Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލ؛ިސް

މަޖިލީހުގެ ރައީސް ކަމަށް ރޮޒައިނާ ވެސް ޝައުގުވެރިކަން ފާޅު ކުރައްވައިފި

16 އެޕްރީލު 2019 | އަންގާރަ 18:36

މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިވާ ބޭފުޅުންގެ އަދަދު 6އަށް އަރާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 16 އެޕްރީލު 2019 | އަންގާރަ 18:36
ރާއްޖެޓީވީ ޕްރޮގްރާމެއްގައި ރޮޒައިނާ އާދަމް

ރާއްޖެޓީވީ ޕްރޮގްރާމެއްގައި ރޮޒައިނާ އާދަމް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވެސް ޝައުގުވެރިކަން ފާޅު ކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ރޮޒައިނާ ވިދާޅުވީ ރާއްޖެޓީވީ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޮޒައިނާ އާއިއެކު މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރައްވާ ބޭފުޅުންގެ އަދަދު ވަނީ ހައަކަށް ހަރާފައެވެ.

Advertisement - newsAdvertisement

ރޮޒައިނާ އާއިއެކު މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަންފާޅު ކުރައްވާފައިވާ ބޭފުޅުންނަކީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމާއި، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި، ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފާއި، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުގެ އިތުރުން މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ވާދަ ކުރައްވައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރެވެ.

މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ މިދަނޑިވަޅަކީ އަންހެނަކު މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް ރަނގަޅު ވަގުތެއް ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް ކަމަށް އެންމެ ރަނގަޅު ބޭފުޅެއްގެ ގޮތުގައި އައްޔަން ކުރަން އޭނާއަށް ފެންނަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީން ވާހަކަ ދައްކަމުން މިދަނީ އަންހެނުން ބާރުވެރި ކުރުވުމަށް. ވުމަން އެމްޕަވާމަންޓަށް. އަޅުގަނޑުމެން ސަރުކާރަށް އައިއިރުގައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ވެސް އަންހެނުން ބާރުވެރިކުރުވުން އެބަ އޮތް... އެހެންވީމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ ހަމަ ރަނގަޅު ވަގުތެއް އަންހެނަކު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާން ވެސް. އެހެންވީމަ އެ ޝައުގުވެރިކަން އަޅުގަނޑުވެސް އެބަހުރި،"

ރޮޒައިނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީ ކުރިމަތިލާނެ ބޭފުޅަކު ހޮވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ނަގަން ޖެހޭނީ ސިއްރު ވޯޓެކެވެ. ސަބަބަކީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރާއި ޑެޕިއުޓީ ލީޑަރު ވެސް ހޮއްވަވަނީ ސިއްރު ވޯޓަކުން ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގައި މެދުނުކެނޑި ދެ ދައުރު ފުރިހަމަކޮށް، ތިން ވަނަ ދައުރަކަށް މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ރޮޒައިނާ ވިދާޅުވީ މަޖިލީހުގައި މައިނޯރިޓީގެ އަޑު އިވެންޖެހޭނެ ކަމަށާއި މެޖޯރިޓީ އޮންނަ ޕާޓީން އެ މީހުންގެ އަޑު އަހަންޖެހޭނެ ކަމަށެވެ. މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީއަށް ލިބުމުން، މަޖިލީހުގެ ބަހުސްތަކުގައި މައިނޯރިޓީއަށް ރަނގަޅަށް ބައިވެރިވެވޭނެ ގޮތްތަކެއް ހެދުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މަޖިލީހުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރަން އެބަޖެހޭ. އެތަނަކީ އެތަނުގެ ހައިބަތު ވެސް ހިފަހައްޓާ، ރައްޔިތުންގެ އިތުބާރާއި ގަދަރާއި އޮންނަތަނަކަށް. މަޖިލީހުގެ މެމްބަރުންނަށް އިއްޒަތްތެރި މެމްބަރުންނޭ ކިޔުމުން އިއްޒަތްތެރިއެއް ނުވޭ. އިއްޒަތްތެރި ވަނީ އިއްޒަތްތެރި މެމްބަރުންނޭ ބުނާ ގޮތަށް ކަންތައްތައް ބެހެއްޓީމަ،"

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް