Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރްސީ ހިޔާނާތް

މައުސޫމާއި އާޒިމްގެ ސަސްޕެންޝަން ވެސް އުވާލައިފި

23 އެޕްރީލު 2019 | އަންގާރަ 07:42

ދެބޭފުޅުންގެ ސަސްޕެންޝަން އުވާލީ އަންގާރަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އެޕްރީލު 2019 | އަންގާރަ 07:42
ފެންކުންފުނީގެ ޗެއަރމަން މައުސޫމާއި، އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އާޒިމް

ފެންކުންފުނީގެ ޗެއަރމަން މައުސޫމާއި، އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އާޒިމް

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން އޭސީސީން އާންމު ކުރި ރިޕޯރޓްގައި ނަން ހިމެނޭ މޯލްޑިވްސް ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީގެ ޗެއަރމަން އަހުމަދު މައުސޫމާއި، އައިލެންޑް އޭވިއޭޝަންގެ ބޯޑް މެމްބަރު އަބްދުﷲ އާޒިމްގެ ސަސްޕެންޝަން އުވާލައިފިއެވެ.

އެކަމާ ގުޅިގެން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، އެބޭފުޅުންގެ ސަސްޕެންޝަން އުވާލާފައިވަނީ އަންގާރަ ދުވަހު ކަމަށެވެ.

Advertisement - newsAdvertisement

ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު (މާލީ) އަހްމަދު މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެމްއެމްޕީއާރުސީގެ ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގައި އޭނާ ގޭގައި މަޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވަނީ ފެބްރުއަރީ މަހުގައެވެ. އެގޮތުން އޭސީސީގެ ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީގެ ފައިސާ ވަދެފައިވާ މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކީ ސީޖީޓީ ޕްރައިވެޓް ލިމިޓެޑާއި އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.

މިމައްސަލައާ ގުޅިގެން މައުސޫމް ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ ތެރޭގައި އޭނާއާ ދޭތެރޭ ނުބައި ތަސައްވަރެއް އުފެދިދާނެތީ ކަންބޮޑުވާ ކަމަށެވެ. އަދި މިއިން އެއްވެސް ކަމެއްގައި މައުސޫމްގެ ފަރާތުން ގާނޫނާއި ހިލާފަށް ނުވަތަ ކޮރަޕްޝަންއަށް މަގުފައިވާ ގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން، އާޒިމް ސަސްޕެންޑު ކުރީ، އެސްއޯއެފްގެ އެކައުންޓުން އޭނާގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ މައްސަލަ ބެލުމަށެވެ.

މައުސޫމާއި އާޒިމްގެ ސަސްޕެންޝަން އުވާލުމާއެކު އަންގާރަ ދުވަހު ވަނީ ވަޒީފާއަށް ނުކުމެވަޑައިގެންފައެވެ.

އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީން ހިންގި ތަހުގީގުގެ މައްޗަށް ބިނާކޮށް 776 ސަފްހާގެ ތަފްސީލީ ރިޕޯޓެއް އާންމުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2017

އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި، އަދިވެސް 27 ވަކީލެއް ސަސްޕެންޝަނުގަ!

30 ސެޕްޓެމްބަރު 2017
އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި، އަދިވެސް 27 ވަކީލެއް ސަސްޕެންޝަނުގަ!
18 ސެޕްޓެމްބަރު 2017

ވަކީލުންތަކުގެ ސަސްޕެންޝަން އުވާލުމަށް އެމްނެސްޓީއިން ގޮވާލައިފި

18 ސެޕްޓެމްބަރު 2017
ވަކީލުންތަކުގެ ސަސްޕެންޝަން އުވާލުމަށް އެމްނެސްޓީއިން ގޮވާލައިފި
13 ސެޕްޓެމްބަރު 2017

ވަކީލުންގެ ސަސްޕެންޝަން ވަގުތުން އުވާލުމަށް މައުމޫން ހަމީދު ގޮވާލައްވައިފި

13 ސެޕްޓެމްބަރު 2017
ވަކީލުންގެ ސަސްޕެންޝަން ވަގުތުން އުވާލުމަށް މައުމޫން ހަމީދު ގޮވާލައްވައިފި
04 ސެޕްޓެމްބަރު 2017

ބީބީސީން މިޔަންމާގެ ޓީވީ ޗެނަލް އާއި އެއްކޮށް ހަދައިފައިވާ އެއްބަސްވުން އުވާލައިފި

04 ސެޕްޓެމްބަރު 2017
ބީބީސީން މިޔަންމާގެ ޓީވީ ޗެނަލް އާއި އެއްކޮށް ހަދައިފައިވާ އެއްބަސްވުން އުވާލައިފި
03 ޖުލައި 2017

އާޒިމްގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީން ނިންމައިފި

03 ޖުލައި 2017
އާޒިމްގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީން ނިންމައިފި
11 ޖޫން 2017

އާޒިމްގެ ބަންދުގެ މައްސަލަ އިސްތިއުނާފުކޮށްފި

11 ޖޫން 2017
އާޒިމްގެ ބަންދުގެ މައްސަލަ އިސްތިއުނާފުކޮށްފި
10 ޖޫން 2017

އާޒިމްގެ ބަންދުގެ މައްސަލަ މާދަމާ އިސްތިއުނާފަށް ހުށަހަޅަނީ

10 ޖޫން 2017
އާޒިމްގެ ބަންދުގެ މައްސަލަ މާދަމާ އިސްތިއުނާފަށް ހުށަހަޅަނީ
08 ޖޫން 2017

އާދަމް އާޒިމްގެ ބަންދަށް 6 ދުވަސް ޖަހައިފި!

08 ޖޫން 2017
އާދަމް އާޒިމްގެ ބަންދަށް 6 ދުވަސް ޖަހައިފި!
30 މެއި 2017

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުން މީޑިއާތައް ބޭރުކޮށް ގްރޫޕް އުވާލައިފި

30 މެއި 2017
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުން މީޑިއާތައް ބޭރުކޮށް ގްރޫޕް އުވާލައިފި
17 މެއި 2017

ޤާސިމް އިބްރާހިމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް އުވާލައިފި

17 މެއި 2017
ޤާސިމް އިބްރާހިމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް އުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް