Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަކީލުން ސަސްޕެންޑް ކުރުން

ވަކީލުންގެ ސަސްޕެންޝަން ވަގުތުން އުވާލުމަށް މައުމޫން ހަމީދު ގޮވާލައްވައިފި

ވަކީލުން ސަސްޕެންޑު ކުރަން ނިންމާފައިވަނީ ޑިއު ޕްރޮސެސްއަށް އަމަލު ކުރުމާއި ބެހޭ ގޮތުން ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަންތައްތަކާ ހިލާފަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 ސެޕްޓެމްބަރު 2017 | ބުދަ 11:04
ޤާނޫނީ ވަކީލް މައުމޫން ހަމީދު: ނޫސްވެރިންނަށް އިންޓަރވިއު ދެއްވަނީ

ޤާނޫނީ ވަކީލް މައުމޫން ހަމީދު: ނޫސްވެރިންނަށް އިންޓަރވިއު ދެއްވަނީ

ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކެއް ފާހަގަކޮށް އެކަންކަން އިސްލާހް ކޮށްދެއްވުން އެދި ޕެޓިޝަން ހުށަހެޅި މައްސަލާގައި ސަސްޕެންޑު ކޮށްފައިވާ 54 ވަކީލުންގެ ސަސްޕެންޝަން ވަގުތުން އުވާލަން މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ގޮވާލައްވައިފިއެވެ.

ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކީލުން ސަސްޕެންޑު ކުރަން ނިންމާފައި ވަނީ ޑިއު ޕްރޮސެސްއަށް އަމަލު ކުރުމާއި ބެހޭ ގޮތުން ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަންތައްތަކާ ހިލާފަށް ކަމަށާއި އެހެންކަމުން ވަގުތުން އެ ނިންމުން ބާތިލު ކުރަން ޖެހޭ ކަމަށެވެ.

ވަކީލުން ސަސްޕެންޑް ކޮށްފައި ވަނީ ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއި ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤު ކުރަމުންދާ ކަމަށް ބުނެ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ވަކީލުން ބުނަމުން ދަނީ ސަސްޕެންޑް ކުރިޔަސް ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ފަށާފައިވާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

ވަކީލުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަން ބަންޑާރަނައިބު މުހައްމަދު އަނިލްއަށް ހުށަހަޅާފަ އެވެ. އަދި އޭތްރީ ސައިޒަށް ޕްރިންޓް ކޮށްފައިވާ ގާނޫނު އަސާސީއެއް ވަކީލުން ވަނީ އަނިލްއަށް ވެދުން ކޮށްފަ އެވެ. ސަސްޕެންޑު ކުރީ ބިރު ދައްކަން ކަމަށާއި ފަހަތަށް ނުޖެހޭނެ ކަމަށް އެ ވަކީލުން ވަނީ ބުނެފައެވެ. އަދި މިމައްސަލަ ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސް ބޭރުގެ ބޮޑެތި މީޑިޔާތަކަށް އަރާފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު