Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްރީލަންކާގެ ބޮމުގެ ހަމަލާ

ލަންކާގެ ހަމަލާތަކުގައި ދިވެހިންގެ އެއްވެސް ބައިވެރިވުމެއް މިހާތަނަށް ނެތް: ދިވެހި ފުލުހުން

ހަމަލާއާ ގުޅިގެން ލަންކާގައި ބައެއް މީހުން ހައްޔަރުކޮށް، ވަނީ ތަހުގީގު ފަށާފައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 21 އެޕްރީލު 2019 | އާދީއްތަ 15:56
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު

އަވަށްޓެރި ސްރީ ލަންކާގައި އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި ދިވެހިންގެ އެއްވެސް ބައިވެރިވުމެއް އޮތްކަން އެ ޤައުމުގެ ފުލުހުން މިހާތަނަށް ދިވެހި ފުލުހުންނާ ހިއްސާކޮށްފައިނުވާ ކަމަށާއި، އެ ހަމަލާތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ވެސް ދިވެއްސަކު ހިމެނޭ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ސަލާމަތީ ޚިދުމަތްތަކުން ނޫސްވެރިންނަށް މަޢުލޫމާތުދިނުމަށް އާދިއްތަ ދުވަހު ބޭއްވި ނިއުސް ބްރީފިންގއެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، ހަމަލާތަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ 7 މީހުންގެ ތެރޭގައި ދިވެއްސަކު ހުރި ކަމުގެ، ނުވަތަ މި ހަމަލާގައި ދިވެހިންގެ ބައިވެރިވުމެއް އޮތްކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ވެފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement
"ހިނގައިދިޔަ ބޮމުގެ ހަމަލާއާ ގުޅިގެން، ބަޔަކު މީހުން ހައްޔަރުކޮށްފަ ތަހުގީގު ހިނގަމުންދާ ކަމަށް މަޢުލޫމާތު ލިބިފަ އެބަހުރި. އެހެންނަމަވެސް މިހާތަނަކަށް އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް، ދިވެއްސަކު ތަހުގީގަކަށް ހައްޔަރުކޮށްފަ ވާ ކަމަކަށް އަޅުގަނޑުމެންނަށް ސްރީ ލަންކާގެ ކަމާބެހޭ އެއްވެސް ވުޒާރާއަކުން އެއްވެސް އޮތޯރިޓީއަކުންނެއް ހާމަކޮށްފައެއް ނުވޭ," ހަމީދު ވިދާޅުވިއެވެ.

ހަމީދު އިތުރަށް ވިދާޅުވީ އާދީއްތަ ދުވަހު ހިނގާދިޔަ ކަންކަމާ ގުޅިގެން، ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި މެސެޖެއް ދައުރުކުރަމުންދާ ކަމަށެވެ. ހަމީދު ވަނީ އެފަދަ މެސެޖްތައް ސޯޝަލްމީޑިއާގައި ނުލިޔުމަށާއި، އެފަދަ ކޮންޓެންޓް ހިއްސާ ނުކުރުމަށް ގޮވާލައްވާއެވެ. އަދި ހަމަ މިއާ އެކު އޮންލައިން ނޫސްތަކުގެ ކޮމެންޓް ސެކްޝަންތަކުގައި ޓެރަރިޒަމަށް ހިތްވަރުލިބޭ ފަދަ ކޮމެންޓްތައް ލިޔަމުންދާ ކަމަށާއި، ނޫސްތަކުން މިކަމަށް ސަމާލުވުމަށް ވެސް ހަމީދު ގޮވާލެއްވިއެވެ.

ހަމީދު ވިދާޅުވީ އެފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ.

ނަޞާރާއިން ފާހަގަކުރާ އީސްޓަރއާ ދިމާކޮށް، ލަންކާގެ އެކި ހިސާބުތަކުގައިވާ އީސާއީ ފައްޅިތަކާށާއި، އީސްޓަރ ފާހަގަކުރުމަށް ހެނދުނުގެ ނަސްތާ ބާއްވަމުންދިޔަ ބޮޑެތި ޓުއަރިސްޓް ހޮޓާތަކަށް ހަށި ގޮއްވައިގެންނާއި އެހެން ގޮތްގޮތުން ދިން 8 ހަމަލާގައި މިހާތަނަށް 200 އަށްވުރެ ގިނަ މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މި ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޖަމާއަތަކަށް ނިސްބަތްވާ 7 މީހަކު މިހާރު ހައްޔަރުކޮށްފައިވާއިރު، ލަންކާގައި ކަރފިއު އިޢުލާނުކޮށް، ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އެ ޤައުމުގެ ކަމާއިބެހޭ ފަރާތްތަކުން ދަނީ މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު