Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބްރާހީމް

ކޯޓަށް ޕީޖީގެ ވަކީލުން ވަޑައިނުގަތުމުން ހިތާމަ ކުރަން : ގާސިމް

10 ޖުލައި 2017 | ހޯމަ 17:44

ޕީޖީ އޮފީހުން ވިއަސް ކޯޓުގެ އަމުރަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ.

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 10 ޖުލައި 2017 | ހޯމަ 17:44
ގާސިމް އިބްރާހިމް

ގާސިމް އިބްރާހިމް

ގާސިމް އިބްރާހިމްގެ މައްޗަށް ކުރި ދައުވާ ތަކުގެ އަޑުއެހުމަށް ދައުވާ އުފުލި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލުން ވަޑައިނުގަތުމުން ގާސިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާގެ އަޑުއެހުން ހޯމަ ދުވަހު ކުރިއަށްދިޔައިރު ހޯމަ ދުވަހުގެރޭ ބާއްވަން އުޅުނު އަޑުއެހުމަށް ޕީޖީ އޮފީހުގެ ވަކީލުން ވަޑައިނުގަތުމުން އެ މައްސަލަ އެ ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. ހޯމަ ދުވަހުގެރޭ 7.00 ގައި ބާއްވަން އޮތް އަޑުއެހުމަށް ޕީޖީގެ ވަކީލުންނަށް ތަކުރާރުކޮށް ގުޅާފައި އެންގުމުންވެސް ވަޑައިގަތީ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ ގާސިމްގެ މައްސަލަ ބެއްލެވި ފަނޑިޔާރުންނެވެ.

ގާސިމް ވިދާޅުވީ އާންމު ފަރުދަކާމެދު ޕީޖީ އޮފީހުން އެގޮތައް ކަންކަން ކުރެއްވުމަކީ އޭނާ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

" ދިވެހި ދައުލަތުން މުސާރަ ދީގެން ތިބޭ އަދި ﷲ ގަންދީ ހުވާކޮށްގެން ތިބި ބަޔަކު އެގޮތައް ކަން ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް" ގާސިމް ވިދާޅުވި އެވެ.

ކޯޓުން ކުރާ އަމުރުތަކަށް ކިޔަންވުމަކީ ގާނޫނު އަސާސީން ކޮންމެ މީހެއްގެ މައްޗަށް ލާޒިމްކުރާ ކަމަކަށްވާއިރު ޕީޖީ އޮފީހުން އެގޮތައް އަމަލު ކުރުމުން ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންފި ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތްތަކަށް ދަތިވާނެ ގޮތައް އެއްވެސް ފަރާތަކަށް އަމަލު ކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުން ( ޕީޖީ އޮފީހުގެ ވަކީލުން) ވަޑައިނުގަތީމަ ގައުމު މި އޮތީ ކޮން ހިސާބެއްގަތޯ ސުވާލު އުފެދޭ. ދައުލަތުގެ މުވައްސަސާއަކުން މިގޮތައް ފިތެން ޖެހޭނެ އެއްވެސް ސަބަބެއް ނުވަތަ ނުފިތެންޖެހޭ އެއްވެސް ސަބަބެއް ނޭނގެ. އަޅުގަނޑަށް އެއާ ދޭތެރޭ އެއްޗެއް ބުނަން ނޭނގިފައި މި ހުންނަނީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން އަމަލު ކުރެއްވި ގޮތާމެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ކޯޓުން މައްސަލަތަކެއް ހުރިކަމަށް މީގެ ކުރިން ފާހަގަ ކުރެވުނު ނަމަވެސް ކޯޓުގެ ނިންމުންތަކަށް ބަދަލުތަކެއް ފެންނަ ކަމަށް ވިދާޅުވި އެވެ.

"ތަފާތެއް އަތުވެއްޖެ ރައްޔިތުންގެ ހިތްތަކަށް ހަމަ ގައިމުވެސް، ކްރިމިނަލް ކޯޓުގެ ނިންމުންތަކާ ގުޅިގެން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށްވާއިރު ދެން އެކަން އެ ނިމުނީ ކަމަށެވެ. އަދި ހިނިފުޅުވަޑުވަމުން ވިދާޅުވީ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް ކަމަށާއި ޕީޖީ ވަކީލުން ވަޑައިނުގަތުން އެއީ ޕީޖީ އޮފީހުން އެ ކޮށްދެއްވި ރަނގަޅު ކަމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް