Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން ނޫސްވެރިކަން

މިނިވަން ނޫސްވެރިކަމަކަށް ބްރޯޑް ކޮމްގެ ހުރިހާ މެންބަރުން މަގާމުން ވަކި ކުރަންޖެހޭ. ވިޝާމް

20 އެޕްރީލު 2019 | ހޮނިހިރު 03:43

ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެ  98 ވަނައިގައި

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 20 އެޕްރީލު 2019 | ހޮނިހިރު 03:43
މުހަމަދު ވިސާމް (ސަމްޕަތު)

މުހަމަދު ވިސާމް (ސަމްޕަތު)

މިނިވަން ނޫސްވެރިކަމަކަށް ބްރޯޑް ކޮމްގެ ހުރިހާ މެންބަރުން މަގާމުން ވަކި ކުރަންޖެހޭ ކަމަށް ކުރިއަށް އޮތް 19 ވަނަ މަޖިލީހުގެ އެމްޑީޕީ ޓިކެޓްގައި ގަމު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވާ މުހަމަދު ވިސާމް ވިދާޅުވެއްޖެއެވެ

ގައުމުތަކުގެ މެދުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ވަޒަންކޮށް ނެރޭ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް "ގައި ދިވެހިރާއްޖެ 22 ދަރަޖަ ކުރިޔަށް ޖެހިލާފައި ވާތީ އެކަމަށް އިޝާރަތް ކުރައްވައި ހުކުރު ދުވަހުގެ ރޭ ވިސާމް ކުރައްވާފައިވާ ޓްވީޓެއްގައި ބުނީ 2013 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޕްރެސް ފްރީޑަމް އިންޑެކްސްގައި 22 ދަރަޖަ ކުރިއަށް ޖެހިލުމަކީ ލިބިގެންދިޔަ ވަރަށްބޮޑު އުފަލެއް ކަމަށެވެ.

Advertisement - newsAdvertisement

ނަވެސް މިފަދަ ކުރިއެރުމަކަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ބްރޯޑްކޮމް ކަން ފާހަގަ ކުރައްވާ މިނިވަން ނޫސްވެރި ކަމަކަށް އެކޮމިޝަނުގެ ހުރިހާ މެންބަރުން މަގާމުން ވަކި ކުރަންޖެހޭ ކަމަށް ޓްވީޓްގައި ވެއެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ވިސާމް ( ސަމްފަތު) އަކީ ރާއްޖެ ޓީވީގައި މަސައްކަތް ކުރެއްވި ދުވަސްވަރުގައި ވެސް ނޫސްވެރިންގެ ހައްގުގައި ވަކާލާތުކޮށް ނޫސްވެރިކަމުގެ މިނިވަން ކަން ދިފާއު ކުރުމުގައި ޚާއްސަކޮށް ރައީސް ޔާމީނުގެ ވެރިކަމުގައި ނިގުޅައިގެންފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ހޯދުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެކެވެ.

180 ގައުމެއް ހިމަނާފައިވާ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް މިއަހަރު ރާއްޖެ 98 ވަނައިގައި އޮތް އިރު މީ ސާކުގެ ގައުމުތަކަށް ބަލާއިރު 2 ވަނައެވެ.

2018 ވަނަ އަހަރު 120 ވަނާގައި ރާއްޖެ އޮތް އިރު 2017 ވަނަ އަހަރު އޮތީ 117ވަނައިގައެވެ.

2013 ވަނަ އަހަރު ޔާމީން ވެރިކަމާއި ހާވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތީ ލިސްޓުގެ 103 ވަނައިގައެވެ. އަދި ރައިސް ޔާމީންގެ ދައުރުގައި ރާއްޖެ ލިސްޓުގައި އަހަރުން އަހަރަށް ދަށްވެފައިވާކަން ފާހަގަ ކޮށްލެވެއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް ފާސްކޮށް އެމަނިކުފާނުން ތަސްދީގު ކުރައްވާފައިވާ އަބުރާ ބެހުމުގެ ޤާނޫނު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ 47 މެމްބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކުރީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު މަޖިލީހުގެ 38 މެމްބަރުންގެ އަޢުލަބިއްޔަތުން އެބިލް ވަނީ އުވާލައިފަ އެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި ގާއިމް ކޮށްދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދު ފުޅެކެވެ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް