Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސީހުގެ އިތުބާރުގެ މައްސަލަ

ޕީޕީއެމް ޕީޖީގެ ލަންކާ ދަތުރު: ނިހާން އާއި ފަލާހުގެ ވާހަކަފުޅު ދިމައެއްނުވޭ!

ފަލާޙް ވިދާޅުވީ 2018 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކަމަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 8 ޖުލައި 2017 | ހޮނިހިރު 22:29
ލަންކާއަށް ކުރެއްވި ދަތުރުގައި ނިހާން އާއި ފަލާހް

ލަންކާއަށް ކުރެއްވި ދަތުރުގައި ނިހާން އާއި ފަލާހް

ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލިމެޓްރީ ގްރޫޕުގެ ވަފުދެއް ނިމިގެންދިޔަ ހަފްތާގައި އަވަށްޓެރި ސްރީލަންކާއަށް ކުރި ދަތުރުގެ މަޤުޞަދާއި ގުޅިގެން ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކާއި، ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް ދެގޮތަކަށް ވާހަކަފުޅު ދައްކަވައިފިއެވެ.

ދަތުރު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގެން، ރާއްޖެޓީވީއަށް ދެއްވި އެކްސްކްލޫސިވް އިންޓަރވިއުއެއްގައި ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރު ފަލާޙް ވިދާޅުވީ، މި ދަތުރަކީ 2018 ގެ ރިޔަސީ އިންތިޚާބުގެ ކެމްޕެއިން ސްރީ ލަންކާގައި ކުރިއަށްގެންދާނެ ގޮތް ރޭވުމަށް ކުރެއްވި ދަތުރެއް ކަމަށެވެ.

Advertisement - newsAdvertisement
"ރައީސުލްޖުމްހޫރިއްޔާ، 2018 ވަނަ އަހަރު އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލައްވާނެ މިހާރު ވަނީ އަޅުގަނޑުމެންނަށް ޔަޤީންވެފަ. އެހެންވީމަ އިރާދަކުރެއްވިއްޔާ އެމަނިކުފާނަށް ތާޢީދު ހޯދުމަށްޓަކާ އަޅުގަނޑުމެން، ކޮލަމްބޯ އަކީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ގާތްގަނޑަކަށް ފަންސަވީހަކަށް ހާސް ދިވެހިން ދިރިއުޅޭ (ތަނެއް). އެހެންވީމަ އެތަނުގަ އަޅުގަނޑުމެންގެ ސަޕޯޓަރުންނާ، އިސް ފަރާތްތަކާ ބައްދަލުކޮށް އެބޭފުޅުންނަށް މި ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތާ، އެކަންކަން ކުރާނެ، ރާވާނެ ގޮތާ މި ކަންކަން ހާމަކޮށްދީ އެމީހުންނާ ބައްދަލުކޮށްލަން ކުރި ދަތުރެއް މީ" ފަލާޙް ވިދާޅުވިއެވެ.

މި ދަތުރަކީ 2018 ގެ ރިޔާސީ އިންތިޚާބާއި ގުޅޭ ދަތުރެއް ކަމަށް ފަލާޙް ވިދާޅުވި ނަމަވެސް، މާލެ ވަޑައިގެން، ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ކުރެއްވި ޓްވީޓެއްގައި މި ދަތުރު ސިފަކުރައްވާފައިވަނީ މި އަހަރާއި ގުޅޭ ދަތުރެއްގެ ގޮތުގައެވެ. އެގޮތުން ނިހާން ވަނީ މި ދަތުރު "މިޝަން 2017" އިގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި ދަތުރުގެ މަޤުޞަދާއިމެދު ޕީޖީ ވަފުދުގެ އެންމެ އިސް ދެ ބޭފުޅުންގެ ވާހަކަފުޅުގައި ޚިލާފު ހުރިއިރު، ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ވަފުދު ލަންކާއަށް ވަޑައިގެންފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށެވެ. ނަމަވެސް ޑެޕިއުޓީ ޕީޖީ ލީޑަރު ފަލާޙް ވަނީ އެކަން ދޮގުކުރައްވާފައެވެ.

މި ދަތުރުގައި ނިހާން އާއި ފަލާޙްގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ ޕީޕީއެމްގެ މުސްތަޝާރު ފެކްޝަންގެ ނައިބު ރައީސް، އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު