Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ

އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

28 އެޕްރީލު 2019 | އާދީއްތަ 17:54

ރައީސް ވަނީ މިސް ޝޯކޯ ނޯޑާގެ ދައުރުގައި ކުރައްވާފައިވާ މަސައްކަތްތައް ފާހަގަ ކުރައްވާފަ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 28 އެޕްރީލު 2019 | އާދީއްތަ 17:54
އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ރައީސްގެ އަރިއަހަށް ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެއިން

އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ރައީސްގެ އަރިއަހަށް ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެއިން

އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ އަދި އދ.ގެ ތަރައްޤީގެ ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.)އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް ޝޯކޯ ނޯޑާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އެން.ޑީ.ޕީ. އިން ވޭތުވެދިޔަ ދުވަސްތަކުގައި ކޮށްދެއްވާފައިވާ މުހިންމު ކަންތައްތަކާއި އަދި މިހާރު ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކާއި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ކޮށްދެއްވާފައިވާ ކަންތައްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ރައީސް ވަނީ މިސް ޝޯކޯ ނޯޑާގެ ދައުރުގައި އެކަމަނާ އިސްނަންގަވައިގެން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަ ކުރައްވާފައެވެ.

Advertisement - newsAdvertisement

މިސް ޝޯކޯ ނޯޑާ ވަނީ ރައީސް ވިދާޅުވި ހެޔޮ ބަސްފުޅުތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ޤާނޫނު އަސާސީގައިވާ ހައްޤުތަކާއި، މިނިވަންކަން ހޯދައިދިނުމުގައި މިހާރު އިތުރު ބާރެއް ލިބިފައިވާ ކަމަށާއި، ރާއްޖޭގެ ޑިމޮކްރަސީގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމުގައި މިސް ޝޯކޯ ނޯޑާވިދާޅުވިއެވެ. މީގެ އިތުރުން މިސް ޝޯކޯ ނޯޑާ ވަނީ ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ ކުރުމާއި، އަންހެނުން ބާރުވެރިކުރުމާއި، އިޤްތިޞާދު ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދު ކުރައްވައި އެކަންކަން ހާސިލުކުރުމުގައި ޔޫ.އެން.ޑީ.ޕީ. އިން އެއްބާރުލުން ދެވެން އޮތް މިންވަރަކުން އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ހޯއްދެވި ކާމީޔާބީއަށާއި، ނިމި ދިޔަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ސަރުކާރުން ހޯދި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ. އެކަމަނާ ވިދާޅުވީ ރައްޔިތުން ސަރުކާރަށް ދެއްވި ތާއީދަކީ ސަރުކާރުގެ ޝަރުޢީ ސިޔާސަތުތައް ތަންފީޒު ކުރުމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމުގައެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އަލަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި މިސް ޝޯކޯ ނޯޑާ ވިދާޅުވިއެވެ. މި ބައްދަލުވުން ނިންމަވާލައްވަމުން، މިސް ޝޯކޯ ނޯޑާ ވަނީ ފާއިތުވި ގިނަ އަހަރުތަކެއްގައި ރާއްޖޭގައި އެކަމަނާ މަސައްކަތްކުރެއްވީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަތުމާ އެކުގައިކަން ފާހަގަކުރައްވައި ރާއްޖެއާއިމެދު އެކަމަނާގެ ހިތްޕުޅުގައި އުފެދިފައިވާ ޝުޢޫރުތައް ހާމަކުރައްވައިފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިސް ޝޯކޯ ނޯޑާ ރާއްޖެއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި އެކަމަނާއަށް ޝުކުރު އަދާކުރައްވައި އެކަމަނާއަށް ބާއްޖަވެރި ކާމިޔާބު ކުރިމަގަކަށް އެދިވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ކޯޑިނޭޓަރުން ސޯޓުލައިގެން އައިސް ސޮއި ކޮށްލުމުން ރަސްމީ އޮފީސް ނިމުނީ!

05 އެޕްރީލު 2017
ކޯޑިނޭޓަރުން ސޯޓުލައިގެން އައިސް ސޮއި ކޮށްލުމުން ރަސްމީ އޮފީސް ނިމުނީ!
05 އެޕްރީލު 2017

ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި

05 އެޕްރީލު 2017
ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
31 މާރިޗު 2017

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

31 މާރިޗު 2017
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!
31 މާރިޗު 2017

ޖުމައިރާގެ ރޯޔަލް ރެޒިޑެންޓް ނައިބު ރައީސް ހުޅުވައި ދެއްވައިފި

31 މާރިޗު 2017
ޖުމައިރާގެ ރޯޔަލް ރެޒިޑެންޓް ނައިބު ރައީސް ހުޅުވައި ދެއްވައިފި
22 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

22 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް