Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ

މަޖިލީހުގެ ރައީސް ކަމަށް، މެމްބަރުން ބޭނުންވާ މީހަކަށް ވޯޓު ދެވޭނެ: ޕީއެންސީ ޕީޖީ ލީޑަރު

9 މެއި 2019 | ބުރާސްފަތި 04:07

މަޖިލީހުގައި ޕީއެންސީގެ މަސައްކަތް ތަފާތުވާނެ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 9 މެއި 2019 | ބުރާސްފަތި 04:07
ޕާލެމެންޓްރީ ގްރޫޕް ލީޑަރު އާދަމް ޝަރީފް

ޕާލެމެންޓްރީ ގްރޫޕް ލީޑަރު އާދަމް ޝަރީފް

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމަށް ވޯޓު ދޭނީ ކޮން ބޭފުޅަކަށްތޯ ޕީއެންސީން ނުނިންމާ ކަމަށާއި، ކޮންމެ މެމްބަރަކަށް އެ މެމްބަރަކު ބޭނުންވާ މީހަކަށް ވޯޓު ދިނުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށް ޕީއެންސީގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމަށް އަންނަ ބޭފުޅަކީ ދިވެހިރާއްޖެ ރަނގަޅަށް އެނގިވަޑައިގަންނަވަން ޖެހޭ ބޭފުޅަކަށް ވާން ޖެހޭ ކަމަށާއި، އެ މީހަކީ ރައްޔިތުންގެ ފިކުރާ އެއްގޮތަށް މަޖިލީހުގައި މަސައްކަތް ކުރައްވަން ޖެހޭ ބޭފުޅަކަށް ވާން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ގާނޫނު އަސާސީ އާއި އިމްތިޔާޒުތަކާ އެއްގޮތަށް މަޖިލީސް ހިންގާ މީހަކަށް އެ މީހަކު ވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ކަމަށް އޭނާ ތާއިދު ކުރައްވަނީ ކޮން ބޭފުޅަކަށްތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ރައީސް ކަމަށް ގާބިލް ބޭފުޅުން އެބަތިއްބެވި ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުން ކަމެއް ވިދާޅެއް ނުވެއެވެ.

ނަވާރަ ވަނަ މަޖީލީހުގެ މަޑުއްވަރީ ދާއިރާ އަށް އިންތިހާބު ވެވަޑައިގަތް ކުރީގެ ޑިފެންސް މިނިސްޓަރު ޝަރީފް ވިދާޅުވީ، ޕީއެންސީގެ މަސައްކަތް މަޖިލީހުގައި ފެނިގެންދާނީ ތަފާތު ގޮތަކަށް ކަމަށެވެ. އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ތިބި ކަމަށް ވިޔަސް އެ ޕާޓީގެ ފަރާތުން ނާތަހުޒީބު އަމަލުތަކެއް ނުފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް މަޖިލީހުގައި ޕީއެންސީ ތަމްސީލްކުރައްވާނީ ތިން މެންބަރުންނެވެ. ޕީއެންސީ ކޯލީޝަންގައި ހިމެނޭ ޕީޕީއެމްގެ ފަސް މެންބަރުންނާ އެކު ކޮންގްރެސް ކޯލީޝަންގައި ތިއްބަވާނީ އަށް މެންބަރުންނެވެ.

''އަޅުގަނޑުމެން ބޮޑަށް މަސައްކަތް ކުރާނީ، މަޖިލީހުގެ ތަޅުމުގެ ތެރޭގައި ވެސް އަދި އެކި ކޮމިޓީތަކުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރާނީ. މުޅި ގައުމުގެ މަސްލަހަތާއި އަދި ކަންކަމުގައި އަޅުގަނޑުމެންނަށް ފެންނަ ގޮތް ހާމަކޮށްދިނުމަށް،'' ކުރީގެ ޑިފެންސް މިނިސްޓަރު ކަން ކުރައްވާފައިވާ ޝަރީފް ވިދާޅުވިއެވެ.

ނިމިގެން ދިޔަ އާއްމު އިންތިހާބުގައި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބުނު ހިސާބުން މަޖިލީހުގެ ރައީސް ކަމަށް އަންނާނީ ކޮން ބޭފުޅަކާ މެދު ކުރެވޭ މަޝްވަރާތައް ވަނީ ފެށިފައެވެ. އަދި ރައީސް ކަމާއި ނައިބު ރައީސް ކަމަށް ގިނަ މެމްބަރުންތަކެއް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެމްޑީޕީން މަޖިލީހުގެ ރައީސް ކަމަށް ގެންނަ ބޭފުޅަކުގެ ވޯޓު ނަގާނެ ގޮތަކާ މެދު އެ ޕާޓީގެ ބެއެއް މެމްބަރުންގެ ތެރޭވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. އެ ދެ މަގާމަށް ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް