ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޓީއެފްޖީ ލޯންގް ރަން 2019 ގައި ބައިވެރިވެވަޑައިގެންފި
19 އެޕްރީލު 2019 | ހުކުރު 06:57އެކަމަނާގެ އަރިހުގައި ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވެވަޑައިގެންނެވި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ދުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު "ޓީއެފްޖީ ލޯންގް ރަން 2019" ދުވުމުގައި ބައިވެރިވެވަޑައިގެންފިއެވެ.
ހުކުރު ދުވަހު ހެނދުނު އޮތް މިދުވުމުގެ ހަރަކާތުގައި އެކަމަނާގެ އަރިހުގައި ގިނަ އަދަދެއްގެ ދުވުންތެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ފަޒްނާ ދުވުން ނިންމަވާލެއްވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދުވުން ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެން ހުންނެވި އެވެ.
މި ހަރަކާތަކީ ޓީއެފްޖީގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ބޭއްވި ދުވުމުގެ ބޮޑު ހަރަކާތެކެވެ.
މި ދުވުމުގެ ހަރަކާތުގައި 2000 ހެއްހާ މީހުން ބައިވެރިވި ކަމަށް ކަމަށް ޓީއެފްޖީން ބުނެ އެވެ. މި ދުވުމުގައި މެރެތަން އާއި ހާފް މެރެތަންގެ އިތުރުން 10 ކިލޯމީޓަރުގެ ދުވުމާއި ފަސް ކިލޯ މީޓަރަށް ދުވެފައިވެއެވެ.
ޓީއެފްޖީން ވަނީ މިއަހަރުގެ ދުވުމާއި ގުޅިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއިއެކު އެއްބަސްވުމެއްގައިވެސް ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމާއެކު ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ ޖެނުއަރީ މަހުގައި، ލ. ގަމުގައި ބޭއްވި ޓީއެފްޖީ މެރަތަންގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންފައެވެ. ޓީއެފްޖީން އަންނަނީ ކޮންމެ އަހަރަކު ވެސް އެކި ދުވުންތައް ބާއްވަމުންނެވެ.







