Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ 1440

ސްޕެގެޓީ ޕެސްޓޯ

ޕެސްޓޯ ސްޕެގެޓީ އަކީ ޕާސްތާގެ ވަރަށް މަގުބޫލު ވަށްތަރެއް

ޒުނާނާ ޒާލިފް
ޒުނާނާ ޒާލިފް | 12 މެއި 2019 | އާދީއްތަ 18:46
ސްޕެގެޓީ ޕެސްޓޯ

ސްޕެގެޓީ ޕެސްޓޯ

ޕެސްޓޯ ސްޕެގެޓީ އަކީ ޕާސްތާގެ ވަރަށް މަގުބޫލު ވައްތަރެކެވެ. މިއީ އަދި ދިވެހިންގެ ތެރޭގައި އެހާ މަގުބޫލު ޑިޝްއަކަށް ނުވިޔަސް މި ރެސިޕީ ތައްޔާރު ކޮއްލައިފިނަމަ ވަރަށް ކަމުދާނެއެވެ.

ތައްޔާރު ކޮށްލަން ބޭނުންވާނީ:

100 ގުރާމް ބޭސިލް ފަތް

20 ގުރާމް ކެޝޫ ނަޓު

2 ލޮނުމެދު (ހަނާކޮށްލާފައި)

2 ސަމްސާ ޒައިތޫނި ތެޔޮ

ބައި ޖޯޑު ޕާރމެޝަން ޗީޒް

1 ޖޯޑު ކުކިންގް ކްރީމް

100 ގުރާމް ކުކުޅު (ހިމަކޮށް ދިގަށް ކޮށާފައި)

ލޮނު

އަސޭމިރުސް

މުގުރި ދިރި

ބައި ސައިސަމްސާ ސްމޯކްޑް ޕެޕްރިކާ

ބައި ސައިސަމްސާ މުގުރި މިރުސް

އޮރިގާނޯ

2 ތޮޅި މިރުސް

ބައި ޖޯޑު ސްޕެެގެޓީ ކެއްކި ފެންގަނޑު

ތައްޔާރު ކޮށްލާނެ ގޮތް:

ތެއްޔެއްގެ ތެރޭގައި ސްޕެގެޓީކޮޅު މަޑު ކޮށްލާށެވެ.

ލޮނުމެދު، ބޭސިލް ފަތް، ކެޝޫ ކޮޅާއި ލޮނުމެދު އަދި ތެޔޮކޮޅު ބްލެންޑަރަކަށް އަޅާފައި މުގުރާލާށެވެ.

މުގުރާ ނިމޭއިރު ހުންނަންވާނީ ހިކިނޫން ޕޭސްޓްގަނޑެއްހެންނެވެ.

އެއަށް ފަހު ކުކުޅު ކޮޅު ތެރެޔަށް ލޮނު، އަސޭމިރުސް، ދިރި، ސްމޯކްޑް ޕެޕްރިކާ، މުގުރި މިރުސް އަދި އޮރިގާނޯކޮޅު އަޅާލައި، ރަނގަޅަށް މޮޑެލާށެވެ.

އެއަށް ފަހު ގަދަ ގިނީގައި ތެލުލާށެވެ.

ތަތްނުލަވާ ތަވައެއްގައި 1 ސައިސަމްސާ ބަޓަރުގައި 1 ލޮނުމެދު މަޑުގިނީގައި ތެލުލާށެވެ. ދެން އެއްޖޯޑު ކުކިންގް ކްރީމް އަޅާފައި ޗީޒް ކޮޅާއި ސްޕެގެޓީ ކެއްކި ފެންކޮޅު އަޅައި ހާވާލާށެވެ. އެއަށް ފަހު ޕެސްޓޯ ސޯސް ކޮޅު އަޅާފައި ސްޕެގެޓީ ކޮޅު އަދި ކުކުޅު ކޮޅު އެއްކޮށްލާނީއެވެ.

އިތުރަށް ކިޔާލަން

21 މެއި 2020

ވަޅޯމަސް އާލިއޯ އެ އޯލިއޯ ސްޕެގެޓީ

21 މެއި 2020
ވަޅޯމަސް އާލިއޯ އެ އޯލިއޯ ސްޕެގެޓީ
20 މެއި 2020

ސްޕައިސީ ގާލިކް ޕްރޯން ސްޕެގެޓީ

20 މެއި 2020
ސްޕައިސީ ގާލިކް ޕްރޯން ސްޕެގެޓީ
02 ޖޫން 2018

ސްޕެގެޓީ އޮލިވްސް އެންޑް ޓޫނާ

02 ޖޫން 2018
ސްޕެގެޓީ އޮލިވްސް އެންޑް ޓޫނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު