ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 07:35
ކާރު ބޮމުގެ ހަމަލާގައި މޮގަދިސޫގެ ސަރަހައްދެއް އެއްކޮށް ހަލާކުވެފައި
ކާރު ބޮމުގެ ހަމަލާގައި މޮގަދިސޫގެ ސަރަހައްދެއް އެއްކޮށް ހަލާކުވެފައި
އަލްޖަޒީރާ
ސޯމާލިއާ
މަރުވެފައިވާ ހަށިތައް ނޫން އެއްވެސް އެއްޗެއް ނުފެނޭ
 
އަވަށުގެ އެންމެންވެސް އެވަގުތު މަސައްކަތް ކުރަމުން ދިޔައީ އެންމެން އެންމެނަށް ގުޅާ އެމީހުންގެ މީހުންގެ ހާލު ރަނގަޅު ތޯ ބަލަން
 
މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފެނުނީ އަޑުއައި ދިމާލުގެ ޖައްވު ކަޅު ދުމުން ފުރުނުތަން
 
އެނބުރިލި ކޮންމެ ދިމާލަކުން އިވެނީ ޒަޚަމވެފައިވާ މީހުން އެހީތެރިކަމަކަށް އެދި ރޮމުންދާ ވޭނީ އަޑު

"ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ މަރުވެފައިވާ މީހުންގެ ހަށިތައް. އެނބުރިލި ކޮންމެ ދިމާލަކުން އިވެނީ ޒަޚަމވެފައިވާ މީހުން އެހީތެރިކަމަކަށް އެދި ރޮމުންދާ ވޭނީ އަޑު. އިވެމުންދިޔަ އަޑާއި ފެންނަމުންދިޔަ މަންޒަރު ޤަބޫލް ކުރަންވެސް ދަތި" ސޯމާލިޔާގެ މޮގަދިސޫ އެމްބިއުލާންސް ސަރވިސްގެ ޑިރެކްޓަރ އަބްދުލް ކާދިރް އަބްދި ރަހްމާން އަސަރާއެކު ބުންޏެވެ.

އޭނާއަކީ މޮގަދިސޫގައި ހޮނިހިރު ދުވަހުދިން ކާރުބޮމުގެ ހަމަލާގައި މަރުވި 200 އަށްވުރެ ގިނަ މީހުން އުފުލި އެކަކެވެ.

އޭނާ ބުނީ އެދުވަހަކީވެސް އާދައިގެ ދުވަހެކެވެ. ވަރަށް ހިތްގައިމު އަދި ކުރާނެ މަސައްކަތް މަދު ދުވަހެކެވެ. އިށީނދެލައިގެން އިނީ އެބޮމުގެ ހަމަލާދިން ސަރަހައްދާ ގާތްގަނޑަކަށް ކިލޯ މީޓަރެއްހާ ދުރުގައި ހުރި އޭނާގެ އޮފީހުގެ މޭޒުގެ ދޮށުގައެވެ.

"ކުއްލިއަކަށް އިވުނީ ވަރަށް ބާރުގަދަ އަޑެއް. ވަރަށް ބާރުގަދަ އެއްޗެއް ގޮވިއަޑު. މީގެ ކުރިން ދުވަހަކުވެސް އެހާ ގަދަ އަޑުފަށްގަނޑެއް ނާހަން. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފެނުނީ އަޑުއައި ދިމާލުގެ ޖައްވު ކަޅު ދުމުން ފުރުނުތަން. ވަރަށް ކަޅު ދުންތަކެއް. މުޅި ހިސާބުގަނޑު އަނދިރިވެގެންގޮސް އޮތީ" އެބޮން ގޮވި ވަގުތުކޮޅު ސިފަކޮށްދެމުން އޭނާ ބުންޏެވެ.

 އޭނާ ބުނީ ވަގުތުން އޭނާގެ ޓީމުގައި ހިމެނޭ މީހުންނަށް ގުޅަންފެށިން ކަމަށެވެ. އަދި ވެގެން އުޅޭ ގޮތެއް ކިޔައިދޭން ނުޖެހުނު ކަމަށާއި އެންމެންނަށްވެސް މަންޒަރާ އއަޑުން ވެގެން އުޅޭގޮތެއް އެނގިފައިާ ކަމަށެވެ.

އޭނާ މަސައްކަތް ކުރާ އާމިން އެމްބިއުލާންސް ޚިދުމަތަކީ 2008 ގައި އުފައްދާފައިވާ އެންބިއުލާންސްގެ ޚިދުމަތްދޭ ކުންފުންޏެކެވެ. އޭނާ ބުނީ މީގެ ކުރިން އެވަރުގެ ކަމަކާ ދިމާވެފައެއް ނުވެއެވެ. އަދި އަމުދުން ހުވަފެނުގައިވެސް އެފަދަ ކަމެއް ފެނިފައި ނުވާ ކަމަށެވެ.

"ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ މަރުވެފައިވާ މީހުންގެ ހަށިތައް. އެނބުރިލި ކޮންމެ ދިމާލަކުން އިވެނީ ޒަޚަމވެފައިވާ މީހުން އެހީތެރިކަމަކަށް އެދި ރޮމުންދާ ވޭނީ އަޑު. އިވެމުންދިޔަ އަޑާއި ފެންނަމުންދިޔަ މަންޒަރު ޤަބޫލް ކުރަންވެސް ދަތި" އޭނާ ބުންޏެވެ.

އޭނާ ބުނީ ބޮޑެތި އިމާރާތްތައް ވަނީ ހަލާކުވެ ބިމާ ހަމަވެފައެވެ. ނުވެއްޓި ހުރި އިމާރާތްތައް ވަނީ އަރިއަޅާލާފައެވެ. ވެހިކަލްތައް ހުރީ އެނދުމުގެ އިތުރުން އެފުށް މިފުށަށް ޖެހިފައެވެ. މުޅި ހިސާބު ގައި އޮތީ އަޅިއާއި ލެޔެވެ. މީހުން ލައިގެން ތިބި އަންނައުނުތަކުގެ ބައިތަކެވެ.

އޭނާއަށް ހަނދާނުން ނައްތާލަން ދަތި މަންޒަރެއްވެސް ހިއްސާ ކުރިއެވެ.

"ސްކޫލުން ކުޑަކުޑަ ކުދިންތަކެއް ގޮވައިގެން އައި ބަހެއް އޮތް އަނދާ ހުލިވެފައި. އޭގެން ނާނދާ ހުރި ބައިތަށް ފެނުމުން ބުނަންވެސް ނޭނގޭފަދަ އިހްސާސްތަކެއް ކުރެވުނު. އެކަމެއް ހަނދާނުން ފުހެއެއް ނުލެވޭނެ." އޭނާ ބުންޏެވެ.

އޭނާ ބުނީ  މަރުވެފައިވާ މީހުންގެ ހަށިތަކާއި ޒަޚަމްވި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް އެމީހުންގެ 10 އެމްބިއުލާންސް އިންވެސް އެކަމަށް ނުފުދޭ ކަމަށެވެ. އަދި އަވަށުގެ އެންމެންވެސް އެވަގުތު މަސައްކަތް ކުރަމުން ދިޔައީ އެންމެން އެންމެނަށް ގުޅާ އެމީހުންގެ މީހުންގެ ހާލު ރަނގަޅު ތޯ ބަލާ ޗެކް ކުރަމުންދިއަ ކަމަށެވެ. އެކަމުގެ ސަބަބުން ނެޓްވޯކް ޖޭމްވެ އެމްބިއުލާންސާއި ހޮސްޕިޓަލްތަކާއި ގުޅުމަށްވެސް ދަތިތަކަކާއި ކުރިމަތިވިކަމަށެވެ.

 

އޭނާ ބުނީ ކޮންމެ ދުވަހަކުވެސް ފެންނަ މީހުން މަރުވެފައިވާ ކަމަށާއި މޮގަދިސޫގެ ކޮންމެ ގެއަކުން މީހަކު ނުވަތަ ކޮންމެ ގެއަކާ ގުޅުންހުރި މީހަކު މަރުވެފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު ސަރުކާރުގެ އޮފީސްތަކާއި ރެސްޓޯރެންޓް އަދި ހޮޓާތައް ހިމެނޭ މޮގަދިސޫގެ ސެންޓްރަލް 5 ކޭ ޖަންކްޝަންގައި ދިން މި ހަމަލާގައި ގިނަ އިމާރާތްތަކަކާއި ގިނައަދަދެއްގެ ވެހިކަލްތަކަކަށް ވަނީ ގެއްލުން ލިބިފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
50%
50%
0%
0%
ކޮމެންޓް