Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓަށް ހާޒިރުކުރުން

ސުޕްރީމް ކޯޓަށް ހާޒިރުކުރީ ޓްވީޓަކާއި ގުޅިގެން: އިންތި

30 އެޕްރީލު 2019 | އަންގާރަ 08:50

އިންތި ޓުވީޓްކޮށްފައިވަނީ ހުސްނުއްސުއޫދު ހާޒިރުކޮށް އޭނާ އާއި ސުވާލުކުރުމާއި ގުޅިގެން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 30 އެޕްރީލު 2019 | އަންގާރަ 08:50
މާފަންނު އުތުރު ދާޢިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

މާފަންނު އުތުރު ދާޢިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަންގާރަ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުކުރީ އޭނާ ކޮށްފައިވާ ޓްވީޓަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ސުޕްރީމް ކޯޓުން ނުކުމެ ވަޑައިގެން ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި އިންތި ވިދާޅުވީ އޭނާ ސުޕްރީމް ކޯޓަށް ހާޒިރުކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ބެންޗްގެ ނިންމުންތަކާ ގުޅޭ ގޮތުން އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ.

Advertisement - newsAdvertisement

އިންތި ޓްވީޓްކުރައްވާފައި ވަނީ ފެބްރުއަރީ 1ގެ ހުކުމާ ގުޅޭ ގޮތުންނެވެ.

އިންތި ވިދާޅުވީ އެއީ ކީއްވެގެން ކޮށްފައިވާ ޓުވީޓެއްތޯ އޭނާ އާއި ސުވާލުކޮށްފައިވާ ކަމަށެވެ. އެ ޓްވީޓް ކޮށްފައިވާ ސަބަބު ސުޕްރީމް ކޯޓަށް އޮޅުން ފިލުއްވައިދެއްވާފައިވާ ކަމަށް އިންތި ވިދާޅުވިއެވެ. އިންތި އެ ޓުވީޓް ކޮށްފައިވަނީ މަރުތައް ބަލާ ކޮމިޝަންގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ރާއްޖެ ޓީވީގައި ދެއްކެވި ވާހަކައާއި ގުޅޭ ގޮތުން އޭނާ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގާފައިވާތީ، އެ ކަމުގެ ކަންބޮޑުވުމާއި ގުޅިގެން ކަމަށެވެ.

"އަޅުގަނޑު ދެންނެވިން ތި ބޭފުޅުންގެ ޖަލު، ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ދެއްކެވި ވާހަކައާއި ގުޅިގެން އޭނާ ހާޒިރުކޮށް ސުވާލުކުރުމުން އަޅުގަނޑު ކުރި ޓުވީޓެއް އެއީ" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ފަނޑިޔާރުގެ އިސްލާހު ކުރާ ފަރާތްތައް ކޯޓަށް ހާޒިރުކޮށް އެ މީހުންގެ ބަޔާން ނެގުން އެއީ އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ސުޕްރީމް ކޯޓުގައި ވިދާޅުވެފައިވާނެ ކަމަށެވެ. އެ ގޮތަށް ޓްވީޓްކުރުމުން ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް ސުޕްރީމް ކޯޓުން ބުނި ކަމަށް އިންތި ވިދާޅުވިއެވެ.

"އަޅުގަނޑު ބުނިން ހުރިހާ ޕްލެޓް ފޯމަކީ ވެސް ކަންކަން އިސްލާހުކުރަން ވާހަކަދައްކަންޖެހޭ ޕްލެޓް ފޯމެއް ކަމަށް. ޓުވީޓް ވިޔަސް އެހެން ނޫން ތަނެއް ވިޔަސް އަދި މަޖިލިސް ވިޔަސް، ކޮންމެ ތަނެއްގައި ވިޔަސް، ވާހަކަދެއްކުމުގެ ހައްގު އޮންނަންވާނެ ކޮންމެ މީހަކަށް ވިޔަސް،" އިންތި ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް