Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާ އަށް ދިން ހަމަލާ

ލަންކާ ޓެރަރިސްޓް ހަމާލާ: އެންމެ ފަސް

27 އެޕްރީލު 2019 | ހޮނިހިރު 10:17

 ކޮލަމްބޯ މުނިސިޕަލް ކައުންސިލަރު ވަނީ ހައްޔަރު ކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް | 27 އެޕްރީލު 2019 | ހޮނިހިރު 10:17
ލަންކާ އަށް ދިން ހަމަލާގައި މަރުވި މީހަކު ޖަނާޒާގައި ބަޔަކު ބައިވެރިވަނީ

ލަންކާ އަށް ދިން ހަމަލާގައި މަރުވި މީހަކު ޖަނާޒާގައި ބަޔަކު ބައިވެރިވަނީ | ބީޑީނިއުސް24

ޓްރީންކޮމަލީ އިން މީހަކު ހައްޔަރު ކުރުން

ލަންކާ އަށް ދިން ބޮންގޮއްވާލުމުގެ ހަމަލާ ގުޅިގެން ޓްރިންކޮމަލީ އިން މީހަކު ހައްޔަރު ކުރިކަން ލަންކާގެ އަސްކަރިއްޔާއިން ވަނީ ޔަގީން ކޮށްދީފައެވެ. އޭނާ ދުއްވި ސައިކަލު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގޯލް އިން ފަސް މީހަކު ހައްޔަރު ކުރުން

ގޯލް ޑިސްޓްރިކްޓްގެ ޕޮޑެއްލާގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ފަސް މީހަކު މިއަދު ހެނދުނު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންނާއި އަސްކަރިއްޔާއާ ގުޅިގެން ހިންގި އޮޕަރޭޝަން ގައި ހައްޔަރު ކުރި މީހުން އަތުން ކަނޑި ފެނިފައިވާ ކަމަށް ލަންކާގެ ނޫސް ތަކުން ރިޕޯޓް ކުރެއެވެ. އެ މީހުންނަކީ ދީނީ ހަރުކަށި ޖަމައަތްތަކާއި ގުޅުން އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.

އިސްލާމިކް މަދަރުސާތައް ބަންދު ކުރަން ގޮވާލުން

ލަންކާގައި ހިންގަމުންދާ އިސްލާމިކް މަދަރުސާތައް ބަންދު ކުރުމަށް ކުރީގެ ރައީސް ޗަންދްރިކާ ވަނީ ހޮނިހިރު ދުވަހު ގޮވައިލައްވާފައެވެ. އެކަމަނާ ވިދާޅުވީ، އެ ސްކޫލުތަކުން ކުދިންނަށް ދީނީ ހަރުކަށި ކަންކަން ކިޔަވައިދެމުންދާ ކަމަށެވެ.

ކޮލަމްބޯ މުނިސިޕަލް ކައުންސިލަރު ހައްޔަރު ކުރުން

ސަރުކާރު ހިންގަމުންދާ ޔޫއެންޕީއަށް ނިސްބަށްވާ ކޮލަމްބޯގެ މުނިސިޕަލް ކައުންސިލަރު ނޫރައްދިން މުހައްމަދު ތާޖުއްދީން ހައްޔަރު ކޮށްފިއެވެ.

އޭނާ ހައްޔަރު ކުރި ސްލޭވް އައިލެންޑްގެ މިސްކިތަކުން ފެނުނު ތޫނު ހަތިޔާރުތަކާ ގުޅިގެންނެވެ.

ރިޝަދް ބަދުއްރީއްދީން އަށް ކުރެވޭ ތުހުމަތު ތައް އޭނާ ދޮގުކުރެއްވުން

ހަމަލާ ދިން މީހުންނާއި އޭނާއާ އޭނާގެ އާއިލާގެ އެއްވެސް ގުޅުމެއް ނޯއްނާނެ ކަމަށް އިންޑަސްޓްރީ އެންޑް ކޮމާސް މިނިސްޓަރު ރިޝަދް ބަދުއްރުއްދީން ވަނީ މިއަދު ވިދާޅުވެފައެވެ.

އޭނާއާ ގުޅުމެއް އޮންނަ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވަމުން ރިޝަދް ވިދާޅުވީ، ހަމަލާގެ މޭސްތިރިޔާ ޒަހްރާން ހާޝިމީއާ އެކު އެއްވެސް އިރެއްގައި އެއްވެސް ކަހަލަ ގުޅުމެއް ބާއްވާފައި ނުވާނެ ކަމަށެވެ.

ވެއްލަވައްތައިގެ އޮޓޯއެއްގެ ތެރެއިން ބޮން ގޮއްވަން ގެންގުޅޭ ޒާތު އެއްޗެހި ފެނުން

ވެއްލަވައްތަގެ ރެއިލް ސްޓޭޝަން ކައިރި އޮތް އޮޓޯއެއްގެ ތެރެއިން ގޮވާ ޒާތުގެ ތަކެތި ފުލުހުން ވަނީ މިއަދު ހޯދާފައެވެ. އެއާއި ގުޅިގެން ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ސްކޫލު ތަކާއި ޔުނިވާސިޓީ ތައް އަންނަ މަހު ހައެއްގައި ހުޅުވަނީ

ސްކޫލުތަކާއި ޔުނިވާސިޓީ ތައް މޭ މަހުގެ ހަވަނަ ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށް ލަންކާގެ ރައީސްގެ މީޑިއާ ޑިވިޝަނުން ހާމަކޮށްފިއެވެ. މި ނިންމުން އައިސްފައިވަނީ އިއްޔެ ބޭއްވި ނެޝަނަލް ސެކިއުރިޓީގެ ބައްދަލުވުމަށް ފަހުއެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ރައީސް މައިތިރިޕާލަ ސިރިސޭނައެވެ.

ދޮގު ހަބަރު ފަތުރަމުންދާ ފަރާތްތަކާއި ދެކޮޅަށް ބޮޑު އަދަބެއް ދެނީ

އާއްމުންގެ ތެރޭގައި ހާސްކަން އުފެދޭ ގޮތަށް ދޮގު ހަބަރު ފަތުރަމުންދާ ފަރާތްތަކަށް ތިން އަހަރާއި ފަސް އަހަރުގެ ޖަލުގެ ހުކުމެއް އަންނާނެ ކަމަށް ނެޝަނަލް މީޑިއާ ސެންޓަރުން ވަނީ މިއަދު ބުނެފައެވެ. ވެބްސައިޓް ތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަން ކުރާ ފަރާތްތަކުން އާއްމުންނަށް އޮޅުން އަރާ ގޮތަށް މައުލޫމާތު ނުފެތުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކާފިޔު ހިންގުން

މިރޭ 10 އިން ފެށިގެން ހެނދުނު ހަތަރަކާއި ހަމަޔަށް ކާފިޔު ވަނީ މިއަދު އިއުލާންކޮށްފައި. ކުއްލި ނުރައްކަލުގެ ހާލަތުވެސް އޮތީ އިއުލާން ކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
08 އެޕްރީލު 2017

ސްވީޑެންގައި ދެވުނު ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ދެމީހުން ހައްޔަރުކޮށްފި

08 އެޕްރީލު 2017
ސްވީޑެންގައި ދެވުނު ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ދެމީހުން ހައްޔަރުކޮށްފި
29 މާރިޗު 2017

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

29 މާރިޗު 2017
އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި
23 މާރިޗު 2017

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017
 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް