Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމްއެމްޕީއާރްސީ

''ދި ސަނީ ސައިޑް އޮފް ލައިފް'' މެދުއިރުމައްޗަށް!

މިފެއަރގައި 66 ކުންފުންޏަކުން 133 ބޭފުޅުން ވަނީ ބައިވެރިވެފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 29 އެޕްރީލު 2019 | ހޯމަ 06:53
ުދުބާއީ އޭޓީއެމް ފެއަރގެ ތެރެއިން

ުދުބާއީ އޭޓީއެމް ފެއަރގެ ތެރެއިން

އެމްއެމްޕީއާރްސީގެ ފަރާތުން ދިވެހިރާއްޖެ މެދުއިރުމަތީގައި އިޝްތިހާރުކުރުމައްޓަކައި ދުބާއީގައި ހިނގަމުންދާ އަރަބިއަން ޓެރެވެލް މާރކެޓް (އޭޓީއެމް) ފެއަރގައި ބައިވެރިވެއްޖެއެވެ.

އޭޓީއެމްއަކީ މެދުއިރުމަތީގައި ހިންގާ އެންމެ ބޮޑު އެށް ފެއާރ އެވެ.

ރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅުންގެ ގޮތުގައި ވަޑައިގެންނެވީ އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ. އެމްއެމްޕީއާރްސީއާ އެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 66 ކުންފުންޏަކުން 133 ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ދިވެހިރާއްޖެ އިތުރަށް ޕްރޮމޯޓު ކުރުމަށްޓަކައި އެމްއެމްޕީއާރްސީ އިން ވަނީ "ޖާރނީ ޓުދަ ސަނީ ސައިޑް" ސިލްސިލާގެ ދެ ދުވަހުގެ ރޯޑްޝޯއެއް އިންތިޒާމުކޮށްފައި ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އަބޫދާބީ އަދި ދުބާއީގައި 30 އޭޕްރީލް އަދި 2 މެއިގެ ނިޔަލަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ރޯޑްޝޯ ހިންގުމުގެ މައިގަނޑު މަޤުސަދަކީ މެދުއިރުމަތީގެ އޮޕަރޭޓަރުންނާއި ދިވެހިރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅުވައިދީ ދިވެހިރާއްޖެ އިތުރަށް ޕުރޮމޯޓް ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

ރީޑް އެގްޒިބިޝަންގެ ފަރާތުން އިންތިޒާމު ކުރާ އޭޓީއެމް ފެއާރއަކީ ދުނިޔޭގެ އެކިކަންކޮޅުގެ 28,000 އަށް ވުރެ ގިނަ ފަތުރުވެރިކަމުގެ ޕުރޮޑަކްސް ދައްކާލެވޭ ފެއާރ އެކެވެ. އަދި މީގެ އިތުރުން އެކި ގައުމުތަކުގެ 39,000 އަށް ވުރެ ގިނަ އަދަދެއްގެ ފަތުރުވެރި ކަމުގެ އަދި ސަރުކާރުގެ އިސް ފަރާތްތައް ބައްދަލުވެ ގިނަ ގުނަ މަޝްވަރާތްތަކެއް ކުރިއަށްދާ ފެއާއެކެވެ.

ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރގެ ހޯލުގައި ހަތަރު ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ފެއާރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް، މެދުއިރުމަތީގެ ފަތުރުވެރި ކަމުގެ އިސް ފަރާތްތަކާ ބައްދަލުކޮށް ދިވެހިރާއްޖެ އިތުރަށް ޕުރޮމޯޓުކުރުމަށް މަސަތްކަތްތައް ކުރެވިގެންދާނެއެވެ.

ދިވެހިރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅުން މެދުއިރުމަތީގެ ޓުއަރ އޮޕަރޭޓަރުން އަދި މީޑިއާތަކަށް ހާއްސަކޮށް 2 މޭ ވާ ބުރާސްފަތި ދުވަހު އޮބެރޮއި ދުބާއި ހޮޓެލްގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމުށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ސްޑޭންޑް ފަރުމާކުރެވިފައި ވަނީ ރާއްޖޭގެ ޤުދުރަތީ އެތައް މަންޒަރުތަކެއް ދައްކުވައިދޭ ގޮތަށެވެ. އެގޮތުން ރާއްޖެ، މެދުއިރު މަތީގައި މަޝްހޫރުވެފައިވާ މަންޒަރުތައް ހިމެނޭ ގޮތަށް ކަމަށްވާއިރު މިފެއަރގެ ތެރެއިން ދިވެހި ކާނާ ރަހަބެލުމުގެ ފުރުސަތާއި، ދިވެހި ރާއްޖޭގެ ކަނޑު އަޑީގެ ގުދުރަތީ ރީތިކަން ވަރޗުއަލް ރިއަލިޓީ މެދުވެރިކޮށް ބަލާލުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މެދުއިރުމަތިން 2018 ވަނަ އަހަރު ނިމުނު 52,114 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އަދި 2018 ޖެނުއަރީއިން މާރިޗް ގެ ނިޔަލަށް 12,810 ފަތުރުވެރިން ވަނީ މެދުއިރުމަތީން ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. މިއީ 2017 އާއި އަޅައިބަލާއިރު ލިބުނު 7.7 ޕަސެންޓް ކުރިއެރުމެކެވެ. މެދުއިރުމަށްޗާކީ ރާއްޖެއަށް އެންމެ ގިނަ ފްލައިޓް އަންނަ އެއް ސަރަހައްދެވެ. އަދި މިގޮތުން އޭޓީއެމްގައި ބައިވެރިވުމުގެ ސަބަބުން މި ސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވާނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޝިއާގެ އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި މިފަހަރުވެސް ބޭންކް އޮފް މޯލްޑިވްސް ހިމެނިއްޖެ

އޭޝިއާގެ އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި މިފަހަރުވެސް ބޭންކް އޮފް މޯލްޑިވްސް ހިމެނިއްޖެ

31 ޖުލައި 2018
ލައިފް ސަޕޯޓްގެ ރީސެލަރ ޕާޓްނަރޝިޕް ޕްރޮގްރާމް އިފްތިތާހުކޮށްފި

ލައިފް ސަޕޯޓްގެ ރީސެލަރ ޕާޓްނަރޝިޕް ޕްރޮގްރާމް އިފްތިތާހުކޮށްފި

24 އެޕްރީލު 2018
އެޕާޓްމަންޓްތަކަށް ބަދަލުވާ މީހުންނަށް ހާއްސަކޮށްގެން އަޒާރް ލައިފްގެ ފަރާތުން ޕްރޮމޯޝަނެއް ފަށައިފި

އެޕާޓްމަންޓްތަކަށް ބަދަލުވާ މީހުންނަށް ހާއްސަކޮށްގެން އަޒާރް ލައިފްގެ ފަރާތުން ޕްރޮމޯޝަނެއް ފަށައިފި

20 ޖެނުއަރީ 2018
"ތަކާފުލް އެންޓިޓީ އޮފް ދި އިޔަރ – ގޯލްޑް އެވޯޑް" އަމާނާ ތަކާފުލް އަށް ލިބިއްޖެ

"ތަކާފުލް އެންޓިޓީ އޮފް ދި އިޔަރ – ގޯލްޑް އެވޯޑް" އަމާނާ ތަކާފުލް އަށް ލިބިއްޖެ

28 އޮކްޓޯބަރު 2017
ރީފްސައިޑް "މަރުހަބާ ރަމަޟާން 2017" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ރީފްސައިޑް "މަރުހަބާ ރަމަޟާން 2017" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

17 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު