އެމްއެންޑީއެފްގެ ތަމްރީނުތަކެއް މާލޭގައި!
3 މެއި 2019 | ހުކުރު 11:23ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރާނެ

އަމްނާ އިމާދު | 3 މެއި 2019 | ހުކުރު 11:23

ތަމްރީންތައް ހަވީރު 5:00 އާ ހަމައަށްކުރިއަށް ގެންދާނެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ބާއްވާ ތަމްރީނުތަކެއް މާލެ ސިޓީގައި ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ހުކުރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 އަށް މާލެ އަދި ހުޅުމާލެ ސަރަޙައްދުގައި ތަމްރީނުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މިތަމްރީނުތަކުގައި ސިފައިން ހަތިޔާރާއި އެކު ޙަރަކާތްތެރިވާނެ ކަމަށާއި، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ދޭތެރެ ދޭތެރެއިން މާލޭގައި ހަތިޔާރާއެކު ތަފާތު އެކި އޮޕަރޭޝަންތައް ކުރިއަށް ގެންދެއެވެ.







