Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއއ. ތޮއްޑޫ

ތޮއްޑޫ ކަންބޮޑުވުންތައް ހިފައިގެން ގޮސް، ރައީސަށް ތިން ކަރާ އަރުވައިފި

ބާޒާރުގައި ތަކެތި ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސަން އެދުނު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 29 އެޕްރީލު 2019 | ހޯމަ 14:20
ތޮއްޑޫ ކައުންސިލްގެ ރައީސް ރައީސަށް ކަރާއެއް ވެދުމަށް އަރުވަނީ

ތޮއްޑޫ ކައުންސިލްގެ ރައީސް ރައީސަށް ކަރާއެއް ވެދުމަށް އަރުވަނީ

ދަނޑުވެރިކަމާއި ގެސްޓު ހައުސް ވިޔަފާރިއަށް މަޝްހޫރު، އއ. ތޮއްޑޫއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވައި، ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެ ރަށުން ހެއްދި ކަރާ ރަމްޒު ކޮށްދިނުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެދުމަށް އަރުވައިފިއެވެ.

ރައީސް އޮފީހުން ބުނީ ތޮއްޑޫއަށް ކުރިމަތިވެފައިވާ މައްސަލަތައް ރައީސް ސޯލިހާ ހިއްސާ ކުރެއްވީ އެ ރަށު ކައުންސިލްގެ މެންބަރުން، އެ އޮފީހަށް ވަޑައިގެން ހޯމަ ދުވަހު ބޭއްވި ބައްދަލު ކުރެއްވުމެއްގައި ކަމަށެވެ. އެ ބައްދަލު ކުރެއްވުމުގައި ތޮއްޑޫ އެ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހަށް އެރުވި ތިން ކަރާއަކީ އެ ރަށުގެ ދަނޑުވެރިން މި އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ހެއްދި ކަރާ ރަމްޒު ކޮށްދިނުމުގެ ގޮތުން ވެދުމަށް އެރުވި ކަރާތަކެއް ކަމަށެވެ.

ތޮއްޑޫ ކައުންސިލާ އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ރައީސަށް ވެދުމަށް އެރުވަން ގެނައި ކަރާ މޭޒުމަތީގައި-- ފޮޓޯ/ ރައީސް އޮފީސް

ތޮއްޑޫ ކައުންސިލުން ވަނީ އެ ރަށުގެ ސިއްޙީ މަރުކަޒަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ރަށުގެ މަގުތަކުގެ ހާލަތު ގޯސްވުމުން ކުރިމަތިވާ ގޮންޖެހުންތަކާއި ބަނދަރު ހަލާކުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ހިއްސާ ކުރައްވައިފައެވެ. މީގެ އިތުރުން ރަށުގައި ބޭންކުގެ ޚިދުމަތާއި ފުލުހުންގެ ޚިދުމަތުގެ އިތުރުން ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ޤާއިމް ކޮށްދެއްވުމަށް ކައުންސިލްގެ ވަނީ އެދިފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ރޯދަމަހު ތޮއްޑޫގެ ދަނޑުވެރިން ވިއްކަން މާލެ ގެންނަ ތަކެތި ބެހެއްޓޭނެ އަދި ވިޔަފާރިކުރެވޭނެ ހަރުދަނާ އިންތިޒާމްތަކެއް ޤާއިމު ކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ތޮއްޑޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ސޯލިހު ގެންދަވަނީ ގިނަ ކައުންސިލްތަކާ ބައްދަލު ކުރައްވައި، ރަށްތަކުގެ އާންމު ހާލަތު އޮޅުން ފިލުއްވަމުންނެވެ. ރައީސް ސޯލިހަކީ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ ކައުންސިލްތަކާ ބައްދަލު ކުރެއްވި ފުރަތަމަ ރައީސެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
08 ފެބުރުއަރީ 2017

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި
02 ފެބުރުއަރީ 2017

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު