Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާދަމް އާޒިމް

އާޒިމްގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީން ނިންމައިފި

އާޒިމް ހައްޔަރުކޮށްފައި ވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 3 ޖުލައި 2017 | ހޯމަ 08:20

އެމްޔޫއޯގެ ޝެޑޯ ކެބިނެޓް މިނިސްޓަރު އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް(ޕީޖީ)ން ބުނެފިއެވެ.

އެކަން ޕީޖީއިން އަންގާފައިވަނީ ހޯމަދުވަހުގައެވެ.

Advertisement - newsAdvertisement

އާޒިމް ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، އާޒިމް ހައްޔަރުކުރީ، ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކައި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާއި މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދާ، އިތުބާރު ގެއްލުވާލުމަށް މަސައްކަތްކޮށް، ދޮގު މަޢުލޫމާތު ފަތުރައި، ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވާކަމަށް ތުޙުމަތު ކުރެވޭތީ ކަމަށެވެ. އަދި ހަމަ މިއާއިއެކު، މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް އާޒިމް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށާ، އާޒިމް މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމަކީ އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.

އާޒިމްގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރަށް ޕީޖީން ފޮނުއްވި ސިޓީގެ ޖަވާބުގައި21 ޖޫން 2017 ވަނަ ދުވަހު ޕީޖީއަށް ފޮނުއްވި ސީޓީއާއި ގުޅިގެން 14 ޖޫން 2017 ވަނަ އަހަރު އެ އޮފީހަށް ހުށައެޅުނު މައްސަލަ ވަނީ 19 ޖޫން 2017 ވަނަ ދުވަހު ބުނެފައިވަނީ އާޒިމްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމައި އެމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަނބުރާ ފޮނުވާލާފައިވާކަމަށެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު