Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް

ގައުމުތަކާއި ދައުލަތްތަކަށް ހުރި އެންމެ ނުރައްކާތެރި ގޮންޖެހުމަކީ ހަރުކަށި ޖަމާއަތްތަކާއި ހައްދުފަހަނަޅާފައިވާ ފިކުރުތައް : ޝަމާލް

24 އެޕްރީލު 2019 | ބުދަ 03:30

ދިވެހި ސިފައިން ވާންޖެހޭނީ މި ޖަޒީރާ ފަރުތަކާއި ފަޅުތައް ފަރިތަ ބަޔަކަށް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 24 އެޕްރީލު 2019 | ބުދަ 03:30
ޖަލްސާގައި ޝަމާލް ވާހަކަ ދައްކަވަނީ

ޖަލްސާގައި ޝަމާލް ވާހަކަ ދައްކަވަނީ

ގައުމުތަކާއި ދައުލަތްތަކަށް ހުރި އެންމެ ނުރައްކާތެރި ގޮންޖެހުމަކީ ހަރުކަށި ޖަމާއަތްތަކާއި ހައްދު ފަހަނަޅާފައިވާ ފިކުރުތަކާއި ވަކި ވަކި ފަރުދުން ދޭ ނުރައްކާތެރި ހަމަލާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ގައުމަތަކަށް ނުރައްކާތެރި ވަނީ ކޮންސަބަބު ތަކާއި ހުރެކަން އަވަށްޓެރި ސްރީލަންކާގައި ހިނގައިދިޔަ ކަންތައްތަކުން ވެސް އެނގިގެން ދާކަމަށާއި އަސްކަރިއްޔާތަކުގެ އަމާޒު މިއަދު ބަދަލުވެ ، ދިމާވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރު ވާން ޖެހޭ ކަމަށެވެ. އެހެން ގައުމުތަކާ ހިލާފަށް ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ، ސަލާމަތާއި ރައްކާތެރިކަން ކަނޑުގެ ސަރަހައްދަށް ގުޅިލާމެހިފައިވާ ގައުމެއްކަން ފާހަގަ ކުރައްވައި ޝަމާލް ވިދާޅުވީ އަސްކަރިއްޔާ އަކީ ދިމާވެދާނެ ކޮންމެ ނުރައްކައުތެރި ހާލަތަކަށް މަސަތްކަތް ކުރެވޭނެ ބަޔަކަށް ވުން މުހިންމު ކަމަށާއި ދިވެހި ސިފައިން ވާންޖެހޭނީ މި ޖަޒީރާ ފަރުތަކާއި ފަޅުަތައް ފަރިތަ ހިންގަން ޖެހޭ އަސްކަރީ ކޮންމެ ހާއްސަ އޮޕަރޭޝަނެއް ހިިންގޭނެ ބައެއްގެ ގޮތުގައި ކަމަށެވެ. ޕައިރެސީ ، ޑްރަގް ޓްރެފިކިންގް އަދި ގަން ރަނިންގް ފަދަ ކަންތައްތަކަކީ އިންޑިއާ ކަނޑުގައި ވަމުންދާ ކަންތައް ކަމަށާއި އެއީ ގައުމަށް ވަރަށް ބޮޑަށް ނުރައްކާވާ ކަމެއްގެ ގޮތުގައި ކަމަށް ޝަމާލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ދިވެހި އަސްކަރިއްޔާ އަކީ މި ޤައުމުގައި އޮތް އެންމެ ގިނަ ދުވަސްވީ އެންމެ ކަރާމާތްތެރި އެއް މުއައްސަސާކަމަށް ރައްޔިތުން ޝައްކެއް ނުކުރައްވާނެކަން ފާހަކުރެއްވިއެވެ. އަދި ސިފައިންނަކީ މި ލޮބުވެތި ވަޠަންގެ މިނިވަންކަމުގެ އައްޑަނަ ކަމަށާއި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ހިމާޔަތުގެ އައްޑަނަ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޝަމާލްގެ ވާހަކަފުޅުގައި ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަން ފާހަގަ ކުރެއްވިއެވެ. ސިފައިންގެ ތެރޭގައި އިންސާފާއި ހަމަހަމަކަމާއި އުސޫލުތަކާއި ނިޒާމުތައް ހަރުދަނާކޮށް ޤާއިމުކުރުމުގެ އިތުރުން އާންމު ރައްޔިތުންނާ އޮންނަ ގުޅުން އިހުނަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިކަންކަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ގެންދަވަނީ ވަރަށް ގާތުން ކަންކަން ބައްލަވަމުންކަން ފާހަގަކުރައްވާ ދިވެހި ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ނަންފުޅުގައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މި ކަންކަން ހަމަޖައްސަވައި ދެއްވުމުގައި ދިފާޢީ ވަޒީރު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅާއި ދެއްވި އިސްކަން ފާހަގަކުރައްވާ އެކަމަނާއަށް ވެސް ވަނީ ޝުކުރު ދަންނަވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް