Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ވައުދެއް ނުފެއްދި އޮތުމަށް ދައްކާނެ އެއްވެސް ބަހަނާއެއް ނެތް!

އާ ގާނޫނުއަސާސީގެ ދަށުން އެމްޑީޕީ ދެ ވަނަ ފަހަރަށް ވެރިކަމަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 21 އެޕްރީލު 2019 | އާދީއްތަ 17:11
އއ. އުކުޅަހުގައި އެމްޑީޕީން ބޭއްވި ކޮންގްރެސް

އއ. އުކުޅަހުގައި އެމްޑީޕީން ބޭއްވި ކޮންގްރެސް

ވެރިކަން ހިންގާ މައި ޕާޓީއަކީ އެމްޑީޕީއެވެ. އާ ގާނޫނުއަސާސީގެ ދަށުން ދެ ވަނަ ފަހަރަށް އެ ޕާޓީން ވެރިކަން ކުރަމުންދަނީ ޕާޓީތައް ހިމެނޭ ކޯލިޝަނަކުންނެވެ. އެމްޑީޕީން ވެރިކަން ކުރަމުންދަނީ ގާނޫނީ ބާރުވެރިކަމާއެކުގައެވެ. މަޖިލީހުގެ ސާފު އަގުލަބިއްޔަތު ވެސް އެ ޕާޓީއަށް ވަނީ ލިބިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް ސޯލިހު ވަޑައިގެންނެވުމާ އެކު އެ ޕާޓީގެ އެންމެ އިސް ލީޑަރަކީ އެމަނިކުފާނެއެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގިނަ ވައުދުތަކަކާ އެކުގައެވެ. އިންތިހާބުގައި އެންމެ ގިނަ ރަށްތަކަށް ވަޑައިގެންނެވި ކެންޑިޑޭޓަކީ ރައީސް ސޯލިހެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި، ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އިއުލާން ކުރައްވާފައެވެ. ރާއްޖެއަށް މިވަގުތު އެންމެ މުހިއްމީ އިންސާފުވެރި ފަނޑިޔާރުގެއެއް ކަމަށާއި ނާއިންސާފުންކޮށްފައިވާ ހުކުމްތައް ރިވިއު ކުރެވެންޖެހޭ ކަމަށާއި ވާދަވެރި ސިޔާސީ މާހައުލެއް ތަނަވަސްކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

ޒުވާނުންގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވައި، މަސްތުގެ ވަބާއިން މުޖުތަމައު ރައްކާތެރި ކުރާނެ ކަމަށް ވައުދު ވީ ގުޅިފައިވާ ޕާޓީތަކުންނެވެ. އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް، ސަލާމަތީ ހިދުމަތްތައް ސިޔާސީ ނުފޫޒުން ރައްކާތެރި ކުރާނެ ކަމަށް ވެސް ވައުދުވިއެވެ. ސަރަހައްދީ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫ އަރާނެ ކަމެއް ރާއްޖެއިން ނުކުރާނެ ކަމަށް ވެސް ވައުދުވީ ރައީސް ސޯލިހެވެ.

ރާއްޖެފަދަ އިސްލާމީ ދައުލަތަކުން އިސްލާމީ ގައުމުތަކާ ގުޅުން ކަނޑާލައި، ބާކީވެފައިވާ ގައުމަކަށް ރާއްޖެ ވެގެން ނުދާނެ ކަމަށް ވެސް ވައުދުވިއެވެ. ބާރުގަދަ، ނުފޫޒު ގަދަ ގައުމެއްގެ އަތް ދަށަށް ރާއްޖެ ދީލާ ނުލާނެ ކަމަށް ވެސް، ބުންޏެވެ. ރާއްޖޭގެ މާލީ ނިޒާމް ވަކި ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ހުއްޓުމަކަށް ގެނެސް، ދައުލަތް ދަރަނިވެރިވުން ހުއްޓުވާނެ ކަމަށް ވެސް ބުންޏެވެ.

އެންމެހާ ނުފޫޒުތަކުން އެއްކިބާވެފައިވާ ރައްޔިތުންގެ އިންސާނީ ކަރާމާތާއި ހައްގުތައް ރައްކާތެރިކޮށް، ގާނޫނުއަސާސީ އާއި ގާނުނުތަކުގެ ތެރެއިން އިންސާފު ގާއިމުކޮށްދޭނެ މިނިވަން ޝަރުއީ ނިޒާމެއް ގާއިމު ކުރުމުގެ ވައުދަކީ އެމްޑީޕީގެ އެންމެ ބޮޑު ވައުދެވެ. އެގޮތުން ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ނުހައްގުން ޖަލަށްލެވިފައިވާ ފަރާތްތަކާ މެދު ކަންކުރެވުނު ގޮތް މުރާޖާއާކޮށް، ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް މަންފާ ހޯދުމަށް ސިޔާސީ ނުފޫޒުން ނިންމާފައިވާ މަދަނީ މައްސަލަތައް މުރާޖާ ކުރުން އޭގެ ތެރޭގައި ހިމެނެއެވެ. ދައުލަތުގެ އެންމެހާ އިދާރާތަކުގެ ސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް އަނިޔާ ލިބޭ ގޮތަށް ބައްޓަންކޮށްފައިވާ ސިޔާސަތުތައް ބަދަލު ކުރުމަކީ ވެސް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ލިޔެފައިވާ ވައުދެކެވެ.

ރާއްޖޭގައި އިންސާފު ގާއިމުކޮށް، އަދުލުވެރި ދައުލަތެއް އުފެއްދުމަށްޓަކާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް ހަރުދަނާކޮށް، ބާ އެސޯސިއޭޝަން އުފައްދައި ޕަބްލިކް ޑިފެންޑަރސް އޮފީސް ގާއިމުކޮށް، އިންތިގާލީ އަދާލަތު ގާއިމު ކުރުމަކީ އެމްޑީޕީން އުފަންކުރި ވައުދުތަކެވެ.

މިއަދު އެ ވައުދުތައް ފުއްދުމުގެ ހަގީގީ ބާރުވެރިކަން ލިބިފައި ވަނީ އެމްޑީޕީއަށެވެ. ސަބަބަކީ އާ މަޖިލީހުގެ ސާފު އަގުލަބިއްޔަތު އެ ޕާޓީއަށް ލިބިފައިވުމެވެ. ފަސްދޮޅަށް ފަސް މެމްބަރުންގެ އަގުލަބިއްޔަތާ އެކު ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް އެއްވެސް ހުރަހެއް އެ ޕާޓީއަށް މިއަދަކު ނެތެވެ. ރާއްޖޭގެ ބަރުހަލަމާނީ ހަޔާތުގައި ޕާޓީއަކަށް މިހާތަނަށް ނުލިބޭ ވަރުގެ ބޮޑު އަގުލަބިއްޔަތެއް އެ ޕާޓީއަށް އެ ވަނީ ލިބިފައެވެ. އެހެންކަމުން ވައުދެއް ނުފުއްދި އޮތުމަށް ދައްކާނެ އެއްވެސް ބަހަނާއެއް އެމްޑީޕީއަށް މިހާރަކު ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޯހިޔާވަހިކަމަކީ ވައުދެއް! ރިޝްވަތެއް ނޫން!

ބޯހިޔާވަހިކަމަކީ ވައުދެއް! ރިޝްވަތެއް ނޫން!

22 މާރިޗު 2019
2013ގައި ވިވައުދުތައް ނުފުއްދުނު ބަޔަކަށް ދެންވެސް ފުއްދޭނެ ވައުދެއް ނޯންނާނެ!

2013ގައި ވިވައުދުތައް ނުފުއްދުނު ބަޔަކަށް ދެންވެސް ފުއްދޭނެ ވައުދެއް ނޯންނާނެ!

24 އޯގަސްޓު 2018
އިންތިހާބު ބޯމަތިވެފައި، އިންކަމް ޓެކްސްގެ ވާހަކަދައްކާނެ މީހެއް ނެތް؟

އިންތިހާބު ބޯމަތިވެފައި، އިންކަމް ޓެކްސްގެ ވާހަކަދައްކާނެ މީހެއް ނެތް؟

19 އޯގަސްޓު 2018
ސުވާލާއި ޖަމާބު: ދުވާލު މާލޭގެ މަގުތަކަށް ލުޔެއް، އާންމުންގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ

ސުވާލާއި ޖަމާބު: ދުވާލު މާލޭގެ މަގުތަކަށް ލުޔެއް، އާންމުންގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ

02 އެޕްރީލު 2018
ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު