Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން

ދަރިފުޅު ގޮވައިގެން ސަލާން ޖަހަން އުޅުނު މަންމައެއް ކްރިމިނަލް ކޯޓުން ޖޫރިމަނާ ކޮށްފި

އެކުއްޖާއަކީ 2 އަހަރުގެ ކުއްޖެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 އެޕްރީލު 2019 | ހޯމަ 07:12
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

މާލޭގައި ދެ އަހަރުގެ ދަރިފުޅުގެ ކަރާމާތް ގެއްލޭ ގޮތަށް އެ ކުއްޖާ ގޮވައިގެން ސަލާން ޖަހަން އުޅުނު މަންމައަކު ކްރިމިނަލް ކޯޓުން ޖޫރިމަނާ ކޮށްފިއެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި އޭނާ 150 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު، ހުކުމުގައި ބުނެފައިވަނީ މާރުކޭޓު ސަރަހައްދުގައި އޭނާ އުފަން ދަރިފުޅު ގޮވައިގެން ސަލާން ޖަހަން އުޅުނު ކަމަށް ޝަރީއަތުގައި އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށާއި، ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ގޮތަށް އޭނާ އަމަލު ކޮށްފައިވާ ކަމަށެވެ. އަދި އެއީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާ ޚިލާފުވުން ކަމަށާއި، ވުމާއެކު އޭނާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށް ސާބިތުވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މި މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ކުއްޖާގެ މަންމަ ކުށަށް އިއުތިރާފުވެފައިވާއިރު، ޖެންޑަރ މިނިސްޓްރީން އެކިފަހަރު މަތިން ނަސޭހަތް ދިނުމުން ވެސް ކުއްޖާ ގޮވައިގެން ސަލާން ޖަހަން ދިޔަ ކަމަށް ވެސް އޭނާ އެއްބަސްވެފައިވެއެވެ. އަދި އެކަމާ ގުޅިގެން އެ ކުއްޖާ ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިތުރު ދެ ދަރިން ބަލަމުންދާ އެ އަންހެންމީހާ ބުނީ، އޭނާއަށް އެކަނިވެރި މައިންނަަށް ދައުލަތުންދޭ އިނާޔަތް ވެސް ލިބޭ ކަމަށާއި، މިހާރު ސަލާން ޖަހަން ނުދާ ކަމަށެވެ. އޭގެ އިތުރުން، މިހާރު ދައުތަލުގެ ބެލުމުގެ ދަށުގައި ހުރި އޭނާގެ ދަރިފުޅު އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބަންދަކަށް ގޮސްފިނަމަ މިހާރު ބަލަމުންދާ ދެ ދަރިންނަށް ލިބިދާނެ ނިކަމެތި ކަމަށް ރިއާޔަތްކޮށް، އޭނާ ބަންދަކަށް ނުފޮނުވުމަށް ވެސް ވަނީ އެދިފައެވެ. އަދި ދައުލަތުގެ ވަކީލުން ވަނީ އޭނާގެ އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމަށް އިންކާރު ނުކުރާ ކަމަށް ބުނެފައެވެ.

އޭނާ ކުށަށް އިއުތިރާފުވެފައިވީ ނަމަވެސް ، މިހާރު އަމަލުކުރާ ޤާނޫނުލްއުޤޫބާތުގެ ދަށުން އޭނާ ކުރި ކުށުގެ އަދަބަކަށް 3 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި އެ އަދަބު ޖޫރިމަނާއަށް ބަދަލުކުރި ނަމަވެސް 21،600 ރުފިޔާ ދައްކަންޖެހޭނެއެވެ. ނަމަވެސް އޭނާ ކުށުގެ އަމަލު ހިންގި އިރު އަމަލު ކުރަމުންދިޔަ ޤާނޫނުލްއުޤޫބާތުގައި އެކުށުގެ އަދަބަކީ 6 މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުން ނުވަތަ އަރުވާލުން ނުވަތަ 150 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

ފަހުން ހަދާ ޤާނޫނުން ލިބިދޭ ލުޔެއް އޮތްނަމަ އެއަށް ރިއާޔަތް ކުރަން ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް މި މައްސަލަ ބެއްލެވި ގާޒީ އަލީ ރަޝީދު ހުސައިން ނިންމީ، ޤާނޫނުން ލިބިދޭ ލުއި ލިއްބައިދީ އޭނާ 150 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

29 މާރިޗު 2017
އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި
26 މާރިޗު 2017

ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި

26 މާރިޗު 2017
ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި
16 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

16 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
15 މާރިޗު 2017

ހާލު ބޮޑުވި އަންހެންމީހާގެ ދަރިފުޅު ފަސް މަހުގައި ނަގާއިފި

15 މާރިޗު 2017
ހާލު ބޮޑުވި އަންހެންމީހާގެ ދަރިފުޅު ފަސް މަހުގައި ނަގާއިފި
13 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

13 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު