Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގައިދިން ބޮމުގެ ހަމަލާ

ލަންކާގައި ދިން ބޮމުގެ ހަމަލާއާއި ގުޅިގެން 13 މީހަކު ހައްޔަރު ކޮށްފި

ހައްޔަރު ކުރި އެއްވެސް ބައެއްގެ ވަނަވަރު މިހާތަނަށް ހާމަކޮށްފައެއް ނުވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 22 އެޕްރީލު 2019 | ހޯމަ 03:30
ކުރިން ވަނީ ހަތް މީހަކު ހައްޔަރު ކޮށްފައި

ކުރިން ވަނީ ހަތް މީހަކު ހައްޔަރު ކޮށްފައި

ލަންކާގައި ދިން ބޮމުގެ ހަމަލާއާއި ގުޅިގެން 13 މީހަކު ހައްޔަރު ކޮށްފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްރީ ލަންކާގެ ޑިފެންސް މިނިސްޓަރ އާއި ހަވާލާ ދީ ބައިނަލްއަގުވާމީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، ކުރިން ހައްޔަރުކުރި ހަތް މީހުންގެ އިތުރުން، އިތުރު ހަ މީހަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

13 މީހުން ހައްޔަރު ކުރިކަމަށް ބައެއް ނޫސްތަކުގައި ބުނެފައިވީ ނަމަވެސް ހައްޔަރު ކުރި އެއްވެސް ބައެއްގެ ވަނަވަރު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ލަންކާގެ ޑިފެންސް މިނިސްޓަރ ރުވާން ވިޖޭވަރުދަނަ ވިދާޅުވީ އެ ގައުމުގައި ހަރަކާތްތެރިވާ ހަރުކަށި ވިސްނުމުގެ ގުރޫޕްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށާއި އެ ކަންތައްތައް ހުއްޓުމަކަށް ގެންނާނެ ކަމަށެވެ. ހަމަލާއާއި ގުޅިގެން ފުރަތަމަ ހައްޔަރު ކުރި 7 މީހުން ހައްޔަރު ކޮށްފައި ވަނީ ކޮލަމްބޯ އާއި ނިގަންބޯ އަދި ބަޓިކޯލާއިންނެވެ.

ލަންކާގެ ހަތަރު ފައްޅިއަކާއި ބައެއް ހޮޓާތަކަށް ވެސް އަމާޒުކޮށް އާދިއްތަ ދުވަހު ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް 207 މީހަކު ވަނީ މަރުވެފައެވެ. އަދި މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު މިހާރުވަނީ 500 އަށް ވުރެ މައްޗަށް އަރާފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު