Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަސް އެކްސިޑެންޓް

ބަސް ޑްރައިވަރުގެ ބަންދަށް 3 ދުވަސް ޖަހައިފި

7 މެއި 2019 | އަންގާރަ 09:53

ފުލުހުން ބުނީ އެކްސިޑެންޓް ހިނގުމަށް މެދުވެރިވީ ބަސް ޑްރައިވަރަށް ނިދިގެން ކަމަށް ބެލެވޭކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 7 މެއި 2019 | އަންގާރަ 09:53
ބަސް އެކްސިޑެންޓްގައި މަރުވި މީހާގެ ގައިގައި ޖެހުނީ ހިނގާފައި ދަނިކޮށް

ބަސް އެކްސިޑެންޓްގައި މަރުވި މީހާގެ ގައިގައި ޖެހުނީ ހިނގާފައި ދަނިކޮށް

އެމްޓީސީސީގެ ބަހެއް އެކްސިޑެންޓްވެ ޔޫކްރެއިންގެ 31 އަހަރުގެ އަންހެނެއް މަރުވި މައްސަލާގައި ހައްޔަރުކުރި ބަސް ޑްރައިވަރުގެ ބަންދަށް 3 ދުވަސް ޖަހައިފި އެވެ.

ޔޫކްރެއިންގެ އަންހެން މީހާ މަރުވެފައިވަނީ އޭނާ ހިނގާފައިދަނިކޮށް އޭނާގެ ގައިގައި ބަސް ޖެހި ބަހުގެ ދަށުވެގެންނެވެ. ފުލުހުން ބުނީ އެކްސިޑެންޓް ހިނގުމަށް މެދުވެރިވީ ބަސް ޑްރައިވަރަށް ނިދިގެން ކަމަށް ބެލެވޭ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ ބަސް ޑްރައިވަރުގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާާޒިރުކުރުމުން، އޭނާގެ ބަންދަށް 3 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުޤީޤް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބަސް ދުއްވި މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ދިވެހި ފިރިހެނެކެވެ.

އެމްޓީސީސީގެ ބަސްތައް ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވާކަމުގެ ޝަކުވާތައް ދަނީ ދުވަހެއް ދުވަހަށް ބޮޑުވަމުންނެވެ. އަދި ބްރިޖުގައި ބަސް ދުއްވާ އިރު ބާރު ސްޕީޑުގައި ނުރައްކާތެރި ގޮތްގޮތަށް ބަސް ދުއްވާ މައްސަލާގައި ސޯޝަލް މީޑިއާގައި ޑްރައިވަރުންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ. މީގެ ދުވަސްކޮޅެއް ކުރިން ބަހަށް އެރި މީހަކު ރަނގަޅަށް ހަމަޖެހި ނުލަނީސް ބަސް ދުއްވާލުމުގެ ސަބަބުން އޭނާ ވެއްޓި އަނިޔާވި މައްސަލައެއް ވެސް ފެންމަތިވެފައި ވެއެވެ. އެ ފާޑުކިޔުންތަކާ ގުޅިގެން މިދިޔަ ހަފުތާގެ ތެރޭގައި ވެސް އެމްޓީސީސީން ބުނެފައި ވަނީ ގަވާއިދާ ހިލާފުވާ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް