Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަރުއީ ދައިރާ

ޖުޑީޝަރީއަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ޝަރުއީ ދާއިރާގެ މަގުޗާޓު އާންމުކޮށްފި

ޖޭއެސްސީ އަލުން އެކުލަވާލުމަށް މަގުޗާޓުގައި ހިމަނާފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 1 މެއި 2019 | ބުދަ 17:40
ޝަރުއީ ދާއިރާގެ މަގުޗާޓު އެކުލަވާލުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ޝަރުއީ ދާއިރާގެ މަގުޗާޓު އެކުލަވާލުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ޖުޑީޝަރީއަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ޝަރުއީ ދާއިރާގެ މަގުޗާޓު، ސުޕްރީމް ކޯޓުން އެކުލަވާލައިފި އެވެ.

ޝަރުއީ ދާއިރާ އިސްލާހްކުރުމަށް އެކުލަވާލި މަގުޗާޓް އިފްތިތާހްކޮށްދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ސުޕްރީމް ކޯޓުން އެކުލަވާލި އެ މަގުޗާޓުގައިވާގޮތުން ގިނަ ކަންތައްތަކެއް ކުރުމަށް ހިމަނާފައިވެއެވެ. އެގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން އިސްލާހްކުރުމުގެ ގޮތުން ޖޭއެސްސީ އަލުން އެކުލަވާލުމަށް ވަނީ ހިމަނާފަ އެވެ. އަދި ޖޭއެސްސީ އަލުން އެކުލަވާލުމަށްޓަކައި، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް މަގުޗާޓުގައި ހިމަނާފައިވާއިރު، ޖޭއެސްސީ އަލުން އެކުލަވާލުމަކީ ޖުޑީޝަރީގެ މިނިވަންކޮށް، އިސްލާހްކުރުމަށް އެންމެ މުހިންމު ކަންތައްކަމަށް މަގުޗާޓުގައި ބުނެފައިވެއެވެ.

އޭގެއިތުރުން ޖުޑީޝަރީއަށް ބޭނުންވާ ގިނަ ޤާނޫނުތަކެއް ނެތްކަން ފާހަގަކޮށް، މަގުޗާޓުގައި ވަނީ ޤާނޫނުތައް އެކުލަވާލައި، އިސްލާހްކުރުމަށް ހިމަނާފަ އެވެ. އެގޮތުން ޖުޑީޝަރީއަށް ބޭނުންވާ މަދަނީ އަދި އިދާރީ ޤާނޫނުތައް ހެދުމަށް ހިމަނާފައިވާއިރު، އިސްލާހްކުރަންޖެހޭ ގިނަ ޤާނޫނުތަކެއް އިސްލާހްކުރުމަށް ހިމަނާފައިވެއެވެ. އަދި އެއީ އަދުލު އިންސާފު ކަށަވަރުކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމުކަމެއްގެ ގޮތުގައި މަގުުޗާޓުގައި ބުނެފައިވެއެވެ.

ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް އިސްލާހްކުރުމުގެ މަގުޗާޓުގައި ހިމެނޭ ކަންކަން:

  • ޖުޑީޝަލް ސާރވިސް ކޮމިޝަން އިސްލާހްކުރުން
  • ޤާނޫނު އިސްލާހްކުރުން
  • ފަނޑިޔާރުން އައްޔަންކުރުމާއި، ވަކިކުރުމުގެ ނިޒާމް ހަރުދަނާކުރުން
  • ފަނޑިޔާރު ގެޔަކީ ކޮރަޕްޝަނާއި ފަސާދައާއި، ނުފޫޒުން އެއްކިބާވެފައިވާ ތަނެއްކަން ކަށަވަރުކުރުން
  • ފަނޑިޔާރުގޭގެ މިނިވަންކަން ނުގެއްލޭގޮތަށް، ފަނޑިޔާރުން ޖަވާބުދާރީކުރުމުގެ ނިޒާމް ހަރުދަނާކުރުން
  • ރައްޔިތުންގެ ޝަކުވާތައް ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް ޤާއިމްކުރުން
  • ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު ހަރުދަނާކޮށް ތަންފީޒްކުރުން
  • ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމުގެ ނިޒާމެއް ޤާއިމްކުރުން
  • އެކްސަސް ޓު ޖަސްޓިސް ކަށަވަރުކުމާއި، ހުކުމް ތަންފީޒްކުރުމުގެ ނިޒާމް ހަރުދަނާކުރުން
  • ޖުޑީޝަލް ކޭސް މެނޭޖްމެންޓްގެ ނިޒާމް ޒަމާނީކުރުން
  • ހުރިހާ ސިޓީތަކެއްގައި ސުޕީރިއަރ ކޯޓުތަކެއް ޤާއިމްކުރުން
  • ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޒަމާނީކޮށް ހަރުދަނާކުރުން
  • އީ ފައިލިންގ ނިޒާމް ޤާއިމްކުރުމާއި ޓެކްނޮލަޖީ ބޭނުންކުރެވޭ މިންވަރު އިތުރުކުރުން
  • ފަނޑިޔާރު ގޭގެ މާލީ މިނިވަންކަމާއި ވަސީލަތްތައް ކަށަވަރުކުރުން
  • ކޮންޓިނިއުޑް ޖުޑީޝަލް އެންޑް ލީގަލް އެޑިއުކޭޝަނާއި، ތަމްރީންގެ ނިޒާމް ހަރުދަނާކުރުން
  • ފަނޑިޔާރުން ތާޖާކުރުމަށްޓަކައި އަހަރަކު 20 ގަޑިއިރުގެ އިން-ސާރވިސް ތަމްރީން ލާޒިމްކުރުން
  • ޝަރުއީ އަދި ޤާނޫނީ ތައުލީމްގެ ނިޒާމް ހަރުދަނާކުރުން
  • ލީގަލް ޕްރޮފެޝަން ހަރުދަނާކުރުން
  • ލީގަލް އެއިޑްގެ ހަރުދަނާ ސްކީމެއް ޤާއިމްކުރުމާއި، ޕަބްލިކް ޑިފެންޑާރޒް އޮފީހެއް ޤާއިމްކުރުން

ޝަރުއީ ދާއިރާގެ މަގުޗާޓުގައިވާގޮތުން ފަނޑިޔާރު ގޭގެ މާލީ މިނިވަންކަމާއި ވަސީލަތްތައް ކަށަވަރުކުރުމަށް ބަޖެޓްގެ ކޮންޓްރޯލް ޖުޑީޝަރީއަށް ނެގުމަށް ހިމަނާފައިވެއެވެ. އަދި ދައުލަތުގެ ބެޖެޓްގެ ވަކި މިންވަރެއް ޝަރުއީ ދާއިރާއަށް ކަނޑައެޅުުމާއި، ހަރަދުތައްކުރުން ޝަރުއީ ދާއިރާއަށް ދޫކޮށްލުމަށް ހިމަނާފައިވެއެވެ.

ޖުޑީޝަރީއަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް އެކުލަވާލި މަގުޗާޓު އާންމުކުރުމުގެ ޖަލްސާގައި ސަރުކާރުގެ ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އިތުރުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

24 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

12 އެޕްރީލު 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު