Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީޕީއެސް

އީޕީއެސް ފައުންޑޭޝަންގެ ފަރާތުން ހިދުމަތުގެ ހަވީރު ނަމުގައި ހަރަކާތެއް ބާއްވަނީ

މި ހަފްލާގެ މަގްސަދަކީ އީޕީއެސް ސްކޫލުގެ މުދައްރިސުންނާއި ވަޒީފާ އަދާކުރި ބޭފުޅުންގެ އަގު ވަޒަންކުރުމަށް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 29 އެޕްރީލު 2019 | ހޯމަ 14:40
އީޕީއެސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އީޕީއެސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އީޕީއެސް ފައުންޑޭޝަންގެ ފަރާތުން ހިދުމަތުގެ ހަވީރު ނަމުގައި ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހޯމަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ފައުންޑޭޝަންގެ ޗެއަރމަން މުހައްމަދު ސަލީމް ވިދާޅުވީ މެއި މަހުގެ 1 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ހިދުމަތުގެ ހަވީރުގެ މަގްސަދަކީ ވޭތުވެދިޔަ 50 އަހަރުގައި ރާއްޖޭގެ ތައުލީމަށް ހިދުމަތް ކޮށްދެއްވި އީޕީއެސް ސްކޫލުގެ މުދައްރިސުންނާއި ވަޒީފާ އަދާކުރި ބޭފުޅުންގެ އަގު ވަޒަން ކުރުން ކަމަަށެވެ. އަދިި ހަފްލާގައި އެބޭފުޅުންގެ ހިދުމަތަށް އެރުވޭ ހަނދާނީ ފިލާ އެރުވުމުގެ އިތުރުން ދަރިވަރުންގެ ހިތުގައި އޮތް ޝުއޫރު ހާމަކުރުމުގެ އިތުރުން ހިދުމަތްތެރިންގެ ޝަރަފުގައި މާހެފުމެއް ވެސް އޮންނާނެ ކަމަށެވެ.

މިއީ ސްކޫލް ދަރިވަރުން އިސްނަގައިގެން މުދައްރިސުންނާއި މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ބޮޑު ހަފްލާއެއް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށް އޭނާ ވިދާޅުވީ ގައުމުގެ އިސްމަގާމުތަކަށް ބަލާލިޔަސް ފެނިގެންދަނީ އީޕީއެސް އިން ތައުލީމު ހާސިލް ކޮށްގެން ތިބި ބޭފުޅުން ކަމަށާއި ، ޓީޗަރުންގެ ބުރަ މަސަތްކަތާއި ، އެހާ އަގުބޮޑު ހިދުމަތް ގައުމަށް ކޮށްދެއްވާފައިވާ ޓީޗަރުންގެ އަގު ވަޒަން ކުރުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އީޕީއެސް ފައުންޑޭޝަނުގެ ފަރާތުންވީ އެ ސުކޫލުގައި ކިޔެވި ހުރިހާ ދަރިވަރުންނަށް ވެސް މި ހަފްލާގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.

އީޕީއެސް ސްކޫލް އުފެދުނީ މީގެ 50 އަހަރު ކުރިން 21 ޖޫން 1968 ގައެވެ. އީޕީއެސް ފައުންޑޭޝަންގެ އަމާޒަކީ އަދި އުންމީދަކީ އީޕީއެސްގެ ނަން އަބަދުމެ ދެމިހުރުމެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

ސިފައިންގެ އާއިލީ ހަވީރު ބާއްވައިފި

12 މެއި 2017
ސިފައިންގެ އާއިލީ ހަވީރު ބާއްވައިފި
09 މެއި 2017

އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

09 މެއި 2017
އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ
06 މެއި 2017

ވޯޓުފޮށިތައް ބަންދުކުރުން ހަވީރު 06:00 ބަދަލުކޮށްފި

06 މެއި 2017
ވޯޓުފޮށިތައް ބަންދުކުރުން ހަވީރު 06:00 ބަދަލުކޮށްފި
04 މެއި 2017

ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި

04 މެއި 2017
ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި
03 މެއި 2017

ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލަ ނުބެލުމުން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި

03 މެއި 2017
ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލަ ނުބެލުމުން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި
10 މާރިޗު 2017

ރާއްޖެ ޓީވީގެ "އަބުރު ފަންޑު" ހުޅުވުން މިއަދު ހަވީރު

10 މާރިޗު 2017
ރާއްޖެ ޓީވީގެ "އަބުރު ފަންޑު" ހުޅުވުން މިއަދު ހަވީރު
24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު