Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ 1440

ޕާނީ ޕޫރީ ރެސިޕީ

މިއީ ވީހާ ވެސް ކުޅިކޮށް ކެއުމުން މީރު ޑިޝްއެއް

ޒުނާނާ ޒާލިފް
ޒުނާނާ ޒާލިފް | 12 މެއި 2019 | އާދީއްތަ 05:41
ޕާނީ ޕޫރީ

ޕާނީ ޕޫރީ

ޕާނީ ޕޫރީއަކީ އިންޑިއާގެ އެންމެ މަގުބޫލު އެއް ޑިޝްއެވެ. ރާއްޖޭގައި ވެސް މި ޑިޝް އަށް އޮތް މަގުބޫލުކަން ފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ. އިންޑިއާގެ "މީރު މީރު" މި ޑިޝް މި ފަހަރު ތައްޔާރު ކޮށްލީ އެއިން ލާންޖެހޭ އަސްލު ރަހަ ގެނެސްދިނުމުގެ މަގުސަދާ އެކުގައެވެ. މާލެ އާއި ހުޅުމާލެ، އަދި ބައެއް ރަށްރަށުން ވެސް މީގެ ތަފާތު ރެސިޕީތައް ހަދައެވެ. ބައެއް ކެފޭތަކުގައި، އަދި އަމިއްލައަށް ވެސް ބައެއް މީހުން ޕާނީ ޕޫރީ ހަދާފައި ވިއްކަމުންދެއެވެ. ނަމަވެސް، މިހާތަނަށް ފެނުނު އެންމެ މީރު ރެސިޕީއަކީ މީއެވެ.

ބޭނުންވާ ތަކެތި:

ޕޫރީ ތައްޔާރު ކޮށްލުމަށް:

1 ޖޯޑު އެމޮލީނާ

1 ސަމްސާ މައިދާ (އޯލް ޕާޕަސް ފްލާ)

ކުޑަ ބޭކިންގ ސޯޑާ ކޮޅެއް

ފެންގަނޑު ތައްޔާރު ކޮށްލުމަށް:

ހެލެނބެލި ހުތް

1 ސެންޓިމީޓަރ އިނގުރު

3 ތޮޅި މިރުސް (ކުޅިކޮށް ކާން ބޭނުން ވަންޏާ ގިނައިން)

މިންޓް ފަތް

ކަޅު ލޮނު

ޕާނީ ޕޫރީ މަސާލާ

މުގުރި ދިރި

އަސަފަޓީޑާ (އުނގުރު)

ލޮނު

ހަކުރު (ރަހަ ހެޔޮވަރުވާ ވަރަށް)

ފިލިންގ:

ސަނާމުގު

އަލުވި

ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ އަލުވި އަދި ސަނާމުގުކޮޅު ފެނު ކައްކާލާނީއެވެ.

އެ އަށް ފަހު ޕޫރީ ހަދަން ބޭނުންވާ އެމޮލީނާ، ފުށް އަދި ބޭކިންގ ސޯޑާ ފެނާއި އެއްކޮށްލައި ފުށްގަނޑެއް މޮޑެލާނީއެވެ.

މި ފުށްގަނޑު 20 މިނެޓު ވަންދެން އެއްކައިރި ކޮށްލާށެވެ.

ފެންގަނޑު ތައްޔާރު ކޮށްލުމަށް މިކްސަރެއްގެ ތެރެޔަށް އިނގުރު، މިރުސް، މިންޓް ފަތް އަދި ހުރިހާ ސްޕައިސަސް އެއްކޮށްލާ ރަނގަޅަށް ބްލެންޑް ކޮށްލާށެވެ.

މި މިކްސް ތެރެއަށް ހެލެނބެލި ހުތްކޮޅު އެއްކޮށްލާފައި ފެން އަޅަމުން ދާށެވެ. ބޭނުން ވާ ވަރަކަށް، ރަހަ ބަލަމުން ފެން އަޅަމުން ގެންދާށެވެ. ހަކުރު ވެސް އަޅާނީ ހަމަ މިގޮތަށް ރަހަ ހެޔޮވަރު ކުރަމުންވެ.

ދެން ތަވައެއް އުދާފައި ޕޫރީތައް ތެލުލާނީއެވެ.

ތެލުލެވުމުން މެދުން ފަޅާލާފައި އަލުވި އަދި ސަނާމުގު ކޮޅު އަޅާލާނީއެވެ. މި ރެސިޕީއަށް ބޭނުން ވައްތަރެއްގެ ފިލިންގއެއް ބޭނުން ކުރެވިދާނެއެވެ. ނަމަވެސް އަލުތްވާ ސަނާމުގަކީ މީގެ އަސްލު ރަހަ ދައްކައިދޭ ދެ ބާވަތެކެވެ.

މި ޑިޝްއަކީ ވީހާ ވެސް ކުޅިކޮށް ކެއުމުން މީރު ވާނެ ޑިޝްއެކެވެ. ފެންގަނޑު ވެސް ބޮޑަށް މީރު ވާނީ ފިނިވުމުންނެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2022

"ލެމަން ޕައި" ތައްޔާރުކޮށްލަން ބޭނުންތަ؟ މި އޮތީ ރެސިޕީ

18 އެޕްރީލު 2022
"ލެމަން ޕައި" ތައްޔާރުކޮށްލަން ބޭނުންތަ؟ މި އޮތީ ރެސިޕީ
06 މެއި 2021

މިއޮތީ މިލްކް ލައްޑޫގެ ރެސިޕީ، ތައްޔާރުކޮށްލަމާ!

06 މެއި 2021
މިއޮތީ މިލްކް ލައްޑޫގެ ރެސިޕީ، ތައްޔާރުކޮށްލަމާ!
05 މެއި 2021

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

05 މެއި 2021
މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
29 އެޕްރީލު 2021

ޕާނުގައި ތައްޔާރުކޮށްލެވޭ މީރު ފޮނިކާއެއްޗެއްގެ ރެސިޕީ ބޭނުންތަ؟

29 އެޕްރީލު 2021
ޕާނުގައި ތައްޔާރުކޮށްލެވޭ މީރު ފޮނިކާއެއްޗެއްގެ ރެސިޕީ ބޭނުންތަ؟
20 އެޕްރީލު 2021

ކުކުޅުގެ ރަހަތައް ކަމުދާ ފަރާތްތަކަށް މިއޮތީ ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް، އަވަހަށް ތައްޔާރުކޮށްލަމާ!

20 އެޕްރީލު 2021
ކުކުޅުގެ ރަހަތައް ކަމުދާ ފަރާތްތަކަށް މިއޮތީ ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް، އަވަހަށް ތައްޔާރުކޮށްލަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު