Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެރިޓޭޖު މިނިސްޓްރީ

އާސާރީތަންތަން ރައްކާތެރި ކުރުމަށް މަޝްވަރާނުކޮށް އެފަދަ ތަންތަން ކޮނުމުން އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެ: ހެރިޓޭޖު

11 މެއި 2019 | ހޮނިހިރު 12:35

ބަލަހައްޓާނެ ގޮތުގެ ތަސައްވުރެއް ނެތި ކޮނުމަކީ ދެވޭ ގެއްލުމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 11 މެއި 2019 | ހޮނިހިރު 12:35
ބިލެއްދޫގައި ހުރި ވެވު

ބިލެއްދޫގައި ހުރި ވެވު

އާސާރީތަންތަން ރައްކާތެރި ކުރުމަށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއި ލަފާ ނުހޯދައި ތަންތަން ކޮނުމަކީ އެ ތަންތަނަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުން ވެދާނެ ކަމެއް ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް ހެރިޓޭޖް މިނިސްޓްރީން އަންގައިފިއެވެ.

ފ. ބިލެއްދޫ ވެވު ކޮނުނު މައްސަލާގައި މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ބިލެއްދޫ ވެވު ކޮނުމުގެ މަސައްކަތް ކުރާކަން މިނިސްޓްރީއަށް އެނގިފައިވަނީ މީސްމީޑިޔާއިން ކަމަށާއި، ރަށު ކައުންސިލުން އެކަން އަންގަވާފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ހެރިޓޭޖުން ބުނީ ކޮންނަމުންދާ ސަރަޙައްދަކީ ގެޒެޓު ކޮށްފައިވާ ދިވެހިރާއްޖޭގެ އާސާރީ ތަންތަނުގެ ދަފްތަރުގައި ހިމެނޭ ސަރަޙައްދެއް ކަމަށް މަޢުލޫމާތު ލިބުމާއެކު އެކަން މިނިސްޓްރީން ގެންދިޔައީ ކައިރިން ބަލަމުން ކަމަށާއި، އަދި މަސައްކަތް ހުއްޓަވާލެއްވުމަށް އެދި ކައުންސިލަށް ފޯނުންނާއި ލިޔުމުން ވާނީ އަންގާފައި ކަމަށެވެ.

ނަމަވެސް، ވެވު ކޮނުމުގެ މަސައްކަތް ކައުންސިލްގެ ފަރާތުން ކުރިއަށް ގޮންގޮސްފައިވާ ކަމަށާއި، މިފަދަ ތަންތަން ކޮނުމުގެ މަސައްކަތަކީ ވަކި އުޞޫލެއްގެ މަތިން ވަކި ހަމަތަކާ އެއްގޮތަށް ނުކޮށްފިނަމަ އިއާދަނުކުރެވޭނެވަރުގެ ގެއްލުން ލިބިދާނެ ކަމެއް ކަމަށް ހެރިޓޭޖުން ބުންޏެވެ.

ދިވެހިރާއްޖޭގެ އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެއްޗާއި ބެހޭ ޤާނޫނު އިން އާސާރީ ތަންތަން ހަލާކުކޮށް ރޫޅައި، އެފަދަ ތަންތަނާއި ތަކެއްޗަށް ގެއްލުން ދިނުމަކީ މަނާކަމެއްކަން ފާހަގަކޮށް ހެރިޓޭޖުން ބުނީ އެފަދަ ތަނެއް ރައްކާތެރިކުރެވޭނެ ގޮތްތަކެއް ނުހޯދައި، ބަލަހައްޓާނެ ގޮތުގެ ތަސައްވުރެއް ނެތި ކޮނުމަކީ ދެވޭ ގެއްލުމެއް ކަމަށެވެ. އަދި މިފަދަ ތަންތަން ކޮނުމަށް ބޭނުންކުރާ އާލަތްތައް ބޭނުންނުކޮށް ކޮނުމަކީ ކަނޑައެޅިގެން އާސާރީ އަދި ތާރީޚީ އެއްޗަކަށް ގެއްލުން ލިބިދާނެ ކަމެއް ކަމަށާއި، ތަޖުރިބާހުރި ދާއިރާގެ މީހުންގެ ބައިވެރިވުން ނެތި، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއި ލަފާ ނުހޯދައި ތަންތަން ކޮނުމަކީ އެ ތަންތަނަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުން ވެދާނެ ކަމެއް ކަމަށެވެ.

ހެރިޓޭޖުން ބުނީ ދެމެހެއްޓެނިވި ގޮތަކަށް ރައްކާތެރިކުރެވޭ ގޮތު ގެ މެނޭޖްމަންޓް ޕްލޭން ތައްޔާރުކޮށްގެން މެނުވީ މިފަދަ ތަންތަން ކޮނުމަކީ ރަނގަޅުގޮތެއް ނޫން ކަމަށެވެ.

މީގެ އިތުރުން ހެރިޓޭޖުން ބުނީ އެ ރަށެއްގައި ހުރި އާސާރީތަންތަން ރައްކާތެރި ކުރެވޭނީ އެ ރަ ށެއްގެ ރައްޔިތުންގެ ބައިވެރިވުމާއިއެކު ކަމަށާއި، އަންނާން އޮތް ޖީލުތަކަށް އެ ތަންތަން ގެންގޮސްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

14 މާރިޗު 2017

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ
13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
12 މާރިޗު 2017

އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު

12 މާރިޗު 2017
އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު
27 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު

27 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް