Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖިންސީ ފުރައްސާރަ

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކުން އިސް ފަނޑިޔާރު ސަލާމަތްވުމުން އިންޑިއާގައި މުޒާހަރާ

8 މެއި 2019 | ބުދަ 08:34

ފަނޑިޔާރުގެ ކުށެއް ނެތްކަމަށް ނިންމުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކުވެސް ވަނީ ފާޑުވިދާޅުވެފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 8 މެއި 2019 | ބުދަ 08:34
މުޒާހަރާކުރާ ފަރާތްތަކުން ބޭނުންވަނީ އާ ތަހުގީގެއް

މުޒާހަރާކުރާ ފަރާތްތަކުން ބޭނުންވަނީ އާ ތަހުގީގެއް

އިންޑިއާގެ އެންމެ އިސް ފަނޑިޔާރު, ރަންޖަން ގޯގޮއިގެ މައްޗަށް އެ ކޯޓުގެ ކުރީގެ މުވައްޒަފަކު ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކުން އެމަނިކުފާނު ސަލާމަތްވެ ވަޑައިގަތުމުން އެކަމާ ދެކޮޅަށް އެގައުމުގެ ސުޕްރީމް ކޯޓުގެ ދޮރުމަތީގައި މުޒާހަރާކުރި މީހުންގެ ތެރެއިން 50 އަންހެނަކު އެ ގައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.

ވެރިރަށް ދިއްލީގައި ހުންނަ ކޯޓުގެ ބޭރަށް ޖަމާވި އެކްޓިވިސްޓުން ޑިމާންޑް ކުރަމުން ދިޔައީ ތުހުމަތު ތަކާމެދު އިންސާފުވެރި ތަހުގީގެއް ހިންގުމަށެވެ.

އިސް ފަނޑިޔާރު، އުމުރުފުޅުން 64 އަހަރު ފުޅުގެ ރަނަޖްން ގޯގޮއި ވަނީ 35 އަހަރުގެ އަންހެން މީހާ ކުރާ ތުހުމަތަކީ ގަބޫލު ކުރައްވަން ދަތި އަދި އެ ކަމަކީ އެ މަނިކުފާނު މުހިއްމު އަޑުއެހުންތައް ހުއްޓުވުމަށް ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އަދި އެއީ އެގައުމުގެ ޝަރުއީ ނިޒާމު ހަމަނުޖެހުމަކަށް ގެންދަން ދައްކާފައިވާ ވާހައެއްކަމަށެވެ.

ޕެނަލްގެ ނިންމުން އައިސްފައިވަނީ އެ ޕެނަލްގެ ނިންމުން އިންސާފުވެރިވެދާނެކަމާމެދު ސުވާލު އުފައްދައި، މައްސަލަ ހުށަހެޅިފަރާތުން އެ މައްސަލަ އަނބުރާ ނެގިފަހުންނެވެ.

މުޒާހަރާކުރާ ފަރާތްތަކުން ބޭނުންވަނީ އާ ތަހުގީގެއް ހިންގައި މައްސަލައިގައި ފަނޑިޔާރުގެ މައްޗަށް ކުރެވޭ ތަހުގީގުގެ ރިޕޯޓް އާއްމުކުރުމަށެވެ.

" އަހަރެމެން ފަސް މިނެޓަށް ވެސް މުޒާހަރާ ކޮށްލަން ފުރުސަތު ނުދިން" ޤާނޫނީ ވަކީލެއް ކަމަށްވާ އަމްރިތަނަންދާ ޗަކްރަވޮރްތީ ޓްވިޓަރގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ 22 ފަނޑިޔާރުންނަށް އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަނޑިޔާރުވަނީ ފަނޑިޔާރުގެ ރަސްމީ ގެކޮޅުގެ އޮފީހުގައި އަންހެން މީހާގެ ފަރާތުން ޖިންސީ އުފާ ހޯދުމަށް ދެ ފަހަރެއްގެ މަތިން އުޅެފައެވެ.

ހުށަހެޅި މައްސަލައާއެކު ސުޕްރީމް ކޯޓުންވަނީ އެ މައްސަލަ ބެލުމަށް އެ ކޯޓުގެ ދެ އަންހެން ފަނޑިޔާރަކު ހިމެނިވަޑައިގަންނަވާގޮތަށް ތިން ފަޑިޔާރުންގެ ބެންޗެއް އެކުލަވާލާފައެވެ

މައްސަލަ ތަހުގީގުކުރި ޕެނަލުން ހޯމަ ދުވަހު ނިންމާފައިވަނީ އެ ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. މައްސަލައިގެ ތަހުގީގު ރިޕޯޓް އާއްމު ނުކުރުމަށް ޕެނަލުން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
07 ފެބުރުއަރީ 2017

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
29 ޖެނުއަރީ 2017

ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި

29 ޖެނުއަރީ 2017
ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް