Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަރުއީ ދާއިރާ

މަގުޗާޓުގައި އަމަލީ ކުލަ ޖެއްސޭނީ ގުޅިގެން ކުރާ ތެދުވެރި މަސައްކަތުން: އުއްތަމަފަނޑިޔާރު

2 މެއި 2019 | ބުރާސްފަތި 03:25

މަގުޗާޓުން ދައުލަތަށް ހައިބަތާއި ކަރާމަތާއި ގަރަދު ލިބޭނެ ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 2 މެއި 2019 | ބުރާސްފަތި 03:25
އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ

އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން އެކުލަވާލި ފަސް އަހަރު ދުވަހުގެ މަގު ޗާޓުގައި އަމަލީ ކުލަ ޖެއްސޭނީ ގުޅިގެން ކުރާ އިހްލާސްތެރި, ތެދުވެރި މަސައްކަތުން ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އުއްތަމަފަނޑިޔާރު އެހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ އިސް ނެގުމަށް، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކާ އެކުލަވާލި މަގުޗާޓު އިފްތިތާހު ކުރުމަށް އިސްލާމީ މަރުކަޒުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހުގެ ކެބިނެޓުގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެ ހަފްލާގައި އުއްތަމަފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަގުޗާޓު ތަންފީޒު ކުރެވިއްޖެނަމަ، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރެވޭނެ ކަމަށާއި ފަނޑިޔާރު ގޭގެ އިލްމީ އަދި ފަންނީ ކެރިފޯރުންތެރިކަމާއި ގާބިލުކަން އިތުރު ކުރެވޭނެ ކަަމަށެވެ. މީގެ އިތުރުން އަދުލު އިންސާފަށް ފަސޭހައިން ވާސިލުވުން ކަށަވަރު ކުރެވޭނެ ކަމަށާއި ފަނޑިޔާރު ގެއަކީ ދައުލަތުގެ ހައިބަތާއި ކަރާމަތާއި ގަރަދާއި މިނިވަންކަމާއި މުސްތަގިއްލުކަމާއި އިގްތިސާދީ އަދި އިޖުތިމާއީ އަދާލު ގާއިމު ކުރެވޭނެ ތަނަކަށްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"ނަމަވެސް އެކަން ކުރެވޭނީ އަޅުގަނޑުމެންގެ އިހްލާސްތެރި މަސައްކަތުން ކަރުދާހުގައި ލިޔެވިފައިވާ އެއްޗެހީގައި އަމަލީ ކުލަ ޖެއްސޭނީ އަޅުގަނޑުމެން ގުޅިގެން ކުރާ ތެދުވެރި މަސައްކަތުން. އެ މަސައްކަތަށް ދައުލަތުގެ އެންމެހާ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެކުލަވާލި މަގުޗާޓަކީ ޔޫއެންޑީޕީގެ މަޝްވަރާ އާއި ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާތަކަށް ބަލައިގެން އެކުލަވައިލި މަގުޗާޓެއް ކަމަށެވެ. އެ މަގުޗާޓުގައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ޖޭއެސްސީ އަލުން އެކުލަވާލުމާއި ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާއި ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމާއި ފަސޭހައިން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމު ކުރުން ހިމެނެއެވެ.

އެ މަގުޗާޓު އިފްތިތާހު ކުރި ރަސްމިއްޔާތު ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މަގު ޗާޓަށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި ދިވެހި އުންމަތުގެ ހައްގުގައި ކަމާ ގުޅޭ އެންމެހައި ފަރާތްތަކުން އެ މަގުޗާޓު ތަންފީޒު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސްކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އިލްތިމާސް ކުރަނީ ކަމާ ގުޅޭ ހުރިހާ ފަރާތްތަކުން ވެސް މިކަމުގައި އަޅުގަނޑުމެންނާ އެކު، ގައުމުގެ ހައްގުގައި ރައްޔިތުންގެ ހައްގުގައި އަދި ދިވެހި އުންމަތުގެ ހައްގުގައި މަސައްކަތް ކުރެއްވުން،" އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް