Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޭބާރ ޕާޓީ

ވިލާ އެއަރގެ ސީނިއަރ މުވައްޒިފަކު ގަވާއިދާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފި!

10 މެއި 2019 | ހުކުރު 08:51

ގަވާއިދާއި ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ އިތުރު ދެ މީހެއްގެ މައްސަލަ ޝަރީއަތުގައި މަރްހަލާގައި އޮތް ކަމަށް ވިދާޅުވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 10 މެއި 2019 | ހުކުރު 08:51
ވިލާ އެއާރއިން ހިންގާ ފްލައިމީ

ވިލާ އެއާރއިން ހިންގާ ފްލައިމީ

ވިލާ އެއަރގެ ސީނިއަރ މުވައްޒިފަކު ގަވާއިދާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ލޭބާރ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަސީން ވިދާޅުވެއްޖެ އެވެ.

ލޭބާރ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހަސީން ވިދާޅުވީ ވިލާ އެއަރގެ ސީނިއަރ މުވައްޒިފަކު ވަޒީފާގެ އެއްބަސްވުމާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ، އެ މައްސަލަ ޓްރައިބިއުނަލް އަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. ހަސީން ވިދާޅުވީ އަދި އިތުރު ދެ ފަރާތެއްގެ މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ފަރާތްތަކުގެ މައްސަލަތަކުގެ އަޑުއެހުންތައް މިހާރު ކުރިއަށްދާ ކަމަށް ހަސީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަސީން ވިދާޅުވީ ބައެއް ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒިފުންނަށް ރަމްޟާން މަހުގެ އިނާޔަތްނުދޭ ކަމަށެވެ. އެގޮތުން ވެމްކޯގެ އަންހެން މުވައްޒިފުންގެ ތެރެއިން ބައެއް މުވައްޒިފުންނަށް ރަމްޟާން މަހުގެ އިނާޔަތެއް ނުދޭ ކަމަށާއި، އެ މީހުންނަކީ ރޭގަނޑު ވަރަށް ދަންވަންދެން މަސައްކަތް ކުރަމުން އަންނަ ބައެއް ކަމަށް ހަސީން ވިދާޅުވިއެވެ.

"ވެމްކޯގައި މަސައްކަތް ކުރާ މުވައްޒިފުން އެހެން ކުންފުނިތަކުގައި މަސައްކަތް އެބަކުރޭ، އެ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒިފުން ކާރީގައި މި ބުނަނީ، މިސާލަކަށް ވެމްކޯއިން ބުނަނީ އެ މީހުންގެ ރަމްޟާން މަހުގެ އިނާޔަތް ދޭނީ މި ކުންފުނިންނެއް ނޫނޭ، އަނެއް ކުންފުނިންނޭ. އެ ކުންފުނިން މި ބުނަނީ، ދޭން ޖެހޭނީ ވެމްކޯއިންނޭ" ހަސީން ވިދާޅުވިއެވެ.

ދެ ކުންފުނިން ކުރެ އެއްވެސް ކުންފުންޏަކުން އެ މީހުންނަށް ރަމްޟާން މަހުގެ އިނާޔަތެއް ނުދޭ ކަމަށް ހަސީން ވިދާޅުވިއެވެ. ހަސީން ވިދާޅުވީ ދެ ކުންފުނީގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ރަމްޟާން މަހުގެ އިނާޔަތްދޭއިރު، ދޭނީ ކޮން ކުންފުންޏަކުންތޯ ބަލާކަށް ނުޖެހޭ ކަމަށާއި، އެ ބައެއްގެ މުވައްޒިފަކަށް ދޭން ޖެހޭ އިނާޔަތް ދިނުމަކީ އެ ކުންފުންޏެއްގެ ޒިންމާއެއް ކަމަށެވެ.

ގާނޫނީ އިމުން ބޭރުން ވަޒީފާދީފައިވާ ފަރާތުން މަސައްކަތް ތެރިންނާއި ދޭތެރޭ އަމަލުކުރާނަމަ، އެ ފަރާތްތަކުގެ ހައްގުތައް ހޯދައިދިނުމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ގާނޫނީ އިމުގެ ތެރެއިން ލޭބާރ ޕާޓީން ކުރާނެ ކަމަށް ހަސީން ވިދާޅުވިއެވެ.

ލޭބާރ ޕާޓީއަކީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާ ސިޔާސީ ޕާޓީއެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
14 މާރިޗު 2017

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި
02 މާރިޗު 2017

ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި

02 މާރިޗު 2017
ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
05 ފެބުރުއަރީ 2017

އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

05 ފެބުރުއަރީ 2017
އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް