Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އުރީދޫ ކަލަރ ރަން

މި ފަހަރުގެ އުރީދޫ ކަލަރ ރަން އައްޑޫ ސިޓީގައި

ކަލަރަ ރަން އޮންނާނީ ޖޫން މަހުގެ 21ގައި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 30 އެޕްރީލު 2019 | އަންގާރަ 13:43
2018 ވަނަ އަހަރުގެ އުރީދޫ ކަލަރ ރަންގެ ތެރެއިން

2018 ވަނަ އަހަރުގެ އުރީދޫ ކަލަރ ރަންގެ ތެރެއިން

އުރީދޫ އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އުރީދު ކަލަރ ރަން މި އަހަރުގެ ޖޫން 21 ވަނަ ދުވަހު އައްޑޫ ސިޓީގައި ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ.

އަންގާރަ ދުވަހު ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި، އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވީ މި ފަހަރުގެ ކަލަރ ރަން އައްޑޫ ސިޓީގައި ބާއްވަން ނިންމި މައިގަނޑު މަގުސަދަކީ، މާލެ ނޫން އެހެން ތަނެއްގައި ދިރިއުޅޭ އާބާދީތަކުގެ މީހުންނަށް ބައިވެރިވެވޭނެ މަގުފަހި ކޮށްދިނުމަށް ކަމަށެވެ. މި ދުވުމުގެ ހަރަކާތް ބޭއްވުމުގެ ގޮތުން ކަމަށެވެ. މި ފަހަރުގެ ރަންގައި ވެސް އެކި އުމުރު ފުރާތަކުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނަޖީބް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އުރީދޫ ކަލަރ ރަން 2019 އައްޑޫ ސިޓީގައި ބާއްވާއިރު، ދުވަން ހަމަޖެހިފައި ވަނީ އައްޑޫ ލިންކް ރޯޑުގައެވެ. އެހެން އަހަރުތަކެކޭ ވެސް އެއް ފަދައިން، މި ފަހަރުގެ ރަންގައި ވެސް ހުރިހާ އުމުރުފުރާތަކެއްގެ މީހުންނަށް ވެސް ބައިވެރިވެވޭން ކަމަށް އުރީދޫއިން ވަނީ މައުލޫމާތު ދީފައެވެ. އަދި ރަންގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް އޮންލައިންކޮށް ހުޅުވާލާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ފަހަރުގެ ކަލަރ ރަން ބާއްވަނީ ޔޫތު މިނިސްޓްރީގެ ވެސް އެއްބާރުލުމާ އެކީގައެވެ. އެގޮތުން ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފު ވިދާޅުވީ އުރީދޫއިން ޔޫތު މިނިސްޓްރީއާ ގުޅިގެން މި ރަން ބާއްވަން ނިންމުމުން ވަރަށް އުފާ ފާޅުކުރައްވާ ކަމަށެވެ. އަދި އުންމީދު ކުރަނީ ކުރިޔަށް އޮތް ތަނުގައި ވެސް އުރީދޫއާ ގުޅިގެން މިކަހަލަ ގިނަ ހަރަކާތްތަކެއް ހިންގުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުން ކަމަށާއި، މިއީ ސަރުކާރުން ގެންގުޅޭ، މާލެ ނޫން ސަރަހައްދުތަކަށް ތަރައްގީ ގެނެސްދިނުމުގެ ސިޔާސަތަށް ބާރުދޭ ކަމަކަށް ވުމުން އިތުރަށް އުފާކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އުރީދޫ އިން 2017 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ބާއްވަމުން އަންނަ ކަލަރ ރަން އަކީ ފަސް ކިލޯމީޓަރުގެ ދުވުމުގެ ހަރަކާތެކެވެ. މި ދުވުމުގައި ގަޑިއަށް ބަލައިގެން އެއްވެސް ވަނައެއް ނުދޭއިރު، އިނާމު ދޭން ހަމަޖެހިފައިވަނީ އެންމެ ތަފާތު ދުވުމުގެ ސްޓައިލް ގެންގުޅޭ ދުވުންތެރިންނަށެވެ. މި ފަހަރުގެ ރަންގައި ވެސް ކުލަ ޖެހުމާއި މިއުޒިކީ ފަންނާނުންގެ ހަރަކާތްތައް ހިމެނެއެވެ. ފާއިތުވެ ދިޔަ ދެ އަހަރުގައި މި ރަންއަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު