Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރީފްސައިޑް ޕްރޮމޯޝަން

ރީފްސައިޑް "މަރުހަބާ ރަމަޟާން 2017" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ އޭޕްރީލް މަހުގެ 20 ން ޖޫން މަހުގެ ނިޔަލަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 އޮކްޓޯބަރު 2017 | އަންގާރަ 13:18
ރީފްސައިޑް "މަރުހަބާ ރަމަޟާން 2017" ޕްރޮމޯޝަންގެ ގުރުލަނީ

ރީފްސައިޑް "މަރުހަބާ ރަމަޟާން 2017" ޕްރޮމޯޝަންގެ ގުރުލަނީ

ރީފްސައިޑް "މަރުހަބާ ރަމަޟާން 2017" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

ރީފްސައިޑް ޓީވީ ސްޓޯރުގައި އަންގާރަ ދުވަހު ބޭއްވި ގުރުއަތުލުމުގައި އެއްވަނަ، ދެވަނަ، ތިންވަނަ އަދި ހަތަރުވަނަ އަށް ދިޔަ ފަރާތްތައް ވަނީ ހޮވާފައެވެ.

ގުރުއަތުން ހޮވުނު ފަރާތްތަކަކީ:

1 އަހްމަދު ޒާހިރު 2 އަޖިތް 3 ނިޝާންތާ 4 މަރިޔަމް ނަޒާހާ

އެއްވަނަ އަށް ދިޔަ ފަރާތުގެ އިނާމަކީ އޮޓޮމެޓިކް ރާޑޯ ކަޕްލް ގަޑިއެކެވެ. އަދި ދެވަނަ އަށް ދިޔަ ފަރާތަށް ބޯސް ސައުންޑް ޓަޗް 300 ސިސްޓަމް އެއް ދިނުމަށް ހަމަޖެހިފައިވާއިރު ތިންވަނަ އިނާމަކީ ސޮނީ ޕްލޭޝްޓޭޝަން 4 ޕްރޯ އެކެވެ. އަދި ހަތަރުވަނަ އިނާމަކީ ގޯޕްރޯ ހީރޯ 5 ކެމެރާ އެކެވެ.

ރީފްސައިޑްގެ މާކެޓިންގ އެގްޒެކެޓިވް މުހައްމަދު އަހުސަން ވިދާޅުވީ، މިފަހަރު ގުރުއަތުން ހޮވުނު ކަސްޓަމުރަންނަށް ދޭން ނިންމާފައިވަނީ ވަރަށް އަގު ބޮޑު އިނާމުތަކެއް ކަމަށާއި އެގޮތުން ކަޕްލް ރާޑޯ ގަޑީގެ އަގު އެކަނި 50،000 ރުފިޔާއަށް އަރާ ކަމަށެވެ.

ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.

އަހުސަން އިތުރަށް ވިދާޅުވީ އިނާމްތައް ބަލާ ދުރުވާއިރު ހުރިހާ ބޭފުޅުންވެސް އައިޑީކާޑު ހިއްޕަވައިގެން ދުރުވުމަށް އެދިލައްވާ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ފަރާތްތަކަށް ދެ ހަފްތާ ތެރޭގައި ނުގުޅިއްޖެނަމަ އިތުރު އެހެން ނަސީބުވެރިއެއް ހޮވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަސީބުވެރި ފަރާތްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރާނެ ކަމަށް ރީފްސައިޑުން ބުންޏެވެ.

​​​​​

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ސުޕަމާޓް ރަމަޟާން ބާޒާރު ބޮޑެތި ޑިސްކައުންޓް ތަކާއެކު ފަށައިފި

24 އެޕްރީލު 2017
ސުޕަމާޓް ރަމަޟާން ބާޒާރު ބޮޑެތި ޑިސްކައުންޓް ތަކާއެކު ފަށައިފި
02 އެޕްރީލު 2017

ޑްރައިޕާސް މެގަ ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލުކޮށްފި

02 އެޕްރީލު 2017
ޑްރައިޕާސް މެގަ ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލުކޮށްފި
01 އެޕްރީލު 2017

ކަލިނަރީ ޗެލެންޖުން ވަނަ ހޯދި ފަރާތްތައް ހޮފެކްސް 2017 ގައި ބައިވެރިވަނީ

01 އެޕްރީލު 2017
ކަލިނަރީ ޗެލެންޖުން ވަނަ ހޯދި ފަރާތްތައް ހޮފެކްސް 2017 ގައި ބައިވެރިވަނީ
15 މާރިޗު 2017

ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2017
ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު