Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތޫފާން ކެނަތް

ތޫފާން ކެނެތުގެ ސަބަބުން މޮޒެމްބީކްގެ ހާލަތު ގޯހުން ގޯހަށް!

ތޫފާން ކެނެތުގައި މިހާތަނަށް މޮޒެމްބީކްގެ 38 މީހަކު ވަނީ މަރުވެފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 30 އެޕްރީލު 2019 | އަންގާރަ 02:33
ތޫފާން ކެނެތުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ދަނީ ހިނގަމުން

ތޫފާން ކެނެތުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ދަނީ ހިނގަމުން

ދެކުނު އެފްރިކާ އަށް ތޫފާން "އިދާއީ" އަރައި މޮޒެމްބީކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވަނިކޮށް އަނެއްކާ ވެސް ތޫފާނެއް އަރައި އެގައުމުގެ ހާލަތު ގޯހުން ގޯހަށް ހިގައްޖެއެވެ.

އިދާއީ ތޫފާން އެރިތާ ދެ މަސް ވެސް ނުވަނީސް އެރި ތޫފާން "ކެނެތު" ގައި މޮޒެމްބީކްގެ 38 މީހަކު މަރުވެފައިވާ ކަމަށް ހޯމަ ދުވަހު ވަނީ ރިޕޯޓް ކުރެވިފައެެވެ.

މާރޗް މަހު އެރި އިދާއި ތޫފާނުގައި މޮޒެމްބީކުން އެކަނި ވެސް 600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެންމެ ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފައި ވަނީ އެ ގައުމަށެވެ. މޮޒެމްބީކްގެ ނޭޝަނަލް ޑިޒާސްޓަރ ސެންޓަރު ބުނީ، ތޫފާނުގައި މިހާތަނަށް 35000 (ތިރީސް ފަސްހާސް) ގެ ހަލާކުވެފައިވާ ކަމަށެވެ. އަދި ތޫފާނުގެ އަސަރު އެގައުމުގެ 160،000 މީހުންނަށް ކޮށްފައިވާ ކަމަށެވެ.

ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރައިގައި މޮޒެމްބީކުގެ އެންމެ އުތުރުގައި އޮންނަ "ކަބޯ ޑެލްގާޑޯ" ޕްރޮވިންސްގައި ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. އަދި ބައެއް ކޯރުތައް ބަންޑުންވެދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އދ. އެހީދޭ ޖަމާއަތްތަކުން ވަނީ ހޯމަދުވަހުގެ ހެނދުނު ވަގުތެއްގައި އެގައުމަށް އެހީގެ ތަކެތި ފޯރުކޮށްދޭން ފަށާފައެވެ. އެހެން ނަމަވެސް އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށް އެފަރާތުން ބުނެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ބޯ ވިއްސާރަ ކުރާނެ ކަމަށާއި، ގަޑިއަކު 200 ކިލޯ މީޓަރުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ އިދާރާތަކުން ލަފާކުރާއިރު މިހާރު ވެސް ބޯކޮށް ވާރޭ ވެހެމުންދާ ޕެމްބާ ސަރަހައްދުގައި އުނަގަނޑާ ހަމައަށް ފެން ބޮޑުވެ ކަރަންޓު ވަނީ ކެނޑިފަ އެވެ.

ފެން ބޮޑުވެ ކިސަޑު ފޭބުމުގެ ބިރު އޮތްކަން ހާމަ ކުރަމުން މޮޒެމްބީކް ސަރުކާރުގެ އޮފިޝަލުން އެ ގައުމުގެ ރައްޔިތުން ތޫފާނުން ސަލާމަތްތެރިކަން ހޯދާ ރައްކާތެރި އުސް ސަރަހައްދުތަކަށް އެރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
04 އެޕްރީލު 2017

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
28 މާރިޗު 2017

ތޫފާން ޑެބީ ކްއީންސްލޭންޑަށް މިސްރާބު ޖަހައިފި

28 މާރިޗު 2017
ތޫފާން ޑެބީ ކްއީންސްލޭންޑަށް މިސްރާބު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު