Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އުތުރު ކޮރެއާ - އެމެރިކާ

އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ އެދުންތަކަށް އިޖާބާ ދިފާނެތަ؟

އަންގާރަ ދުވަހުގެ ބައްދަލުވުމަކީ އެމެރިކާގެ ރައީސަކު ދައުރުގެ ތެރެއިން އުތުރު ކޮރެއާގެ ލީޑަރާއި ބައްދަލުކުރެއްވި ފުރަތަމަ ބައްދަލުވުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 12 ޖޫން 2018 | އަންގާރަ 16:37
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްދަލުވެވަޑައިގަތް ތާރީޚީ ވަގުތުކޮޅު

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްދަލުވެވަޑައިގަތް ތާރީޚީ ވަގުތުކޮޅު

"އަލިފާނުގެ" ބަސްތައް ރައްދުކުރަމުންދާ ދެ ގައުމުން އެންމެ ފަހުން ސުލްހަ ވެއްޖެ ކަމަށް ހީވާން ފަށައިފިއެވެ. އެހެން ނަމަވެސް އަދި ކަންކަން ވެދާނެ ނުވަތަ ވާނެ ގޮތެއް ބަލަން ވަރަށް ދައްޗެވެ. މި ދައްކަނީ އެމެރިކާ އާއި އުތުރު ކޮރެއާގެ ވާހަކައެވެ. އެމެރިކާ އިން އުތުރު ކޮރެއާއާ މެދު ހިތްހަމަނުޖެހޭ މައިގަނޑު ސަބަބަކީ އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހިންގާތީ އާއި މިސައިލްތައް ޓެސްޓްތައް ކުރަމުންދާތީއެވެ.

ވަރަށް ބޮޑަށް ޑިޕްލޮމަސީ ކުރިއަށް ނެެރެ، ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު، އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިންގެ ބައްދަލުވުން ހަގީގަތަކަށް ވެއްޖެއެވެ. ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްދަލު ކުރައްވައިފިއެވެ. ސުލްހަވެރި ދުނިޔެއަކާ ދިމާލަށް އިންސާނުން އަޅާ ބިޔަ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވިފައިވާ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިންގަޕޫރުގެ ކަޕެލާ ހޮޓެލްގައެވެ. ޖޫން 12 ވީ އަންގާރަ ދުވަހު، ސިންގަޕޫރު ގަޑިން ހެނދުނު 9 ޖެހިއިރު ރައީސް ޓްރަމްޕް އާއި ކިމް ޖޮން އުން ވަނީ ކަޕެލާ ހޮޓެލްގައި ބައްދަލުކުރައްވައި، ސަލާން ކުރައްވާފައެވެ. އަދި އެ އަށް ފަހު ދެ ބޭފުޅުން ވަނީ ފޮޓޯއަކަށް ހުއްޓިވަޑައިގެންފައެވެ. އެމެރިކާގެ ރައީސަކު ދައުރުގެ ތެރެއިން އުތުރު ކޮރެއާގެ ލީޑަރާ ބައްދަލުކުރައްވައި ފުރަތަމަ ބައްދަލުވުން އަންގާރަ ދުވަހު ބޭއްވިގެން ދިޔައިރު، ދެގައުމުގެ ވެރިން ވަނީ މަޝްވަރާތައް ބާއްވަވާފައެވެ.

މިހާރުން ދެން އުފެދެނީ އެންމެ ސުވާލެކެވެ. ދެ ގައުމުގެ ވެރިންގެ ބައްދަލުވުމުން ހާސިލުވީ ކޮންކަމެއްތޯއެވެ. އެންމެ ބޮޑު ކަމަކަށް ފާހަގަވެގެން ދިޔަ ކަމަކީ އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ހާއްސަ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއި ކުރެއްވުމެވެ. އެ އެއްބަސްވުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ ދެ ގައުމުގެ ވެރިން ސޮއިކުރެއްވި އެއްބަސްވަމަކީ ވަރަށް "ރަނގަޅު އެއްބަސްވުމެއް ކަމަށެވެ." ދެގައުމުގެ ވެރިން ސޮއިކުރެއްވި މި އެއްބަސްވުމުގައި، ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުުުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލަމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރުކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ރައީސް ޓްރަމްޕް ދެއްވި ޕްރެސް ކޮންފަރެންސް އެއްގައި އެމަނިކުފާނު ވިދާޅުވީ ދެކުނު ކޮރެއާއާ ގުޅިގެން އެމެރިކާ އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތައް އެމެރިކާ އިން ހުއްޓާލާނެ ކަމަށާއި ދެކުނު ކޮރެއާ އާއި އެމެރިކާގެ އަސްކަރީ ތަމްރީންތަކަކީ ރުޅިއެރުވުމެއް ކަމަށެވެ. ރައީސް ޓްރަމްޕް ވިދާޅުވީ އުތުުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިވަގުތައް ދެމި އޮންނާނެ ކަމަށެވެ. ދެ ކޮރެއާ އުފެދުނު ފަހުން ދެކުނު ކޮރެއާ ހިމާޔަތުގައި އެމެރިކާ އިން ގިނަ އަދަދެއްގެ ސިފައިން އެ ދެ ގައުމުގެ ސަރަހައްދީ ރޮނގުގައި ބައިތިއްބާއިރު، އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ކޮންމެ އަހަރަކު ވެސް އަސްކަރީ ތަމްރީންތައް ބާއްވައެވެ. އުތުރު ކޮރެއާ އިން އަބަދުވެސް ބުނަމުން ދަނީ އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީންތަކަކީ އުތުރު ކޮރެއާ އަށް ހުރި ބިރެއް ކަމަށެވެ.

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސްގެ ބައްދަލުވުމަށް ހަގީގީ ސިފަ އައިސް އެ ބައްދަލުވުން، ހަގީގަތަކަށް ހެދުމަށްޓަކައި ޑިޕްލޮމަސީ ކުރިއަށް ނެރެ އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން ގެންދެވީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. އަދި ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް ދެކުނު ކޮރެއާ އިން ވެސް ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. ކޮންމެއަކަސް "އަލިފާނުގެ" ބަސްތައް ބަދަލު ކުރަމުން ދިޔަ އެމެރިކާ އާއި އުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިން ބައްދަލު ކުރައްވައިފިއެވެ. ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުުުދުވެވަޑައިގެންފައިވެއެވެ. ސުވާލަކީ އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލައި މިސައިލްތައް ޓެސްޓް ކުރުން ހުއްޓާލަފާނެތޯއެވެ.؟

ކޮމެންޓް

އިތުރަށް ކިޔާލަން

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017
އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟

އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟

15 އޯގަސްޓު 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު