Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލަންކާ ބޮން ގޮއްވުން

ފުނަމާ އާދަމް މަނިކު އަދި ބައިކެނޑި ހަސަން މަނިކުގެ ބަންދުގެ މުއްދަތަށް 7 ދުވަސް ޖަހައިފި

10 މެއި 2019 | ހުކުރު 11:24

އެ މީހުންގެ ބަންދުގެ މުއްދަތު އެންމެ ފުރަތަމަ ޖަހާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 10 މެއި 2019 | ހުކުރު 11:24
ލަންކާ ފުލުހުންގެ ބަންދުގައި ތިބި ފަސް މީހުން ތިބި ރިމާންޑް ޖަލު އަދި ޑިޓެންޝަން ސެންޓަރުގައި

ލަންކާ ފުލުހުންގެ ބަންދުގައި ތިބި ފަސް މީހުން ތިބި ރިމާންޑް ޖަލު އަދި ޑިޓެންޝަން ސެންޓަރުގައި

ލަންކާގައި ހައްޔަރުކޮށްފައި ތިބި ފުނަމާ އާދަމް މަނިކު އަދި ބައިކެނޑި ހަސަން މަނިކުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އާދަމް މަނިކު އާއި ހަސަން މަނިކުގެ ބަންދުގެ މުއްދަތު ހުކުރު ދުވަހު ހަމަވުމުން އެ މީހުންގެ ބަންދަށް އިތުރު ހަތް ދުވަސް ވަނީ ޖަހާފައެވެ. އެ މީހުންގެ ބަންދުގެ މުއްދަތު އެންމެ ފުރަތަމަ ޖަހާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެ ފަހަަރު އެ މީހުންގެ ބަންދަށް ޖަހާފައިވަނީ 10 ދުވަހެވެ.

Advertisement - newsAdvertisement

އީސްޓަރ ސަންޑޭ ބޮމުގެ ހަމަލާއަށްފަހު، ސްރީލަންކާގެ ފުލުހުންގެ ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރި ދިވެހިންގެ ތެރެއިންގެ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި މި ވަގުތު ތިބީ ފަސް ދިވެހިންނެވެ.

ލަންކާ ފުލުހުންގެ ބަންދުގައި ތިބި ފަސް މީހުން ތިބި ރިމާންޑް ޖަލު އަދި ޑިޓެންޝަން ސެންޓަރުގައެވެ.

ލަންކާގެ ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ދަށުން ގާތްގަނޑަކަށް 20 ދިވެހިން ހައްޔަރުކޮށް، އޭގެ ތެރެއިން ބައެއް މީހުން ދޫކޮށްލުމަށްފަހު، ބައެއް މީހުން ވަނީ އަނެއްކާވެސް ހައްޔަރުކޮށްފައެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާއަށް ފަހު ސްރީލަންކާ ސަރުކާރުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިން އެ ގައުމުގައި ވިސާގެ މުއްދަތު ހަމަވެ އައުނުކޮށް ތިބިކަން ފާހަގަވެފައިވާ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ބުނެފައެވެ.

ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ވިސާ ހަމަވެފައިވޭތޯ ޗެކް ކުރުމަށްފަހު، ވިސާ ހަމަވެފައިވާނަމަ ވިސާ އައު ކުރުމަށް ސަމާލުކަން ދިނުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ބުނެފައެވެ.

އިމަރޖެންސީ ގާނޫނުގެ އެންޓި ޓެރަރިޒަމްގެ މާއްދާތަކަށް އަމަލުކުރަން ސްރީލަންކާ ސަރުކާރުން އެ ގައުމުގެ ފުލުހުންނަށް ދީފައިވާއިރު، ފުލުހުންދަނީ އެ ގައުމުގެ އެކި ސަރައްހަދުތަކުގައި ސެކިއުރިޓީ ޗެކް ޕޯސްޓްތައް ހަދައި އެ ސަރަހައްދުތަކުން ދަތުރުކުރަމުންދާ މީހުން ބަލަމުންނެވެ.

ގައުމުން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން އުޅޭ ގައުމަކީ ސްރީލަންކާއެވެ. ގާތްގަނޑަކަށް 20،000 (ވިހި ހާސް) އަށް ވުރެ ގިނަ މީހުން އެ ގައުމުގައި އެކި ބޭނުންތަކުގައި ދިރިއުޅެއެވެ.

އޭޕްރީލް މަހުގެ 21 ވަނަ ސްރީލަންކާ އަށް ދިން ޓެރަރިސްޓް ބޮމުގެ ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް