Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލަންކާ ބޮންގޮއްވުން

ލަންކާގައި ދިރިއުޅޭ ދިވެހިންނާ ދޭތެރޭ އެ ގައުމުގެ އެއްވެސް ޝަކުވާއެއް ނެތް: ސަފީރު

1 މެއި 2019 | ބުދަ 09:47

އެ ގައުމުން ދިވެހިންނާ ދޭތެރޭ އަމަލުކުރަމުން އަންނަނީ ވަރަށް ރަނގަޅަށް ކަމަށް ވިދާޅުވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 1 މެއި 2019 | ބުދަ 09:47
ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު

ސްރީލަންކާގައި އުޅޭ ދިވެހިންނާ ދޭތެރޭ އެ ގައުމުން އެއްވެސް ޝަކުވާއެއް ނެތް ކަމަށް ސްރީލަންކާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އުމަރު އަބްދުއްރައްޒާގު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު އަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާ އަށް ފަހު ސްރީލަންކާ ސަރުކާރުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު، އެ ގައުމުގައި އުޅޭ ދިވެހިންނާ ގުޅޭ ގޮތުން އެ ގައުމުގެ ސަރުކާރުން އެއްވެސް ކަންބޮޑުވުމެއް ހިއްސާކޮށްފައިވޭތޯ ރާއްޖެ އެމްވީން ސުވާލު ދެންނެވުމުން، ސަފީރު ވިދާޅުވީ ދިވެހިންނާ ގުޅޭ އެއްވެސް ކަންބޮޑުވުމެއް ލަންކާ ސަރުކާރުން ހިއްސާކޮށްފައިނުވާ ކަމަށެވެ. ސަފީރު ވިދާޅުވީ ދެ ގައުމުގެ ދެ މެދުގައި އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި، އެ ގައުމުން ދިވެހިންނާ ދޭތެރޭ އަމަލުކުރަމުން އަންނަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އެހެން ނަމަވެސް މި ނާޒުކު ދަނޑިވަޅުގައި ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށާއި ނަމަވެސް އެއީ ހަމައެކަނި ދިވެހިންނަށް ކުރިމަތިވާ އުނދަގޫތަކެއް ނޫން ކަމަށް ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ ލަންކާގެ ރައްޔިތުންނަށް ވެސް މިއީ އުނދަގޫ ދަނޑިވަޅެއް ކަމަށެވެ.

Advertisement - newsAdvertisement

ސަފީރު ވިދާޅުވީ ސްރީލަންކާ ސަރުކާރުން މިހާރު ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ވިސާގެ މުއްދަތު ހަމަވެ، ވިސާ އައުނުކޮށް ގިނަ އަދަދެއްގެ ދިވެހިން ތިބުން ކަމަށެވެ. ވިސާގެ މުއްދަތު ހަމަވެ ވިސާ އައު ނުކޮށް ތިބުމަކީ ގާނޫނީ ކުށެއް ކަމަށާއި، އެ ކަމަށް ހުރިހާ ދިވެހިން ވެސް ސަމާލުކަން ދިނުމަށް ސަފީރު ވަނީ އެދިވަޑައިގެންނެވިއެވެ. ފޮރިން މިނިސްޓްރީން ވެސް ވަނީ އެކަމަށް އިލްތިމާސްކޮށްފައެވެ.

ސްރީލަންކާގައި މި ވަގުތު ތިބި ހުރިހާ ދިވެހިން ވެސް ވިސާގެ މުއްދަތު ހަމަވެފައިވޭތޯ ޗެކްކޮށް، މުއްދަތު ހަމަވެފައިވާ ނަމަ ވީހާ އަވަހަކަށް ވިސާ އައު ކުރުމަށް ސަފީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ސްރީލަންކާ ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ދަށުން ހަޔަރުކުރި މީހުންގެ ތެރޭގައި ހަ ދިވެއްސަކު ހިމެނެއެވެ. އޭގެ ތެރެއިން ހޯމަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ހަތަރު މީހަކު ގެންދެވިފައިވާއިރު، ފުލުހުން ބޭނުންވާ ލިޔެކިޔުންތައް ލިބެންދެން، އެ މީހުންގެ ބަންދުގެ މުއްދަތު އަންގާރަދުވަހު ވަނީ ތިން ދުވަހަށް ޖަހާފައެވެ.

މި ދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު ލަންކާ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހަ ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކު މިހާރު ވަނީ ދޫކޮށްލާފައެވެ. އަނެއް ދެ މީހުންނަށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެފައި ވަނީ ބަންދުގައި ތިބި ދިވެހިންގެ ހާލު ރަނގަޅު ކަމަށާއި، އެ މީހުންގެ ކަންތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ގައުމުން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން އުޅޭ ގައުމަކީ ސްރީލަންކާއެވެ. ގާތްގަނޑަކަށް 20،000 (ވިހި ހާސް) އަށް ވުރެ ގިނަ މީހުން އެ ގައުމުގައި އެކި ބޭނުންތަކުގައި ދިރިއުޅެއެވެ.

ހޯމަ ދުވަހުން ފެށިގެން މޫނާއި ކަންފަތް ނުފެންނަ ގޮތަށް ފޮރުވައިގެން އުޅުން ސްރީލަންކާގައި ވަނީ މަނާކޮށްފައެވެ. ލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެކަން މަނާކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައީސް އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ. ނަމަވެސް މިއީ ވަގުތީ އެންގުމެކެވެ.

އޭޕްރީލް މަހުގެ 21 ވަނަ ސްރީލަންކާ އަށް ދިން ޓެރަރިސްޓް ބޮމުގެ ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

23 ފެބުރުއަރީ 2017
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް
23 ފެބުރުއަރީ 2017

ލަންކާގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

23 ފެބުރުއަރީ 2017
ލަންކާގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ
22 ފެބުރުއަރީ 2017

ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި

22 ފެބުރުއަރީ 2017
ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް