Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތޯމަސް މުލާ

އޭސީ މިލާނުން މުލާއަށް ޝައުގުވެރިވޭ

މުލާ ހޯދަން އިންޓަ މިލާނުން ވެސް އަންނަނީ މަސައްކަތް ކުރަމުން

ލީވާން އަލީ
ލީވާން އަލީ | 2 މެއި 2019 | ބުރާސްފަތި 11:43
ތޯމަސް މުލާ

ތޯމަސް މުލާ

އޭސީ މިލާނުން ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަންގެ ވިންގާ ތޯމަސް މުލާއަށް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކުޅިވަރު ޚަބަރުތައް ގެނެސްދޭ ކިކާއިން ބުނީ، މުލާ ހޯދުމަށް އޭސީ މިލާނުން ބޭނުންވާ ކަމަށާއި، އެޓީމުން އޭނާ ބޭނުންވަނީ ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ކަމަށެވެ.

އުމުރުން 29 އަހަރުގެ މުލާ ބަޔާންއާ އެކު ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާއިރު، އޭނާ ހޯދުމަށް އޭސީ މިލާންގެ އިތުރުން އިންޓަ މިލާނުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭސީ މިލާން އަދި އިންޓައިން މުލާ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެއްބަސްވުން ހަމަވުމުގެ ކުރިން މުލާ ދޫކޮށްލަން ބަޔާންއިން ބޭނުމެއް ނެވެއެވެ. އެގޮތުން ބެލެވޭ ގޮތުގައި އޭނާ އެއްބަސްވުން ހަމަވަންދެން ކްލަބުގައި މަޑުކުރާނެއެވެ.

ބަޔާން އިން 2008 ވަނަ އަހަރު ސީނިއާ ކެރިޔަރު ފެށި މުލާ ޔޫތު ކެރިޔަރުވެސް ހޭދަކޮށްފައިވަނީ އެ ކްލަބުގެ ޔޫތު ޓީމުގައެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 481 މެޗުގައި 185 ލަނޑު ކާމިޔާބުކޮށްފައެވެ.

މުލާ ވަނީ ބަޔާންއާ އެކު ހަތް ލީގު ތަށި، ހަތަރު ޖަރުމަން ކަޕް، ހަތަރު ޖަރުމަން ސުޕަ ކަޕް، އެއް ޔުއެފާ ޗެމްޕިއަންސް ލީގު، އެއް ޔުއެފާ ސުޕަ ކަޕް އަދި އެއް ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ޖަރުމަން ގައުމީ ޓީމާއެކު 2010 ވަނަ އަހަރު ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޯދި މުލާ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 100 މެޗުގައި 38 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދުމުގެ އިތުރުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް އެފަހަރުގެ މުބާރާތުގައި ހޯދާފައެވެ.

ގިނަ އިންޑިވިޖުއަލް އެވޯޑްތަކެއް ހޯދާފައިވާ މުލާ ވަނީ 2010 ވަނަ އަހަރު ބްރާވޯ އެވޯޑްގެ އިތުރުން ވޯލްޑް ސޮކާ ޔަންގް ޕްލޭޔާ އޮފް ދަ އިޔާވެސް ހޯދާފައެވެ.

އިތުރަށް ކިޔާލަން

04 ޖޫން 2017

މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް

04 ޖޫން 2017
މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް
30 މެއި 2017

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި
29 މެއި 2017

ޔުނައިޓެޑުން ޕެރެސިޗް ހޯދަން ޝައުގުވެރިވޭ: އިންޓަ މިލާން

29 މެއި 2017
ޔުނައިޓެޑުން ޕެރެސިޗް ހޯދަން ޝައުގުވެރިވޭ: އިންޓަ މިލާން
02 މެއި 2017

އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް

02 މެއި 2017
އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް
25 އެޕްރީލު 2017

ބޮޑު އަގަކާއެކު ސިމިއޯނީ ހޯދުމަށް އިންޓަރމިލާނުން ތައްޔާރުވެއްޖެ

25 އެޕްރީލު 2017
ބޮޑު އަގަކާއެކު ސިމިއޯނީ ހޯދުމަށް އިންޓަރމިލާނުން ތައްޔާރުވެއްޖެ
11 މާރިޗު 2017

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު