަރުކާރަށް ގޮވާލައިފި

13 މެއި 2019 | ހޯމަ 11:28

މި ސަރުކާރުން މީހުން ވަޒީފާއިން ވަކި ކުރުމުގެ ސިޔާސަތެއް ނުގެންގުޅޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 13 މެއި 2019 | ހޯމަ 11:28
ޕިއެންސީގެ އިސް ފަރާތްތައް

ޕިއެންސީގެ އިސް ފަރާތްތައް

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ސަރުކާރު ހިންގުމާ ހަވާލުވެތިބި ފަރާތްތަކުން ވީ ވައުދާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ( ޕީއެންސީ ) ން ސަރުކާރަށް ގޮވާލައިފި އެވެ.

އާދިއްތަ ދުވަހު ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ހަމައަކަށް އުސޫލަކަށް ބެލުމެއްނެތި ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާ ތަކުން ވަކި ކުރަމުން ދާކަމަށެވެ.

އެގޮތުން ވަކި ސިޔާސީ ފިކުރަކަށް ތާއީދު ކުރާ މުވައްޒަފުންނަށް ވަޒީފާއިން ވަކި ކުރާނެ ކަމުގެ ބިރު ދައްކާ އެފަރާތްތަކުން ވަޒީފާ އަދާކުރާ ތަން ބަދަލުކޮށް އެތައްބަޔަކަށް ފިޔަވަޅު އަޅަމުން ދާކަމަށާއި އެހެންކަމުން އެ އަމަލު ޕީއެންސީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

މީގެ އިތުރުން އެތައް ރަށަކުން ކަރަންޓްގެ ޚިދުމަތް ކެނޑި ރައްޔިތުން ކަނު އަނދިރީގައި ހޭދަކުރަން ޖެހުމަކީ މިސަރުކާރުގެ ދޯހަޅި ސިޔާސަތު ތަކާއި ކަންކަން ކުރުމުގެ ގާބިލުކަން ނެތްކަމުގެ ހެއްކެއް ކަމަށް ބުނެފައިވެއެވެ. އަދި އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމްގެ އޭސީތައް ހަޅާކުވެ ހޫނުގަދަވުމުގެ ސަބަބުން ޚިދުމަތް ހޯދާ ރައްޔިތުނަށާއި ޚާއްސަކޮށް ބަލި މީހުންނަށް ކުރިމަތި ވެފައިވާ ތަކުލީފް ހައްލު ކުރެވިފައެއް ނެތް ކަމަށް ބަޔާނުގައި އިތުރަށް ފާހަގަ ކޮށްފައި ވެއެވެ.

ކަންކަން ހައްލުކޮށް މިހާރަށްވުރެން ބޮޑަށް ސަރުކާރު ޒިންމާ ދާރުވެ، ވީހާވެސް އަވަސް ސްޕީޑުގައި މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި އެ ޕާޓީން ތައްޔާރަށް އޮތްކަން ވެސް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

ޕީއެންސީން މިހެން ބުނިނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ މި ސަރުކާރުން މީހުން ވަޒީފާއިން ކެނޑުމުގެ ސިޔާސަތެއް ނުގެންގުޅޭ ކަމަށާއި އަދި އެފަދަ ޕްރޮގްރާމެއް ވެސް ފަށާފައި ނުވާކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށް އަންގާފައިވެސް ނުވާނެ ކަމަށެވެ.

ހޫދު އިތުރަށް ވިދާޅުވީ އާ އެއަރކޮންޑިޝަން ސިސްޓަމެއް މިހާރު ގެނެވިފައި ވާ ކަމަށާއި އަންގާރަ ދުވަހު އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި އޭސީތައް ހަރުކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2017

ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު

23 މާރިޗު 2017
ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު
12 މާރިޗު 2017

ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!

12 މާރިޗު 2017
ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!
10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް