Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
ރޯދަ 1440

ރަމަޟާންމަހު ހަށިގަނޑަށް ފެން ލިއްބައިދޭ ތަކެތި އިޚްތިޔާރުކުރުމުގެ މުހިންމުކަން

މި ކާބޯ ތަކެއްޗަކީ މި ހިނގާ ރަމަޟާންމަހު، ބަނޑުހައި ހޫނުކަން ފިލުވާލައި، ގައިގަ ވަރުޖައްސުވައިދޭ އަދި ސިއްހަތަށް އެހާމެ ފައިދާ ވާނެ ތަކެތި

ޒުނާނާ ޒާލިފް
ޒުނާނާ ޒާލިފް, ރާއްޖެ އެމްވީ | 7 މެއި 2019 | އަންގާރަ 08:52
ކަދުރު

ކަދުރު

ރަމަޟާން މަސް ފަށާފައިވާއިރު ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަކީ ވަރައް މުހިއްމު ކަމެކެވެ. އެގޮތުން، ފެން ގިނަ، ހަށިގަނޑަށް ހަކަތަ ލިބޭ ކާނާ ރޯދަ ވީއްލާ ގަޑީގައި ބޭނުން ކުރުމަކީ އިސްކަން ދޭންޖެހޭ ކަމެކެވެ. މި ހިނގާ ރަމަޟާން މަހު ހަށިގަނޑުން ފެން މަދުވިޔަ ނުދީ، ދުވާލެއްގެ މައްޗައް ހަށިގަނޑަށް ލިބެން ޖެހޭ މިންވަރަށް ފެން ލިއްބައިދޭ ކާބޯ ތަކެތި އިހްތިޔާރު ކުރުމަކީ ކޮންމެހެން ވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމެކެވެ.

އެގޮތުން ހަށިގަންޑައް ފެން ލިއްބައިދޭ ކާބޯ ތަކެތީގެ ތެރޭގައި ހިމެނެނީ:

ފެން

ފެން ޖަގަކުން ތައްޓަކަށް ފެން އަޅަނީ. ފޮޓޯ: ގޫގުލް

މިއީ ހަމަ އެންމެނަށް ވެސް އިނގޭނެ ކަމަކަށް ވާއިރު، ރަމަޟާން މަހު ރޯދަ ވީއްލުމަށް ފަހު، ކެއުމަށް ވުރެ ބޮޑަށް ފެން ބުއިމަށް އިސްކަން ދޭން އެބަ ޖެހެއެވެ. މީގެ އިތުރުން ލޮނު ގަދަ ކާނާ އާއި ދުރުހެލި ވުމަކީ ވެސް ހަނދާނުގަ ބަހައްޓަން ޖެހޭ، މުހިއްމު ކަމެކެވެ. ލޮނު ގަދަ ކާނާ އަކީ މީހާ ކަރު ހިއްކުވާ އެއްޗެކެވެ.

ކިރު، ކަދުރު އަދި ޔޯގަޓު

ކިރު ތައްޓެއް. ފޮޓޯ: ގޫގުލް

ހަށިގަނޑަށް ފެން ލިއްބައިދޭ އެހެން ކާބޯ ތަކެތީގެތެރޭ ހިމެނޭ ކިރު އަދި ޔޯގަޓަކީ ކެލްސިއަމްއިން ފުރިފައިވާ، ހަށިގަނޑަށް ހަކަތަ ލިއްބައިދޭ ތަކެއްޗެވެ. ރޯދަ އަށް ހުރެ ބަންގި ގޮވުމާއި އެކު އެންމެ ފުރަތަމަ ވެސް ކިރުތައްޓެއް ބޯލުމުން މީހާގެ ހަޖަމްކުރުމުގެ ނިޒާމަށް ބޮޑު ލުޔެއް ގެނެސްދެއެވެ. އެގޮތުން ވައިގެ މައްސަލަ ދިމާވާ މީހުންނަށް ކިރު، ކަދުރު އަދި ޔޯގަޓަށް ވުރެއް ރަނގަޅު އެއްޗެއް ނެތެވެ.

ލުއި ފޮނިކާތަކެތި

ޕުޑިންގް ތައްޓެއް. ފޮޓޯ: ގޫގުލް

ފޮނި ކާއެއްޗެއްސަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދޭ އެއްޗަކަށް ވާއިރު، ރަމަޟާން މަހު ކުޅި ކާއެއްޗެއްސާއި އެކު ކޮންމެ ވެސް ލުއި ފޮނި ކާއެއްޗެއް ތައްޔާރު ކޮއްލުމަކީ ރަނގަޅު ކަމެކެވެ. ފަސޭހައިން ތައްޔާރު ކޮށްލެވޭ، ހަކުރު މަދު އަދި ހަކަތަ ލިއްބައިދޭ ފޮނި އެއްޗެއްސަށް ބަލާ އިރު، ސެމޮލީނާ ނުވަތަ ރަވާ ޕުޑިންގް އަކީ ތައްޔާރު ކޮއްލަން ފަސޭހަ އަދި ކާލުމުން ބަނޑު ފުރުމުގެ އިތުރުން ހަކަތަ އުފައްދާ އެއްޗެކެވެ. ލުއި ފޮނިކާއެއްޗެއް ކައިލުމުން މީހާގެ ބުންވަރު އިތުރުވެ، ގައިގެ ވަރުޖައްސައިދެއެވެ.

މޭވާ އަދި ތަރުކާރީ

ސްޓޮރޯބެރީ. ފޮޓޯ: ގޫގުލް

ރޯދަ ވީއްލާ ވަގުތު މޭވާ އަދި ތަރުކާރީ އެކުލެވޭ ކާ އެއްޗެއް ތައްޔާރު ކޮށްލުމަކީ ވެސް ހަށިގަނޑަށް ބޭނުންވާ ފެން ލިއްބައިދޭ ކަމެކެވެ. މޭވާ އަދި ތަރުކާރީ އަކީ ގުދުރަތީ ގޮތުން ހަށިގަނޑަށް ހަކަތަ، ފެން އަދި ފައިބަރ ލިއްބައިދޭ ތަކެއްޗެވެ. މީގެ ތެރެއިން އެންމެ ފެން ގިނަ މޭވާ އަދި ތަރުކާރީތަކުގެ ތެރޭގައި، ކަރާ، ސްޓްރޯބެރީ، އެންޓަލޫޕް، ޕީޗް، ޓޮމާޓޯ، އައިސްބާގް ލެޓިއުސް، ފެހި ބެލް ޕެޕަރ، ސްޕިނެޗް ފައިތް، ސެލެރީ، ކިއުކަމްބާ، ކޯލިފްލާ އަދި ބްރޮކޮލީ ހިމެނެއެވެ. މިތަކެތި ބޭނުން ކޮށްގެން ރޯދަ މަހު ފަނި ވެސް ގިރާލެވޭނެއެވެ. ފަނި ގިރާއިރު ހަކުރު މަދު ކުރުމަށް ހަނދާނުގައި ބަހައްޓަން އެބަ ޖެހެއެވެ، އެއީ، ސްޓްރޯބެރީ ފަދަ މޭވާ އަކީ ގުދުރަތީ ފޮންޔެއް ހުންނަ އެއްޗަކަށް ވާތީއެވެ. ލެޓިއުސް އަދި ޓޮމާޓޯއިން ސެލެޑް ފަދަ ތަކެތި ތައްޔާރު ކޮއްލެވޭއިރު، ސްޕިނެޗް ފަތަކީ މޭވާ ފަންޔަށް ވެސް އަޅާލެވޭނެ، ސިއްހަތަށް ރަނގަޅު ފަތެކެވެ.

ޕްރޮޓީން

ޕްރޮޓީން ލިއްބައިދޭ ކާނާ. ފޮޓޯ: ގޫގުލް

ރޯދަމަހު ބަނޑުހައިހޫނުކަން އިހުސާސްވުން ދުރުކުރުމަށް ހަށިގަނޑަށް ޕްރޮޓީންސް ލިއްބައިދޭން ޖެހެއެވެ. ގިނަ ޕްރޮޓީންސް އެކުލެވޭ ކާއެއްޗެހި ތަކުގެ ތެރޭގައި ހިމެނެނީ ޗީޒް، ބިސް އަދި ފާވާ ބީންސް ފަދަ ތަކެއްޗެވެ. އަދި މަހުގެ ބާވަތްތަކުގެ ތެރެއިން ބީފް އަދި ކުކުޅު ހިމެނެއެވެ. މިއެއްޗެހި ބޭނުންކުރާއިރު ލޯ-ފެޓް އެއްޗެހި ބޭނުންކުރުން މުހިންމެވެ.

ކާބޯހައިޑްރޭޓްސް

ކާބޯހައިޑްރޭޓް ލިއްބައިދޭ ކާނާ. ފޮޓޯ: ގޫގުލް

ހަށިގަންޑަށް ބޭނުންވާ ހަކަތަ އަދި ބުންވަރު ލިއްބައި ދިނުމުގައި ކާބޯހައިޑްރޭޓްސް ވަރަށް މުހިންމު ބައެއް އަދާކުރެއެވެ. ގުދުރަތީ ގޮތުން ކާބޯހައިޑްރޭޓްސް އިން ފުރިފައިވާ ކާ ތަކެއްޗަށް ބަލާލާއިރުގަ އޯޓްމީލް، ރަތް ހަނޑޫ، އަލުވި، ވީޓް ނުވަތަ ބްރައުން ޕާން އަދި ކައްޓަލަ ހިމެނެއެވެ.

މި ކާބޯ ތަކެއްޗަކީ މި ހިނގާ ރަމަޟާން މަހު، ބަންޑުހައި ހޫނުކަން ފިލުވާލައި، ގައިގަ ވަރުޖައްސުވައިދޭ އަދި ސިއްހަތަށް އެހާމެ ފައިދާ ވާނެ ތަކެއްޗެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ ދުވަހަށް ތާޒާކަންމަތީ ފްރިޖްގައި ތަކެތި ރައްކައުކޮށްފައި ބެހެއްޓޭނެ ގޮތެއް

ގިނަ ދުވަހަށް ތާޒާކަންމަތީ ފްރިޖްގައި ތަކެތި ރައްކައުކޮށްފައި ބެހެއްޓޭނެ ގޮތެއް

08 މެއި 2020

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު