Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝުންބާ

މަރުތައް ބަލާ ކޮމިޝަނަށް ޝުމްބާ ހާޒިރުވާން އަންގައިފި

17 އެޕްރީލު 2019 | ބުދަ 19:40

ހާޒިރު ކުރަނީ އަފްރާޝީމާއި ރިލްވާނާ ގުޅޭ ތަހުގީގަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 17 އެޕްރީލު 2019 | ބުދަ 19:40
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފު (ޝުމްބާ)

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފު (ޝުމްބާ)

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ރިޔާސީ ކޮމިޝަނަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފު (ޝުމްބާ) ހާޒިރުވާން އަންގައިފިއެވެ.

މޯލްޑިވްސް ތާރޑްވޭ ޑިމޮކްރޭޓްސް (އެމްޓީޑީ) ކައުންސިލްގެ މެމްބަރުކަން ކުރައްވާ ޝުމްބާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ ބުރާސްފަތި ދުވަހުގެ މެންދުރު ރިޔާސީ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާ ކަމަށާއި އެދިފައިވާ ގޮތަށް އެ ކޮމިޝަންގެ ތަހުގީގުތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް އޭނާ ހާޒިރު ކުރަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ނޭނގޭ ކަމަށް ޝުމްބާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޝުމްބާ އެ ކޮމިޝަނަށް ހާޒިރު ކުރަނީ އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާ ގުޅޭ ގޮތުން އޭނާ ކޮންފައިވާ ޓްވީޓުތަކާ ގުޅިގެންނެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލައާ ގުޅިގެން ކަމަށް ބުނެ، ރައީސް ޔާމީންގެ ވެރިކަމުގައި ޝުމްބާ ހައްޔަރު ކުރިއެވެ. ސްރީލަންކާގައި އޭނާ ހުއްޓާ ހައްޔަރުކޮށްގެން ރާއްޖެ ގެނެސް، ހުކުމް ނުކޮށް، ތިން އަހަރާއި އެއްމަހާއި 22 ދުވަސް ވަންދެން އޭނާ ބަންދުކޮށްފައި ބެހެއްޓިއެވެ.

މަރާލާފައި އޮއްވާ ފެނުނު ބްލޮގަރު ޔާމީން ރަޝީދަށް 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު ދީފައިވާ އިންޒާރުތަކާ ގުޅިގެން، ޕީޕީއެމް ކައުންސިލްގެ ކުރީގެ މެމްބަރު ޒާހިދު ރަމީޒު ވެސް މިދިޔަ ހަފްތާގައި ވަނީ ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށް، ބަޔާން ނަގާފައެވެ.

ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މަރުތައް ބަލައި އިންސާފު ހޯދައި ދިނުމަށް ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ބަލަނީ 25 މަރެއްގެ މައްސަލައެވެ. އެ ކޮމިޝަނުން ތަހުގީގު ކުރަނީ 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ހިނގާފައިވާ މަރުގެ މައްސަލަތަކެވެ.

ޔާމީނަށް ޒާހިރު އިންޒާރު ދިން މައްސަލަ ނިމިދިޔަ ސަރުކާރުގައި ފުލުހުންނަށް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު އޮތް ހިސާބެއް ފުލުހުން ނުބުނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 މާރިޗު 2017

އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

16 މާރިޗު 2017
އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި
12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
07 މާރިޗު 2017

އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

07 މާރިޗު 2017
އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި
07 މާރިޗު 2017

ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ރާއްޖެޓީވީގެ އަޒްމޫނާއި ފައިރޫޒް ޕޮލިހަށް ހާޒިރުކޮށްފި

07 މާރިޗު 2017
ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ރާއްޖެޓީވީގެ އަޒްމޫނާއި ފައިރޫޒް ޕޮލިހަށް ހާޒިރުކޮށްފި
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
27 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

27 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި
26 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް