Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަކީލުންގެ ސަސްޕެންޝަން

އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި، އަދިވެސް 27 ވަކީލެއް ސަސްޕެންޝަނުގަ!

30 ސެޕްޓެމްބަރު 2017 | ހޮނިހިރު 10:30

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ހުއްދަ ދިނީ މައްސަލަ ބެލުމަށް ފަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 30 ސެޕްޓެމްބަރު 2017 | ހޮނިހިރު 10:30
ޖުމްލަ 56 ވަކީލުން ސަސްޕެންޑްކުރިއިރު، މިހާތަނަށް ހުއްދަ ދީފައިވަނީ 29 ވަކީލުންނަށް

ޖުމްލަ 56 ވަކީލުން ސަސްޕެންޑްކުރިއިރު، މިހާތަނަށް ހުއްދަ ދީފައިވަނީ 29 ވަކީލުންނަށް

ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް ގޮވާލައި ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހަޅަން އުޅުމުން ސަސްޕެންޑް ކުރި ވަކީލުންތަކަކަށް އަލުން ހުއްދަ ދީފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ބުނީ ވަކީލުންތަކުގެ މައްސަލަ ބެލުމަށްފަހު އޭގެ ތެރެއިން 16 ވަކީލެއްގެ ސަސްޕެންޝަން އުވާލާ ކަމަށެވެ.

Advertisement - newsAdvertisement

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ގޮވާލައި 56 ވަކީލަކު ސޮއިކުރައްވައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން ދިޔައީ އޯގަސްޓް 30 ވަނަ ދުވަހު އެވެ. ނަމަވެސް އެ ޕެޓިޝަން ބަލައި ނުގަނެ، ޕެޓިޝަންގައި ސޮއިކުރެއްވި ވަކީލުން ސެޕްޓެމްބަރު 10 ވަނަ ދުވަހު ސަަސްޕެންޑްކުރި އެވެ. މި ސަސްޕެންޝަން އައީ"ފާޓު ފުޅާ" ގާނޫނު އަސާސީއަކާއެކު ވަކީލުންގެ ޕެޓިޝަން އެޓާނީ ޖެނެރަލް އޮފީހަށް ސެޕްޓެމްބަރު 10 ވަނަ ދުވަހު ހުށަހެޅުއްވި ފަހުންނެވެ.

ސަސްޕެންޑް ކުރި ވަކީލުންގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ފަނޑިޔާރުންތަކެއް ހިމެނޭ ގޮތަށް 35 ވަކީލުންނެއް ނިކުމެވަޑައިގެން، ސަސްޕެންޝަން އުވާލުމަށް ގޮވާލައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅުއްވާފައިވެއެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވާ ގޮތުގައި ވަކީލުން ސަސްޕެންޑް ކުރީ ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއި ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤު ކުރަމުންދާތީ އެވެ.

ހޮނިހިރު ދުވަހު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލިއިރު، ސެޕްޓެމްބަރު 18 ވަނަ ދުވަހު 13 ވަކީލެއްގެ ސަސްޕެންޝަން އުވާލާފައިވެއެވެ. އެހެންކަމުން ޖުމްލަ 29 ވަކީލެއްގެ ސަސްޕެންޝަން މިވަނީ އުވާލާފަ އެވެ.

މިފަހަރު ސަސްޕެންޝަން އުވާލި ވަކީލުންގެ ތެރޭގައި އަހުމަދު ނާޒިމާއި، ސަފާ ޝަރީފާއި، އަހުމަދު ޝަފީގާއި، ނޫރުއްސަލާމް އަބޫބަކުރާއި، އަބްދުﷲ ޝާއިރުގެ އިތުރުން ރައީފާ އަބްދުލް ވައްހާބް ހިމެނެ އެވެ.

ޕެޓިޝަނުގައި ސޮއިކޮށްގެން 54 ވަކީލަކު ސަސްޕެންޑްކުރިއިރު، ޕެޓިޝަން ހުށަހަޅަން އުޅުމުގެ ކުރިން ވެސް ދެ ވަކީލަކު ތިއްބެވީ ސަސްޕެންޝަނުގަ އެވެ. އެއީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ.

ވަކީލުންގެ ސަސްޕެންޝަން އުވާލާފައި މިވަނީ ބައިނަލްއަގްވާމީ އެކިއެކި ޖަމިއްޔާތަކުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ލޯ އޭޝިއާއާއި، އެމްނެސްޓީ އިންޓަނޭޝަނަލްއާއި، އިންޑިއާ ސުޕްރީމް ކޯޓް ބަރ އެސޯސިއޭޝަންގެ އިތުރުން އިންޓަނެޝަނަލް ކޮމިޝަން އޮފް ޖުރިސްޓްސް (އައިސީޖޭ) އިން ވަނީ ވަކީލުން ސަސްޕެންޑް ކުރުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން ގިނަ އަދަދެއްގެ ވަކީލުން ވަނީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް، ސިވިލް ކޯޓުން މައްސަލަ ބަލައިގަނެފައި ނުވެއެވެ.

ގިނަ އަދަދެއްގެ ވަކީލުންތަކެއް ސަސްޕެނޑް ކުރުމުން ކޯޓުތަކުގައި ހިންގާ މައްސަލަތަކަށް އެކަމުގެ އަސަރު ކޮށްފައިވެއެވެ. އެގޮތުން ގިނަ މައްސަލަތަކެއް ކެންސަލް ކުރަން ޖެހުނުއިރު، އަނެއް ބައި މައްސަލަތަކުގައި އެހެން ވަކީލުން ހޯދަން މުއްދަތު ދޭން ޖެހުނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް