Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްނެސްޓީ އިންޓަނޭޝަނަލް

ވަކީލުންތަކުގެ ސަސްޕެންޝަން އުވާލުމަށް އެމްނެސްޓީއިން ގޮވާލައިފި

18 ސެޕްޓެމްބަރު 2017 | ހޯމަ 10:37

ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެއްޖެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 18 ސެޕްޓެމްބަރު 2017 | ހޯމަ 10:37
ވަކީލުން ވަނީ ދުސްތޫރީ ފަސާނާގެ ނަމުގައި ހަރަކާތެއް ފަށާފަ

ވަކީލުން ވަނީ ދުސްތޫރީ ފަސާނާގެ ނަމުގައި ހަރަކާތެއް ފަށާފަ

ރާއްޖޭގެ ޝަރުއީ ނިޒާމް ބޭނުން ކުރަމުން ދަނީ ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ގެންގުޅޭ "ޓޫލް" އެއްގެ ގޮތުގައި ކަމަށް ބުނެ ސަސްޕެންޑް ކޮށްފައިވާ ހުރިހާ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި އެވެ.

ޝަރުއީ ދާއިރާގައި އިސްލާހު ކުރަންޖެހޭ ކަންތައްތައް ބަޔާންކޮށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން އުޅުމުން 54 ވަކީލަކު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެ ވަކީލުންތައް ސަސްޕެންޑް ކުރިއިރު، އިތުރު ދެ ވަކީލުން ސަސްޕެންޑް ކޮށްފައި ތިބޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން 13 ވަކީލަކަށް ހޯމަ ދުވަހު ވަނީ އަލުން ހުއްދަ ދީފަ އެވެ.

Advertisement - newsAdvertisement

ޖުމްލަ 56 ވަކީލަކު ސަސްޕެންޑު ކޮށްފައިވަނިކޮށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ބޮޑު ބައެއް ސަސްޕެންޑް ކުރުމާ ގުޅިގެން ނިޒާމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނީ ތަފާތު އެކި ކުށްތަކުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރަމުންދާ ދަނޑިވަޅެއްގައި ގިނަ އަދަދެއްގެ ވަކީލުންތަކެއް ސަސްޕެންޑް ކުރުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް ގާނޫނީ ވަކީލުންގެ ހާޒިރުގައި މައްސަލަތައް ކުރިއަށް ގެންދިއުމުގެ ހައްގު ގެއްލިފައިވާ ކަމަށެވެ.

އެގޮތުން ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި، އެމްޑީޕީގެ އިތުރުން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހުރިހާ ގާނޫނީ ވަކީލުން ސަސްޕެންޑް ކޮށްފައިވާކަން އެ ޖަމިއްޔާ އިން ފާހަގަ ކޮށްފައިވެއެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވާ ގޮތުގައި ވަކީލުން ސަސްޕެންޑް ކުރީ ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއި ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤު ކުރަމުންދާތީ އެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރައްދު ދެމުން އެމްނެސްޓީއިން ބުނެފައި ވަނީ، އެ ނިންމުމުގެ ސަބަބުން ބައިނަލްއަގްވާމީ މުއާހަދާތަކުންނާއި ރާއްޖޭގެ ގާނޫނު އަސާސީން ވަކީލުންނަށް ކަށަވަރު ކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވިފައިވާ ކަމަށެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަކީ ސުޕްރީމް ކޯޓުގެ ދަށުން ހިންގާ އިދާރާއެއްކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ ސަސްޕެންޑް ކުރަން ނިންމި ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު ވެސް ވަކީލުންނަށް ނުލިބޭ ކަމަށެވެ.

އިތުރަށް އެ ޖަމިއްޔާ އިން ބުނީ ދިވެހި ސަރުކާރުން އެއްވެސް އިހުލާސްތެރިކަމެއް ނެތި ޖިނާއީ އަދުލުގެ ނިޒާމަށް ބަދަލުތައް ގެންނަމުންދާ ކަމަށާއި ޝަރުއީ ދާއިރާ ބޭނުން ކުރަމުން ދަނީ ސިޔާސީ މަގުސަދުތައް ހާސިލްކޮށް ވަކީލުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅަން ގެންގުޅޭ ވަސީލަތެއްގެ ގޮތުގައި ކަމަށެވެ.

އެމްނެސްޓީއިން ވަނީ ވަކީލުންގެ ސަސްޕެންޝަން އުވާލައި، ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ވަކީލުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ބަލައިގަތުމަށް ގޮވާލާފަ އެވެ. އަދި ސިޔާސީ މަގުސަދުތައް ހާސިލްކޮށް އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް ޝަރުއީ ދާއިރާގެ ނާޖާއިޒް ބޭނުން ހިފުން ހުއްޓާލައި، ވަކީލުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލާފަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

21 މާރިޗު 2017

ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

21 މާރިޗު 2017
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
19 މާރިޗު 2017

މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި

19 މާރިޗު 2017
މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
02 މާރިޗު 2017

އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ

02 މާރިޗު 2017
އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
28 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް